އދ. ގެ ޓީމުން ޔޫކްރެއިންގެ ނިޔުކްލިއާ ޕްލާންޓް އިންސްޕެކްޓް ކުރަން ފަށައިފި

ޒަޕޮރިއްޒިޒިއާ ނިޔުކްލިއާ ޕްލާންޓް ކޮންޓްރޯލް ކުރަނީ ރަޝިއާއިން. -- ފޮޓޯ: ރޮއިޓާޒް

ޒަޕޮރިއްޒިޒިއާ ނިޔުކްލިއާ ޕްލާންޓް ކޮންޓްރޯލް ކުރަނީ ރަޝިއާއިން. -- ފޮޓޯ: ރޮއިޓާޒް

ރަޝިއާއިން ކޮންޓްރޯލް ކުރަމުންދާ ޔޫކްރެއިންގެ ޒަޕޮރިއްޒިޒިއާ ނިޔުކްލިއާ ޕްލާންޓްގެ ފުރަތަމަ އިންސްޕެކްޝަން އދ. ގެ ޓީމުން ކުރިއަށް ގެންގޮސްފި އެވެ.

އިންޓަނޭޝަނަަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) ގެ ވެރިޔާ ވިދާޅުވީ ޕްލާންޓުން ބަލަން ޖެހޭ ހުރިހާ ތަނެއް ބަލައި އިންސްޕެކްޓްކޮށްފައިވާ ކަމަށެވެ.

އދ. ގެ ޓީމުން އެ ޕްލާންޓްއާ ހަމައަށް ދިޔައީ ރަޝިއާގެ ސިފައިންނާ އެކުގަ އެވެ.

Advertisement

ޔޫކްރެއިންގެ ދެކުނުގައި ހުންނަ ޒަޕޮރިއްޒިޒިއާ ނިޔުކްލިއާ ޕްލާންޓަކީ ޔޫރަޕްގެ އެންމެ ބޮޑު ނިޔުކްލިއާ ޕްލާންޓެވެ. މާޗް މަހުން ފެށިގެން އެ ތަން ކޮންޓްރޯލް ކުރަނީ ރަޝިއާއިންނެވެ.

އެހެން ނަމަވެސް އެ ތަން އޮޕަރޭޓް ކުރަނީ ޔޫކްރެއިންގެ މުވައްޒަފުންނެވެ. އެ މީހުން ތުހުމަތު ކުރާ ގޮތުގައި ރަޝިއާއިން ޕްލާންޓް ބޭނުން ކުރަަނީ އަސްކަރީ މަރުކަޒެއްގެ ގޮތުގަ އެވެ.

އައިއޭއީއޭގެ ވެރިޔާ ރަފައެލް ގްރޮސީ ވިދާޅުވީ އިންސްޕެކްޝަން ޓީމުން ޕްލާންޓްގައި މަޑު ކުރާނެ ކަމަށެވެ. އެކަމަކު އެއީ ކިހާ އަދަދެއްގެ މީހުން ކަމެއް އަދި މަޑު ކުރާނީ ކިހާ ދުވަހަކަަށް ކަމެއް ސާފެއް ނޫނެވެ.

ރަޝިއާގެ އިންޓަފެކްސް ނިއުސް އެޖެންސީން ބުނީ އދ. ގެ ޓީމުގެ 8-12 މީހުން މަޑު ކުރާނެ ކަމަށެވެ. އެކަމަކު ޔޫކްރެއިންގެ ނިޔުކްލިއާ ކުންފުނި އެނާޖޯއެޓޮމްއިން ބުނީ މަޑު ކުރާނީ ފަސް މީހުން ކަމަށެވެ.

އެ ޓީމުގެ އުއްމީދަކީ ނިޔުކްލިއާ ޕްލާންޓްގެ ހާލަތު ވަޒަަންކޮށް، އެ ތަނުގައި ބަންދުވެފައި ތިބި ޔޫކްރެއިން މުވައްޒަފުންނާ މުއާމަލާތު ކުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox