ނެޓްފްލިކްސްގެ ޑޮކިޔުމެންޓްރީއަކުން އޮބާމާއަށް އެމީ އެވޯޑް

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ. -- ފޮޓޯ: ގެޓީ އިމޭޖާޒް

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ. -- ފޮޓޯ: ގެޓީ އިމޭޖާޒް

ނެޓްފްލިކްސް ޑޮކިޔުމެންޓްރީ "އަވާ ގްރޭޓް ނެޝަނަލް ޕާކްސް" އިން އެންމެ މޮޅު ނެރޭޓަރުގެ ގޮތުގައި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާއަށް އެމީ އެވޯޑް ލިބިވަޑައިގެންފި އެވެ.

ފަސް ބަޔަށް ބަހާލައިގެން އެ ޑޮކިޔުމެންޓްރީ އުފެއްދީ އޮބާމާ އާއި އަނބިކަނބަލުންގެ މިޝޭލްގެ ޕްރޮޑަކްޝަން ކުންފުނި ހަޔާ ގްރައުންޑުންނެވެ. އެއީ ދުނިޔޭގެ ނެޝަނަލް ޕާކްތަކާ ބެހޭ ޑޮކިޔުމެންޓްރީ އެކެވެ.

އޮބާމާއަށް މީގެ ކުރިން ދެ ގްރެމީ އެވޯޑް ލިބިވަޑައިގެންނެވި އެވެ. އެމަނިކުފާނަކީ އެމީ އެވޯޑް ހާސިލްކުރެއްވި އެމެރިކާގެ ރައީސްކަން ކުރެއްވި ދެ ވަނަ ބޭފުޅާ އެވެ.

Advertisement

އެންމެ މޮޅު ނެރޭޓަރުގެ އެވޯޑަށް ދެން ވާދަކުރީ ޑޭވިޑް އެޓެންބޮރޯ، ލުޕިޓާ ނިޔޮންގޯ އަދި ކަރީމް އަބްދުލް ޖައްބާރް އެވެ.

ރަައީސްކަމުގެ ދެ ވަނަ ދައުރު ނިމުމުން 2017 ވަނަ އަހަރު އޮބާމާ އާއި މިޝޭލް އުފެއްދެވި ހަޔާ ގްރައުންޑް ޕްރޮޑަކްޝަން ކުންފުނިން ނެޓްފްލިކްސްއާ އެކު އެއްބަސްވުމެއްގައި ސޮއިކުރި އެވެ.

އޮބާމާގެ ދިރިއުޅުމުގެ މައްޗަށް އުފެއްދެވި "ދަ އޮޑޭސިޓީ އޮފް ހޯޕް" އަދި "ޑްރީމްސް ފްރޮމް މައި ފާދާ" ގެ އޯޑިއޯ ވާޝަންއަށް އެމަނިކުފާނަށް ގްރެމީ އެވޯޑް ލިބިވަޑައިގެންނެވި އެވެ.

އޮބާމާގެ އިތުރުން އެމީ އެވޯޑް ހާސިލް ކުރައްވާފަައިވާ އެމެރިކާގެ ކުރީގެ ރައީސްއަކީ ޑްވައިޓް އައިސަންހޮވާ އެވެ. އެމަނިކުފާނަށް 1956 ވަނަ އަހަރު އެ އެވޯޑް ލިބިވަޑައިގެންނެވީ ޓީވީ ނިއުސް ކޮންފެރެންސެއް ބޭއްވެވި ފުރަތަމަ ރައީސްގެ ޝަރަފު ހޯއްދެވުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އުމުރުން 70 އަށް ދުޅަހެޔޮކޮށް ދިއުމަށް ސައިންސްވެރިން އިރުޝާދު

އުމުރުން 30 ގެ އަހަރުތަކަކީ ހަށިގަނޑަށް ބަދަލުތައް އަންނަ ދުވަސްވަރަކަށް ވުމުން، މި އުމުރުގައި ކަސްރަތުކުރުމާއި ނިދުމުގެ އާދަތައް ރަނގަޅުކުރުމަކީ އުމުރުން ދުވަސްވާއިރު ދުޅަހެޔޮކަންމަތީ ހުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، އަނގަޔާއި ދަތްތަކުގެ ސިއްހަތަށް ސަމާލުކަން ދިނުމާއި ނުރަނގަޅު އާދަތަކާ ދުރުހެލިވުމަކީ މުސްކުޅިވުމުން ކުރިމަތިވާ ބަލިތަކުން ރައްކާތެރިކޮށްދީ އުމުރު ދިގުކޮށްދޭނެ ކަންކަމެވެ.

ޖީޓީއޭ 6 ރެކޯޑް މާކްސްއަކާއެކު ނެރެފި

ތޭރަ އަހަރުގެ ދިގު އިންތިޒާރަކަށްފަހު ނެރުނު ޖީޓީއޭ 6 އަށް ރެކޯޑް މާކްސްއެއް ލިބި، ގޭމިން ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނުވައިފިއެވެ. މި ގޭމުގެ ގްރެފިކްސް އާއި ވާހަކަ ކިޔައިދޭ ގޮތް ފުރިހަމަވުމުގެ އިތުރުން، މިއީ މި ސިލްސިލާގައި އަންހެން ކެރެކްޓަރަކަށް މައިގަނޑު ދައުރެއް ދިން ފުރަތަމަ ފަހަރެވެ.

މަސް ނުކައިވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑު ހޯދިދާނެ!

މަހުގެ ބާވަތްތަކުގެ އިތުރުން ފަތްޕިލާވެއްޔާއި ގޮވާމުގެ ބާވަތްތަކުން ވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑުގެ މާއްދާ ހޯދިދާނެކަން ސިއްހީ މާހިރުން ފާހަގަކުރެއެވެ. މިގޮތުން ކާނާ ތައްޔާރުކުރާ ގޮތަށް ބަދަލު ގެނައުމާއި، ވިޓަމިން ސީ އެކުލެވޭ ތަކެއްޗާއެކު ކެއުމަކީ ގަސްގަހާގެހިން ލިބޭ ދަގަނޑު ހަށިގަނޑަށް ދަމައިގަންނަ މިންވަރު އިތުރުކޮށްދޭނެ ކަންކަމެވެ.

އާ ޖޭމްސް ބޮންޑަކަށް ރޮބަޓް ޕެޓިންސަން

ޖޭމްސް ބޮންޑުގެ ރޯލު ކުޅޭނެ އާ އެކްޓަރަކަށް އިނގިރޭސި އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖައްސައި، 2028 ވަނަ އަހަރު ރިލީޒްކުރާ ބޮންޑު ސިލްސިލާގެ 26 ވަނަ ފިލްމު ޑެނިސް ވިލެނޫވް ޑައިރެކްޓްކުރާ ގޮތަށް އެމެޒޯން އެމްޖީއެމް އިން ވަނީ އިއުލާންކޮށްފައެވެ. މި ރޯލު ލިބުމަކީ ބޮޑު ޝަރަފެއް ކަމަށް ޕެޓިންސަން ބުނެފައިވާއިރު، މިއީ ޑެނިއަލް ކްރެއިގަށް ފަހު މި މަޝްހޫރު ޖާސޫސީ ރޯލުން ފެންނާނެ ހަތްވަނަ އެކްޓަރެވެ.

އަނދިރީގައި ފެންވެރުން ނިދި އައުން ފަސޭހަވޭތަ؟

ނިދުމުގެ ކުރިން އަނދިރީގައި ފެންވެރުމަކީ ހަށިގަނޑުން މެލަޓޯނިން އުފައްދައިދީ، ސިކުނޑި ހަމަޖައްސައިދީ އަވަހަށް ނިދި އައުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. މިގޮތަށް ފެންވެރުމުން ހަށިގަނޑުގެ ފިނިހޫނުމިން ދަށްވެ، ދުވަހުގެ ސްޓްރެސް ކުޑަކޮށްދީ ނަފްސާނީ ގޮތުން އަރާމު ލިބިގެންދެއެވެ. ނަމަވެސް މިއީ ނިދުމުގެ ބޮޑެތި ބަލިތަކަށް އޮތް ދާއިމީ ހައްލެއް ނޫންކަމަށް މާހިރުން ފާހަގަކުރެއެވެ.

ޕްރޮސްޓޭޓް ކެންސަރަށް ގަވާއިދުން ސްކްރީން ކުރަން ބުނެފި

ޕްރޮސްޓޭޓް ކެންސަރު ޖެހޭ މިންވަރު އިތުރުވަމުންދާތީ، އެމެރިކަން ކެންސަރ ސޮސައިޓީން ވަނީ އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ ފިރިހެނުން ގަވާއިދުން ސްކްރީން ކުރުމަށް އާ އިރުޝާދުތަކެއް ނެރެފައެވެ. މި ބަދަލުގެ ދަށުން ބަލީގެ ނުރައްކާ ބޮޑު މީހުން އުމުރުން 45 އަހަރުން ފެށިގެން ކޮންމެ އަހަރަކު ޓެސްޓުކުރަން ލަފާދީފައިވާއިރު، މީގެ މަގުސަދަކީ ބަލި ކުރީކޮޅު ދެނެގަނެ މަރުވާ މިންވަރު މަދުކުރުމެވެ.

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox