އަލީ ސޯލިހަށް ހަމަލާދިން މީހާ އެޗްޑީސީގެ ވަޒީފާއިން ސަސްޕެންޑް، ބަންދަށް 15 ދުވަސް

އެންވަޔަރްމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހަށް ހަމަލާ ދިން މީހަކު ވަޅިން ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯއަކުން ނަގާފައިވާ މަންޒަރުތަކެއް.

އެންވަޔަރްމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހަށް ހަމަލާ ދިން މީހަކު ވަޅިން ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯއަކުން ނަގާފައިވާ މަންޒަރުތަކެއް.

އެންވާރްމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހަށް ތޫނު އެއްޗަކުން ހަމަލަދީ ޒަހަމްކޮށްލި މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 43 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ، މި މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން މިއަދު ޖަހާފައިވާ ކަމަށެވެ.

އޭނާއަކީ ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަންގައި މަސައްކަތް ކުރާ މުވައްޒަފެކެވެ. އެޗްޑީސީން ބުނީ މިހާރު އެ މީހާ ވަނީ ސަސްޕެންޑް ކޮށްފައި ކަމަށެވެ.

އަލީ ސޯލިހަށް ހަމަލާ ދިން ވީޑިއޯ އާންމު ވެފައިވާއިރު، އެ ވީޑިއޯއިން ފެންނަ ގޮތުގައި ހަމަލާ ދީފައި ވަނީ ހުޅުމާލޭގެ މައި މަގެއްގައި އޭނާ ސައިކަލް ދުއްވާފައި ދަނިކޮށް ހުއްޓުވުމަށް ފަހު އެވެ. އެ ހަމަލާއިން އޭނާ ސަލާމަތްވީ ކިރިޔާ އެވެ.

ވީޑިއޯއަކުން ފެންނަ ގޮތުގައި ސައިކަލެއްގެ މަތީގައި އިން އަލީއަށް ހަމަލާދިން މީހާ ގައިގާ ހުރިހާ ބާރެއް ލާފައި ވަޅިއަޅަން މަސައްކަތްކުރީ އަލީގެ ކަރުގަ އެވެ. ފުރަތަމަ ފަހަރު އޭނާ ވަޅި މަޅައިލުމުން އަލީ ދިފާއުވީ ހަމަލާދިން މީހާއާ ދުރަށް އަރިވެގެންނެވެ. ދެވަނަ ފަހަރަށް އޭނާ ހަމަލާ ދިނީ ވީޑިއޯއިން ފެންނަ ގޮތުގައި އަލީގެ ކުރިމަތިން ވަރަށް ކައިރިއަށް ޖެހި ހުރެ އެވެ.

ކަރުގައި ވަޅި އަޅަން އުޅުމުން އަލީ އޭނާގެ ވައަތް ހުރަސްކޮށް އެ ހަމަލާއިން ސަލާމަތްވެ، ސައިކަލް ދޫކޮށްލާފައި ދުވެފައި ދާތަން ވީޑިއޯއިން ފެނެ އެވެ.

އެވަގުތު މަގުމަތީގައި ތިބި މީހުންގެ ތެރެއިން ބައެއް މީހުން، ހަމަލާދިން މީހާއާ ދިމާލަށް ދިޔަކަން ވީޑިއޯއިން އެނގެ އެވެ.

"އަޅުގަނޑު ހުރީ ސައިކަލުގައި. އޭނާ ވެސް ސައިކަލުގައި ފަހަތުން އައިސް ފުރަތަމަ ހަޅޭއްލެވީ. ފަހުން ދަބަހުން ވަޅިއެއް ނަގައި ހަމަލާދިނީ،" އަލީ ސޯލިހު ކިޔައިދިނެވެ.

އޭނާ ވިދާޅުވީ ހަމަލާދިން މީހާގެ ވަޅި އޭނާގެ ކަރަށް އަމާޒުނުވީ އަތް ނެގުމުން ކަމަށެވެ. ނަމަވެސް އަތަށް ގެއްލުންވި ކަމަށާއި މިހާރު އެކަމަށް ހޮސްޕިޓަލުން ފަރުވާ ހޯދާފައިވާ ކަމަށް ވިދާޅުވި އެވެ.

އަލީ ސޯލިހަށް ހަމަލާދިން މީހާ އަކީ ސަލްމާން މިސްކިތުގެ މިމްބަރަށް އަރައި ހަޅޭއްލެވި މައްސަލައެއްގައި މީގެ ކުރިން ހައްޔަރު ކުރި މީހާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox