ޑާރްޔާ ޑުގީނާގެ މަރުގައި ބައިވެރިވުމެއް ނޯންނާނެ: ޔޫކްރެއިން

ޑާރްޔާ ޑުގީނާގެ ހަނދާނުގައި ބޭއްވި ހަފްލާ. -- ފޮޓޯ: ރޮއިޓާޒް

ޑާރްޔާ ޑުގީނާގެ ހަނދާނުގައި ބޭއްވި ހަފްލާ. -- ފޮޓޯ: ރޮއިޓާޒް

ރަޝިއާގެ ނޫސްވެރިޔާ ޑާރްޔާ ޑުގީނާ މަރާލުމުގައި ޔޫކްރެއިންގެ ޖާސޫސީ އިދާރާގެ ބައިވެރިވުމެއް ނޯންނާނެ ކަމަށް ޔޫކްރެއިނުން ބުނެފި އެވެ.

ޑާރްޔާ ޑުގީނާ މަރުވީ ގެޔަށް ދަތުރު ކުރަމުން ދަނިކޮށް ކާރު ގޮވައިގެންނެވެ. ބެލެވެނީ ހަމަލާގެ އަސްލު އަމާޒަކީ އޭނާގެ ބައްޕަ، ފިލޯސޮފަރު އެލެގްޒެންޑާ ޑުގިން ކަމަށެވެ.

ޑުގިންއަކީ "ޕުޓިންގެ ސިކުނޑި" ނަމުގައި މަޝްހޫރުވެފައިވާ މީހެކެވެ. ޑުގިން އާއި ޑާރްޔާއަށް ހާއްސަ ފެސްޓިވަލެއްގައި ބައިވެރިވުމުގެ ދައުވަތު ލިބި، ޑުގިން އެ ތަނުގައި ވާހަކަ ވެސް ދެއްކި އެވެ.

"ޓްރެޑިޝަން" ފެސްޓިވަލް ނިންމާލުމަށް ފަހު، ޑުގިން އާއި ޑާރްޔާ އެއް ކާރެއްގައި ދަތުރު ކުރަން ހަމަޖެހިފައި އޮތް ނަމަވެސް، އެންމެ ފަހު ވަގުތު ޑުގިން ދަތުރު ކުރީ އެހެން ކާރެއްގަ އެވެ.

"މިއީ އަހަރުމެން މަސައްކަތް ކުރާ ގޮތެއް ނޫން،" ޔޫކްރެއިންގެ ނޭޝަނަލް ސެކިއުރިޓީ އަދި ޑިފެންސް ކައުންސިލްގެ ސެކެޓްރީ އޮލެކްސީ ޑެނިލޯވް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަންހެނުންނާއި ފިރިހެނުންނަށް މިއަށް ވުރެ މާ މުހިއްމު ކަންކަން ކުރަން އެބަހުރި. މިކަން ކުރީ އެފްއެސްބީއިން. މިހާރު އަޅުގަނޑުމެންނަށް އެ އިނގިލި ދިއްކުރަނީ."

އުމުރުން 29 އަހަަރުގެ ޑާރްޔާގެ ހަނދާނުގައި މޮސްކޯގައި ހާއްސަ ހަފްލާއެއް އަންގާރަ ދުވަހު އޮތެވެ. ރައީސް ޕުޓިން ވަނީ ހަމަލާ ކުށްވެރި ކުރައްވައި ޑާރްޔާއަށް "އޯޑާ އޮފް ކަރެޖް" އެވޯޑް އަރުވާފަ އެވެ.

ރަޝިއާގެ ފެޑެރަލް ސެކިއުރިޓީ ސާވިސް (އެފްއެސްބީ) އިން ހޯމަ ދުވަހު ބުނީ ތަހުގީގު ނިމިއްޖެ ކަމަށާއި ހަމަލާގެ ސީދާ ޒިންމާާ ނަގަން ޖެހެނީ ޔޫކްރެއިނުން ކަމަށެވެ.

އެފްއެސްބީއިން ބުނީ ޔޫކްރެއިންގެ އަންހެނަކާއި އޭނާގެ ދަރިއަކު ރަޝިއާއަށް ދިރިއުޅުން ބަދަލު ކުރީ މިދިޔަ ޖުލައި މަހުގައި ކަމަށާއި އެއީ ޔޫކްރެއިންގެ ޖާސޫސީ އިދާރާގެ ހާއްސަ އޭޖެންޓެއް ކަމަށެވެ.

ޑާރްޔާ ދިރިއުޅުނު އިމާރާތުގެ އެޕާޓްމަންޓެއްގައި އެ އަންހެން މީހާ މަހެއް ވަންދެން ދިރިއުޅުނު ކަމަށާއި އެ މުއްދަތުގައި ހަމަލާ ރޭވި ކަމަށް އެފްއެސްބީއިން ބުންޏެވެ.

ކާރު ގޮއްވާލުމަށް ފަހު، އޭނާ ވަނީ ރަޝިއާ ދޫކޮށް އެސްޓޯނިއާއަށް ފިލާފައި ކަމަށް ވެސް އެފްއެސްބީއިން ބުންޏެވެ. އެކަމަކު ޔޫކްރެއިނުން ބުނީ އެ ވާހަކަތަކަކީ ރަޝިއާގެ ޕްރޮޕެގެންޑާ ކަމަށެވެ.

ޑާރްޔާއަކީ ޔޫކްރެއިން ހަނގުރާމައަށް ތާއީދު ކުރި ނޫސްވެރިއެކެވެ. އެމެރިކާ އާއި އިނގިރޭސިވިލާތުން ފިޔަަވަޅު އެޅި މީހުންގެ ލިސްޓުގައި އުމުރުން 30 އަހަރުގެ ޑާރްޔާ ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox