ރަޝިއާގެ ޖާސޫސުން ކަމަށް ތުހުމަތުވާ ބަޔަކު އަލްބޭނިއާއިން ހައްޔަރުކޮށްފި

ޔޫކްރެއިން ހަނގުރާމައިގައި ހަރަކާތްތެރިވާ ސިފައިންތަކެއް. -- ފޮޓޯ: އޭޕީ

ޔޫކްރެއިން ހަނގުރާމައިގައި ހަރަކާތްތެރިވާ ސިފައިންތަކެއް. -- ފޮޓޯ: އޭޕީ

އަލްބޭނިއާގެ އަސްކަރީ ޕްލާންޓަކަށް ދިން ހަމަލާއަކާ ގުޅިގެން ރަޝިއާގެ ޖާސޫސުން ކަމަށް ތުހުމަތު ކުރެވޭ ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ހައްޔަރު ކުރީ ރަޝިއާ ދެ މީހުންނާއި ޔޫކްރެއިން މީހެކެވެ. އެ މީހުން ކެމިކަލް ބޭނުންކޮށް ދިން ހަމަލާގައި އަސްކަރީ ޕްލާންޓުގެ ދެ ގާޑުންނަށް އަނިޔާވި އެވެ.

ހައްޔަރު ކުރި އުމުރުން 24 އަހަަރުގެ ފިރިހެނަކު އަސްކަރީ ޕްލާންޓް ވަށައިގެންވާ ހިސާބުގެ ފޮޓޯ ނަގަން އުޅެނިކޮށް ބައެއް މީހުންނަށް ފެނިފައިވެ އެވެ.

"އެ ތަނުން އެކަކު ގާޑުންނަށް ހަމަލާ ދީ، ސްޕްރޭއެއް ޖެހި. އެހެން ނަަމަވެސް ގާޑުން ވަނީ އަވަހަށް ފުލުހުންގެ ސަމާލުކަމަށް އެ ހާދިސާ ގެނެސްފައި،" ޑިފެންސް މިނިސްޓަރު ނީކޯ ޕެލެޝީ ވިދާޅުވި އެވެ.

ތުހުމަތު ކުރެވޭ އަނެއް ދެ މީހުން ހައްޔަަރު ކުރީ އަސްކަރީ ޕްލާންޓް ކައިރީގައި ކާރެއްގައި މަޑުކޮށްގެން ތިއްބަ އެވެ. އަލްބޭނިއާގެ ބޮޑު ވަޒީރު އެޑީ ރާމާ ވިދާޅުވީ ޖާސޫސް ކުރުމުގެ ތުހުމަތު ތިން މީހަކަށް ވެސް ކުރެވޭ ކަމަށެވެ.

މީގެ ކުރިން ވެސް ރަޝިއާގެ ޖާސޫސުން ކަމަށް ބެލެވޭ މީހުން އަލްބޭނިއާގެ ސިއްރު މައުލޫމާތު ހޯދަން އުޅެފަައިވެ އެވެ. އަލްބޭނިއާއަކީ 2009 އިން ފެށިގެން ނޭޓޯގެ މެމްބަރެކެވެ.

މިދިޔަ އަހަރު ކުކޯވާ ވައިގެ މަރުކަޒު ވަށައިގެންވާ ހިސާބުގައި ޑްރޯންއެއް ހިފައިގެން އުޅުނު ރަޝިއާގެ ދެ މީހަކު ހައްޔަރު ކުރި އެވެ.

ރަޝިއާ މީހުން އާއްމުކޮށް އަލްބޭނިއާއަށް އެތެރެ ވަނީ ފަތުރުވެރިންގެ ގޮތުގަ އެވެ. ހޫނު މޫސުމާ ދިމާކޮށް ރަޝިއާ ފަތުރުވެރިންނަށް ވިސާ ނެތި އަލްބޭނިއާ އަށް އެތެރެވެވެ އެވެ.

އެހެން ނަމަވެސް، ޖާސޫސް ކުރުމުގެ މައްސަލަތައް އިތުރުވަމުން ދާތީ، އެ އުސޫލު އުވާލުމަށް މިހާރު ބައެއް ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox