ނޮޅިވަރަންފަރުގައި ގޭސްފުޅި ލީކުވެ، ރޯވެ މަންމަ އާއި 2 އަހަރުގެ ދަރިފުޅަށް އަނިޔާވެއްޖެ

ހދ. ނޮޅިވަރަންފަރު މަތިން ނަގާފައިވާ ފޮޓޯއެއް؛ އެ ރަށުގައި އަލިފާނުގެ ހާދިސާއެއް ހިނގައި ކުޑަކުއްޖަކާއި މީހަކަށް އަނިޔާތަކެއް ވެއްޖެ - ފޮޓޯ: ތިލަދުންމަތި ޓައިމްސް

ހދ. ނޮޅިވަރަންފަރު މަތިން ނަގާފައިވާ ފޮޓޯއެއް؛ އެ ރަށުގައި އަލިފާނުގެ ހާދިސާއެއް ހިނގައި ކުޑަކުއްޖަކާއި މީހަކަށް އަނިޔާތަކެއް ވެއްޖެ - ފޮޓޯ: ތިލަދުންމަތި ޓައިމްސް

ހދ. ނޮޅިވަރަންފަރުގައި އުނދުނުން ގޭސް ލީކުވެގެން ގެއެއްގެ ބަދިގޭގައި ރޯވެ, އެ ގޭގައި ދިރިއުޅެމުން އައި އަންހެނަކާއި އޭނާގެ ކުޑަ ދަރިފުޅަށް އަނިޔާވެ ފަރުވާ ދޭން ފަށައިފި އެވެ.

ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަބްދުﷲ ނަދީމް މި ނޫހަށް މައުލޫމާތު ދެއްވި ގޮތުގައި، އެ ހާދިސާ އެ ރަށުގައި ހިނގައިދިޔައީ މިއަދު ހެނދުނު ހަތެއް ޖަހާކަށް ހާއިރެވެ.

"ބަދިގޭގައި ހުންނަ ގޭސް އުނދުނުން ކޮންމެ ވެސް ވަރަކަށް ލީކުވެގެން އަލިފާން ރޯވީ،" ކައުންސިލްގެ ރައީސް މައުލޫމާތު ދެއްވި އެވެ.

Advertisement

އެ ގޭގައި ދިރިއުޅެނީ އުމުރުން 32 އަހަރުގެ އަންހެން މީހާ އާއި އޭނާގެ ދެ އަހަރުގެ ކުޑަ ދަރިފުޅެވެ.

މަންމަ އާއި ދަރިފުޅު ވެސް އިތުރު ފަރުވާއަށް ކުޅުދުއްފުށި ސިޓީއަށް ގެންގޮސްފައިވާ ކަމަށް ނަދީމް ވިދާޅުވި އެވެ.

"މިއަދު ހެނދުނު ނުވައެއް ޖަހާކަށް ހާއިރު ކުޅުދުއްފުއްޓަށް ވަނީ ގެންގޮސްފަ، އެ ރަށު ރީޖަނަލް ހޮސްޕިޓަލުން މި ވަގުތު ފަރުވާ ދެމުން ގެންދަނީ،" ނަދީމް ވިދާޅުވި އެވެ.

ދެމައިންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ނޭނގެ އެވެ. ނަދީމް ވިދާޅުވީ ދެމައިންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.

އަލިފާނުގެ އެ ހާދިސާއާ ގުޅިގެން ގެއަށް މާ ބޮޑު ގެއްލުންތަކެއް ނުލިބޭ ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ނޮޅިވަރަންފަރުގައި މިއަދު ހެނދުނު އަލިފާނުގެ ހާދިސާއެއް ހިނގިއިރު، ގދ. ރަތަފަންދޫގައި ވެސް ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް ހަމަ މި މަހު ތެރޭ ހިނގި އެވެ. އެ ހާދިސާގައި އަނިޔާވި 53 އަަހަރުގެ އަންހެން މީހާ މާލޭގައި ފަރުވާ ދެމުން ދަނިކޮށް މި މަހު 20 ވަނަ ދުވަހު ވަނީ މަރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox