ސޯވިއެޓް ޔޫނިއަންގެ އެންމެ ފަހު ލީޑަރު އަވަހާރަވެއްޖެ

ސޯވިއެޓް ޔޫނިއަންގެ ކުރީގެ ލީޑަރު މީކާއީލް ގޮރްބަޗޭވް. -- ފޮޓޯ: ގެޓީ އިމޭޖާޒް

ސޯވިއެޓް ޔޫނިއަންގެ ކުރީގެ ލީޑަރު މީކާއީލް ގޮރްބަޗޭވް. -- ފޮޓޯ: ގެޓީ އިމޭޖާޒް

ސުލްހަވެރިކަމާ އެކު ފިނި ހަނގުރާމަ ނިމުމަކަށް ގެންނެވި ސޯވިއެޓް ޔޫނިއަންގެ އެންމެ ފަހު ލީޑަރު މީކާއިލް ގޮރްބަޗޭވް އުމުރުފުޅުން 91 އަހަރުގައި އަވަހާރަވެއްޖެ އެވެ.

ސޯވިއެޓް ޔޫނިއަންގެ ލީޑަރުކަމަށް ގޮރްބަޗޭވް ވަޑައިގެންނެވީ 1985 ގަ އެވެ. މުޅި ދުނިޔެއަށް ސޯވިއެޓް ޔޫނިއަން ހުޅުވާލައި، އިސްލާހީ ބަދަލުތަކެއް އެމަނިކުފާނު ގެންނެވި އެވެ.

އެހެން ނަމަވެސް، ސޯވިއެޓް ޔޫނިއަން އުވިގެން ދިޔުން ހުއްޓުވުމަށް ގޮރްބަޗޭވްއަށް މާ ގިނަ މަސައްކަތްތަކެއް ނުކުރެއްވެ އެވެ. މި ޒަމާނުގެ ރަޝިއާ އުފެދިގެން އައީ ސޯވިއެޓް ޔޫނިއަަން އުވުމުންނެވެ.

ގޮރްބަޗޭވް އަވަހާރަވުމުން ދުނިޔޭގެ ލީޑަރުން ހިތާމަ ފާޅުކުރަމުންދާ އިރު، އދ. ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވިދާޅުވީ އެއީ ތާރީހުގެ މިސްރާބު ބަދަލުކުރެއްވި ބޭފުޅެއް ކަމަށެވެ.

ގޮރްބަޗޭވް އަވަހާރަވީ މޮސްކޯގެ ހޮސްޕިޓަލެއްގަ އެވެ. އެ ތަނުގެ އޮފިޝަލުން ބުނީ އެމަނިކުފާނު ގެންދެވީ ދިގު އަދި ސީރިއަސް ބައްޔަކަށް ފަރުވާ ހޯއްދަވަމުން ކަމަށެވެ.

ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން އާއި އެމެރިކާގެ ރައީސް ޖޯ ބައިޑެން ވެސް ވަނީ ގޮރްބަޗޭވް އަވަހާރަވުމާ ގުޅިގެން ތައުޒިޔާގެ މެސެޖު ފޮނުއްވާފަ އެވެ.

ހުޅަނގުގެ ގައުމުތަަކުގައި ގޮރްބަޗޭވްއަކީ މަގްބޫލް ލީޑަރެއް ނަމަވެސް، ރަޝިއާގެ ގިނަ ބަޔަކު ދެކޭ ގޮތުގައި ސޯވިއެޓް ޔޫނިއަން އުވިގެން ގޮސް ގައުމު ހަލަބޮލިވީ ގޮރްބަޗޭވްގެ ސަބަބުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox