ލެސްޓާ ބަލިކޮށް ޔުނައިޓަޑަށް ޖެހިޖެހިގެން ތިން ވަނަ މޮޅު

Sep 2, 2022, 1:50 AM
ލެސްޓާގެ ޖަސްޓިން (ވ) ކައިރިން ޔުނައިޓެޑްގެ ސަންޗޯ ބޯޅަ ހިފައިގެންދަނީ

ލެސްޓާގެ ޖަސްޓިން (ވ) ކައިރިން ޔުނައިޓެޑްގެ ސަންޗޯ ބޯޅަ ހިފައިގެންދަނީ

ލެސްޓާ (ސެޕްޓެމްބަރު 2) - މެޗުގެ ފުރަތަމަ ހާފުގައި ޖޭޑަން ސަންޗޯ ޖެހި ލަނޑާ އެކު، އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލެސްޓާ ސިޓީ އަތުން 1-0 އިން މެންޗެސްޓާ ޔުނައިޓަޑް މޮޅުވެއްޖެ އެވެ.

މިއީ މި ފަހަރުގެ ލީގު ސީޒަންގައި ފުރަތަމަ ދެ މެޗުން ބަލިވި ޔުނައިޓެޑުން ޖެހިޖެހިގެން ހޯދި ތިން ވަނަ މޮޅެވެ. މި މޮޅާ އެކު ޔުނައިޓެޑް އޮތީ ފަސް މެޗުން ނުވަ ޕޮއިންޓް ހޯދައިގެން ފަސް ވަނައިގަ އެވެ. ލެސްޓާ ލީގުގެ ފުލުގައި އޮތީ ފަސް މެޗުން އެއް ޕޮއިންޓް ހޯދައިގެންނެވެ. ލީގުގައި މޮޅެއް ނުލިބި އޮތް ތިން ޓީމުގެ ތެރޭގައި ލެސްޓާ ހިމެނެ އެެވެ.

ލެސްޓާގެ ދަނޑުގައި ކުޅުނު މެޗުން ޔުނައިޓަޑް މޮޅުވީ މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓަޑްގެ ސަންޗޯ ކާމިޔާބުކުރި ލަނޑާ އެކު އެވެ. މި މޮޅާ އެކު ޔުނައިޓަޑް ވަނީ ތާވަލުގެ ފަސް ވަނަ އަށް ޖެހިލައިފަ އެވެ.

ޔުނައިޓަޑްގެ ހަމައެކަނި ލަނޑު މެޗުގެ 23 ވަނަ މިނިޓުގައި ސަންޗޯ ކާމިޔާބުކުރީ އެ ޓީމުގެ ފޯވަޑް މާކަސް ރަޝްފޯޑް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. އޭރިޔާ ތެރެއިން ލިބުނު ބޯޅަ ސަންޗޯ ގޯލަށް އަމާޒުކޮށްލީ ލެސްޓާގެ ގޯލްކީޕަރު، ޑެނީ ވާޑް ކައިރިން ނައްޓާލުމަށް ފަހު އެވެ.

އަމިއްލަ ދަނޑުގައި ޔުނައިޓަޑް އަތުން ބަލިވެ، ލެސްޓާ އޮތީ ތާވަލްގެ ފުލުގަ އެވެ. މި ސީޒަންގައި ލެސްޓާ އަދި މެޗަކުން މޮޅުނުވެ އެވެ.

މުޅި މެޗުގައި ވެސް ލެސްޓާ އިން ޔުނައިޓަޑްގެ ގޯލަށް ފޮނުވާލި އެންމެ ނުރައްކާތެރި ހަމަލާއަކީ ޖޭމްސް މެޑިސަން ހިލޭޖެހުމަކުން ފޮނުވާލި ޝޮޓެވެ. މެޑިސަންގެ ހަމަލާ ޔުނައިޓަޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ވަނީ ދިފާއުކޮށްފަ އެވެ.

ރޭގެ މެޗަށް ވެސް ޔުނައިޓަޑްގެ ކޯޗު އެރިކް ޓެން ހާގް ނެރުނު ފުރަތަމަ 11 ގައި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޔުނައިޓަޑްގެ ކެޕްޓަން ހެރީ މެގުއާ އަށް ޖާގައެއް ނުލިބުނެވެ. އެކަމަކު، ރޮނާލްޑޯ ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން އަރައިފަ އެވެ.

ޔުނައިޓެޑުން މި މެޗުގައި ފުރަަތަމަ ހާފުގައި ޖެހި ގޯލުން މޮޅުވިއިރު، އެ ޓީމު ޕްރިމިއާ ލީގުގައި އެންމެ ފަހުން ފުރަތަމަ ހާފުގައި ލީޑުގައި އޮވެގެން ނިންމާލި 119 މެޗުގައި ވެސް ބަލިވެފައިނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox