ޑަޔާނާގެ ކާރުކޮޅު އަށް ލައްކަ ޑޮލަރަށް ވިއްކާލައިފި

ޑަޔާނާ ކާރުކޮޅަށް އަރާވަޑައިގަންނަވަަނީ.

ޑަޔާނާ ކާރުކޮޅަށް އަރާވަޑައިގަންނަވަަނީ.

އިނގިރޭސިވިލާތުގެ ކުރީގެ އަމީރާ ޑަޔާނާގެ ފޯޑް އެސްކޯޓް ކާރުކޮޅު އަށް ލައްކަ ޑޮލަރަށް ވިއްކާލައިފި އެވެ.

އެ ކާރު ނީލަމުގައި ވިއްކަން އާއްމު ކުރީ އިނގިރޭސިވިލާތުގެ ސިލްވަސްޓޯން އޯކްޝަންސް އިންނެވެ.

ކާރު ގަންނަން ބިޑް ކުރި މީހުންގެ ތެރޭގައި ޑުބާއީ، އެމެރިކާ އަދި އިނގިރޭސިވިލާތަށް ނިސްބަތްވާ މީހުން ހިމެނެ އެވެ.

އެންމެ މަތީ އަަގަކުން ބިޑް ކުރީ އިންގްލޭޑްގެ އެލްޑޭލީ އެޖްގައި ދިރިއުޅޭ މީހެކެވެ. އެ ތަނަކީ ޕްރިމިއާ ލީގްގެ ގިނަ ފުޓްބޯޅަ ކުޅުންތެރިން ދިރިއުޅޭ ހިސާބެކެވެ.

ކާރު ގަންނަން އެންމެ ބޮޑު އަގު ހުށަހެޅި ފަރާތުގެ ނަން ހާމަކޮށްފައެއް ނުވެ އެވެ. އެ ފަރާތުން ހުށަހެޅީ 866،000 އެމެރިކާ ޑޮލަރެވެ.

ޑަޔާނާގެ ކާރުކޮޅު ބޮޑު އަގުގައި ވިއްކާލާފައިވާ އިރު، އެކަމަނާ އަވަހާރަވިތާ 25 އަހަރު ވަރަަށް އަވަހަށް ފުރޭނެ އެވެ.

ކަޅު ކުލައިގެ ފޯޑް އެސްކޯޓް އާރްއެސް ޓާބޯ އެސް1 މޮޑެލް ކާރަކީ "ވަން އޮފް އަ ކައިންޑް" ކާރެކެވެ. ޑަޔާނާ އެދިވަޑައިގެންނެވި ގޮތަށް ފޯޑް ކުންފުނިން ކާރު ޑިޒައިން ކުރި އިރު، ރިޕޯޓުތައް ބުނާ ގޮތުން މިއީ އެ މޮޑެލްގެ ކަޅު ކުލައިގެ ހަމައެކަނި ކާރެވެ. ޑަޔާނާ އެ ކާރުކޮޅު ދުއްވީ 1985 އާއި 1988 އާ ދެމެދުގަ އެވެ.

އެ ކާރުކޮޅުގައި ވަރަށް ގިނަ ތަންތަނަށް އެކަމަނާ ވަޑައިގެންނެވި މަންޒަރު ފެންނަ ފޮޓޯތައް ނަގާފައިވެ އެވެ. އަދި ކާރުކޮޅުގެ ފަހަތުގައި ދަރިކަލުން އަމީރު ވިލިއަމް އިންނަވާ ފޮޓޯއެއް ވެސް ކުރިން އާއްމުވި އެވެ.

މިދިޔަ އަހަރު ވެސް ޑަޔާނާގެ ކާރުކޮޅެއް 61849 ޑޮލަރަށް ނީލަމުގައި ވިއްކާލި އެވެ. ރިހި ކުލައިގެ ފޯޑް އެސްކޯޓް އެ ކާރަކީ ޑަޔާނާގެ ފިރިކަލުން އަމީރު ޗާލްސް އެންގޭޖްމަންޓް ހަދިޔާއަކަށް ދެއްވި ކާރެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox