މާލޭގެ ފިހާރައެއްގެ ތެރޭގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ބިދޭސީ ފިރިހެނަކު ބުރާސްފަތި ދުވަހު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އުމުރުން 10 އަހަރުގެ ކުއްޖާއަށް ފިހާރައެއްގެ ތެރޭގައި ޖިންސީ ގޯނާކުރި ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިދިޔަ ބުދަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ.
އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އުމުރުން 24 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައިގެ އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ހައްޔަރު ކުރީ ހާދިސާ ހިނގި ފިހާރައިގައި މަސައްކަތް ކުރާ ބިދޭސީއެކެވެ.












