މޫސުން ގޯސްވެ ކަނޑުގަދަވެފައި އޮއްވާ ލޭ ދެކުނު ފަރާތު ފަތާ ޓްރެކް ސަރަހައްދުގެ ބޭރު ތޮށި މަތިން މިއަދު ކަނޑަށް ފުންމާލި މީހަކު ސަލާމަތްކޮށް ފަރުވާ ދޭން ފަށައިފި އެވެ.
ކަނޑަށް ފުންމާލީ ދިވެހި ފިރިހެނެކެވެ. އޭނާ ފުންމާލި ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދު ހަވީރު 15:58 ގައި ކަމަށް އެ އިދާރާގެ މީޑިއާ އޮފިޝަލް މި ނޫހަށް ވިދާޅުވި އެވެ.
ހާދިސާގެ ރިޕޯޓު ލިބުމާއެކު ފުލުހުން ލޯންޗެއްގައި އެ ސަރަހައްދަށް ގޮސް އޭނާ ސަލާމަތް ކުރި އެވެ. މިހާރު އޭނާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.













