ސެމީ ފައިނަލުގެ ޓާގެޓާ އެކު އަންހެން ގައުމީ ޓީމު ސާފް ޗެމްޕިއަންޝިޕަށް

Sep 4, 2022, 6:06 AM
ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ އަންހެން ގައުމީ ފުޓްބޯޅަ ޓީމްގެ ކުޅުންތެރިންނާއި އޮފިޝަލުން / ފޮޓޯ: އެފްއޭއެމް

ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ އަންހެން ގައުމީ ފުޓްބޯޅަ ޓީމްގެ ކުޅުންތެރިންނާއި އޮފިޝަލުން / ފޮޓޯ: އެފްއޭއެމް

ނޭޕާލްގެ ކަތުމަންޑޫގައި މި މަހުގެ 6-19 އަށް ކުރިއަށްދާ އަންހެން ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމު ފުރައިފި އެވެ.

ހަ ވަނަ އަންހެން ސާފް ޗެމްޕިއަންޝިޕުުގައި މިފަހަރު ހަތް ގައުމަކުން ވާދަކުރެ އެވެ. ރާއްޖެ ހިމެނިފައިވަނީ ޗެމްޕިއަން އިންޑިއާ، ބަންގްލަދޭޝް އަދި ޕާކިސްތާނާ އެކު ގްރޫޕް އޭގަ އެވެ. ގްރޫޕް ބީގައި ހިމެނެނީ މުބާރާތް ބާއްވާ ގައުމު ނޭޕާލް، ބޫޓާން އަދި ސްރީ ލަންކާ އެވެ.

ގައުމީ ފުޓްބޯޅަ ޓީމު ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ދުރާލާ ގިނަ ޕްރެކްޓިސްތަކެއް ކުރި އެވެ. އެ ގޮތުން ބޮޑު ސްކޮޑަކާ އެކު މިދިޔަ އަހަރުން ފެށިގެން ޕްރެކްޓިސް ކުރަމުން އައިސް މި އަހަރުގެ ކުރީކޮޅު މާލޭގައި އެކުވެރިކަމުގެ މެޗުތަކެއް ވެސް ކުޅެފައިވެ އެވެ. ސީޝެލްސް އާއި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗުތަކުގެ ތެރެއިން ރާއްޖެ ވަނީ ސީޝެލްސް އަތުން މޮޅުވެސް ވެފަ އެވެ.

އޭގެ ފަހުން ގައުމީ ޓީމްގެ ބައެއް ކުޅުންތެރިންނަށް އެކި ސަބަބުތަކާ ހުރެ ޓީމާއި ވަކިވާން ޖެހުމުން ގިނަ އާ ކުޅުންތެރިންތަކެއް ހިމަނައިގެން ގައުމީ ޓީމު ވަނީ މިދިޔަ ހަތަރު މަހު ރަނގަޅު ފަރިތަކުރުންތަކެއް ކޮށްފަ އެވެ. މި ފަހަރު އެކުލަވާލި ގައުމީ ޓީމުގައި އަތޮޅުތަކުން ފާހަގަކޮށްލެވުނު ކުޅުންތެރިން ގިނަ އެވެ.

ގައުމީ ޓީމްގެ ތައްޔާރީތަކާއި ގުޅޭގޮތުން އެސިސްޓަންޓް ކޯޗު މަރިޔަމް މިރުފަތު ބުނީ މުބާރާތަށް ތައްޔާރުވުމަށް ރަނގަޅު ފަރިތަކުރުންތަކެއް ކުރެވުނު ކަމަށެވެ. އަދި ކުޅުންތެރިންގެ ފަރާތުން ވެސް މި މުބާރާތުން ރަނގަޅު ނަތީޖާއެއް ހޯދަން ބޭނުންވާ މިންވަރު ފެނުނު ކަން މިރުފަތު ފާހަގަކުރި އެވެ.

މުބާރާތުގައި ޓީމުގެ ޓާގެޓަކީ މުބާރާތުގައި ކޮންމެ މެޗެއްގައިވެސް ރަނގަޅު ކުޅުމެއް ދައްކައި ރަނގަޅު ނަތީޖާއެއް ހޯދުންކަމަށް މިރުފަތު ބުންޏެވެ.

ވަރުގަދަ ގްރޫޕެއްގައި އޮތް ކަމުގައިވިޔަސް އުއްމީދަކީ ސެމީ ފައިނަލުން ޖާގަ ހޯދުންކަމަށް ވެސް މިރުފަތު ވަނީ ބުނެފަ އެވެ.

"މުބާރާތުން ކަމެއް ހާސިލްކުރަން ބޭނުންވާކަން ޕްރެކްޓިސްތަކުން ފެނުނު، އެކަން ވަރަށް ބޮޑަށް ފާހަގަވި. މިދިޔަ ހަތަރު ވަރަކަށް މަހު ކުރެވުނީ ރަނގަޅު ތަމްރީންތަކެއް" ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ބުންޏެވެ.

ރާއްޖެ މިފަހަރު އޮތީ ނިސްބަތުން ވަރުގަދަ ގްރޫޕެއްގަ އެވެ. ގްރޫޕުގައި ހިމެނޭ ޓީމްތަކުގެ ތެރެއިން އިންޑިއާ އަކީ މުބާރާތް ބޭއްވި ހުރިހާ ފަހަރެއްގެވެސް ޗެމްޕިއަން ޓީމެވެ. ބަންގްލަދޭޝް ވަނީ އެއް ފަހަރު ފައިނަލުގައި ވާދަކޮށްފަ އެވެ. ރާއްޖެ އަށް އަދި ސާފް ޗެމްޕިއަންޝިޕުގައި ބަންގްލަދޭޝް ބައްޔެއް ނުކުރެވެ އެވެ. ރާއްޖޭން ވަނީ 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި އިންޑިއާއާ އެއްވަރުކޮށްފަ އެވެ. ޕާކިސްތާނާއި ދެކޮޅަށް ދެ ފަހަރު ސާފް ޗެމްޕިއަންޝިޕުގައި ކުޅުނުއިރު، ދެ މެޗުވެސް ނިމުނީ ވާދަވެރި ނަތީޖާ އަކުންނެވެ.

އަންހެން ގައުމީ ފުޓްބޯޅަ ޓީމުން ވަނީ މީގެ ކުރިން ސަރަހައްދީ މުބާރާތްތަކުގައި ރަނގަޅު ކާމިޔާބީތަކެއް ހޯދާފަ އެވެ. ސާފް ޗެމްޕިއަންޝިޕަށް ބަލާއިރު އެޓީމަށް އެންމެ ދުރަށް ދެވުނީ 2016ގަ އެވެ. އެ ފަހަރު ސެމީ ފައިނަލުގައި ކުޅުނެވެ. އޭގެ ފަހުން 2019 ގައި ކުރިއަށް ދިޔަ ސައުތު އޭޝިއަން ގޭމްސްގައި ގައުމީ ޓީމުން ލޯ މެޑަލް ހޯދި އެވެ.

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ ހަތް ވަނަ ދުވަހު ނުކުންނާނީ ވާދަވެރި ބަންގްލަދޭޝްއާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި 10 ވަނަ ދުވަހު އިންޑިއާއާ ވާދަކުރާއިރު، ގްރޫޕުގެ ފަހު މެޗުގައި ޕާކިސްތާނާއި ދެކޮޅަށް ނުކުންނާނީ ސެޕްޓެމްބަރު 13 ގަ އެވެ.

މި ފަހަރުގެ ލޯކަލް ފުޓްބޯޅަ ސީޒަނަށް ފަހު މީޑިއާ އަށް ދިން އިންޓަވިއުއެއްގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ބައެއް ކަހަލަ ދަތިތަކާ ހުރެ އަންހެން ގައުމީ ޓީމުގެ ފަރިތަކުރުންތައް އެންމެ ރަނގަޅަށް ކުރިއަށް ނުގެންދެވުނު ނަމަވެސް ޓީމުގެ ކުޅުންތެރިންނާއި ކޯޗިން ސްޓާފުން ކުރާ މަސައްކަތް ފާހަގަކުރާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox