ކެރަލާއިން ފެނުނު ޓޮމާޓޯ ފްލޫ އިންޑިއާގެ އިތުރު ދެ ސްޓޭޓަށް ފެތުރިއްޖެ

އެ ބަލި ޖެހޭ ކުދިންގެ ހަށިގަނޑުގައި ކުދި ފޮޅުތަކެއް ނަގާ. -- ފޮޓޯ: އައުޓްލުކް އިންޑިއާ

އެ ބަލި ޖެހޭ ކުދިންގެ ހަށިގަނޑުގައި ކުދި ފޮޅުތަކެއް ނަގާ. -- ފޮޓޯ: އައުޓްލުކް އިންޑިއާ

އިންޑިއާގެ ދެކުނު ކެރަލާ ސްޓޭޓުން މިދިޔަ މޭ މަހު ފެނުނު ޓޮމާޓޯ ފްލޫ ވައިރަސް އެ ގައުމުގެ އިތުރު ދެ ސްޓޭޓަކަށް ފެތުރިއްޖެ އެވެ.

ލޭންސެޓް ރެސްޕިރޭޓަރީ މެޑިސިންގައިވާ ލިޔުމެއްގައި ބުނީ ޖުލައި 26 އާ ހަމަައަށް ކެރަލާއިން އުމުރުން ފަސް އަހަރުން ދަށުގެ 82 ކުދިން އެ ބައްޔަށް ޑައިގްނޯޒްކޮށްފައިވާ ކަމަށެވެ.

އަވަަށްޓެރި ޓަމިލް ނާޑޫ އަދި އިރުމަތީގައި އޮންނަ އޮޑިއްޝާ ސްޓޭޓުން ވެސް މިހާރު ވަނީ ކޭސްތަކެއް ރިޕޯޓުކޮށްފަ އެވެ. އެ ބަލި އާއްމުކޮށް ޖެހެނީ ފަސް އަހަރުން ދަށުގެ ކުދިންނަށް ނަމަަވެސް، ނުވަ އަހަރުގެ ކުދިންނަށް ވެސް ޖެހިފައިވެ އެވެ.

އެ ވައިރަހާ ބެހޭ މައުލޫމާތު ހޯދުމުގެ މަސައްކަތް ސައިންސްވެރިން ކުރަމުން އަންނަ އިރު، ޓޮމާޓޯ ފްލޫގެ ގޮތުގައި އެޔަށް ނިސްބަތް ކުރަނީ ހަށިގަނޑުގައި ނަގާ ވޭން ހުރި ފޮޅުތަކާ ގުޅިގެންނެވެ. އެ ފޮޅުތަކުގެ ޒަރިއްޔާއިން ފަސޭހަކަމާ އެކު ގައިން ގަޔަށް ބަލި ފެތުރޭ ކަމަށް ބެލެވެ އެވެ.

މި ބައްޔަކީ ގައިގޯޅިވެ އުޅުމުން ފަސޭހަކަމާ އެކު ފެތުރޭ ބައްޔަކަށް ވާތީ ކުޑަކުދިންނަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ.

މި ވައިރަލް އިންފެކްޝަން ބަލިމަޑުކަމެއް ގޮތަށް އަދި ނުފެތުރޭ. މިއީ ފުރާނައަށް ނުރައްކާ ހުރި ބައްޔެއް ކަމަށް އަދި ނުބެލެވޭ. އެހެން ނަމަވެސް ކޮވިޑް ބަލިމަޑުކަމުގައި ކުރަން ޖެހުނު ހިތި ތަޖުރިބާއަށް ބަލާ އިރު، އިތުރު ބަލިމަޑުކަމަކަށް ފުރުސަތު ނުދިނުމަށް މިކަން ފުރިހަމައަށް މެނޭޖް ކުރުން މުހިއްމު،" ލޭންސެޓްގައިވާ ލިޔުމުގައިވެ އެވެ.

ޑޮކްޓަރުން ބުނީ ޓޮމާޓޯ ފްލޫއަށް ޑައިގްނޯޒް ކުރުމަކީ އުނދަގޫ ކަމެއް ކަމަށެވެ. އެއީ ބަލީގެ އަލާމާތްތައް ކޮވިޑް، ޗިކުންގުންޔާ އަދި ޑެންގޫ ހުމާ އެއްގޮތް ކަމުންނެވެ.

ލޭންސެޓްގައިވާ ލިޔުމުގައި ބުނީ ޓޮމާޓޯ ފްލޫއަކީ ވައިރަލް އިންފެކްޝަނެއްގެ ބަދަލުގައި ޗިކުންގުންޔާ ނުވަތަ ޑެންގޫ ހުން ޖެހުމަށް ފަަހު ކުދިންނަށް ދިމާވާ "އާފްޓާ އިފެކްޓަކަށްވުން އެކަށީގެންވެ އެވެ."

"މިއީ ވައިރަލް ހުމެއް ކަމުގައިވާ ހޭންޑް، ފުޓް އެންޑް މައުތު ޑިޒީޒްގެ އާ ވޭރިއެންޓަކަށް ވެސް ވެދާނެ. ހޭންޑް، ފުޓް އެންޑް މައުތު ޑިޒީޒްއަކީ އުމުރުން އެއް އަހަރާއި ފަސް އަހަަރުގެ ކުދިންގެ މެދުގައި ވަރަަށް އާއްމު އިންފެކްޝަަނެއް."

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox