ކްރައިމިއާގައި ރަޝިއާގެ އަސްކަރީ މަރުކަޒަކަށް ޑްރޯން ހަމަލާއެއް ދީފި

އަސްކަރީ މަރުކަޒަށް ދިން ހަމަލާއަށް ފަހު ދުން އަރަނީ. -- ފޮޓޯ: ބީބީސީ

އަސްކަރީ މަރުކަޒަށް ދިން ހަމަލާއަށް ފަހު ދުން އަރަނީ. -- ފޮޓޯ: ބީބީސީ

ކްރައިމިއާގައި ހުންނަ ރަޝިއާގެ އަސްކަރީ މަރުކަޒަކަށް އަަމާޒުކޮށް ޑްރޯން ހަމަލާތަކެއް ދީފި އެވެ.

އެ ސަރަހައްދަށް ރަޝިއާއިން ކަނޑައަޅާފައި ހުންނަ ވެރިޔާ ވިދާޅުވީ ޑްރޯން ހަމަލާ ދިނީ ބްލެކް ސީއަށް ހާއްސަ ހަަނގުރާމަ މަތީ ބޯޓުތަކުގެ މައި އޮފީހަށް ކަމަށެވެ. ސެވަސްޓޮޕޯލް ސިޓީގައި ހުންނަ އެ އޮފީހަށް ހަމަލާ ދިން ޔޫކްރެއިން ޑްރޯން ވައްޓާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ޑްރޯން ވެއްޓުނީ އޮފީހުގެ ފުރާޅަށް. މާ ބޮޑު ގެއްލުމެއް ނުވޭ. އެއްވެސް މީހަކަށް އަނިޔާއެއް ވެސް ނުވޭ،" އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް ހަމަލާއަށް ފަހު އެ ހިސާބުން ދުން އަރާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާއްމުވެފަ އެވެ. ފަހަކަށް އައިސް ކްރައިމިއާގައި ހުންނަ ރަޝިއާގެ އަސްކަަރީ މަރުކަޒުތަކަށް ހަމަލާތައް ދަނީ އަމާޒުވަމުންނެވެ.

މިދިޔަ ހަފުތާގައި ކްރައިމިއާގައި ހުންނަ ރަޝިއާގެ އަސްކަަރީ މަރުކަޒެއްގައި ގޮވުމެއް ގޮވައި އެކަކު މަރުވި އެވެ. އެ ތަނުގައި ގޮވީ ގުދަންކޮށްފައި ހުރި ބޮން ފަދަ ތަކެއްޗެވެ.

އޭގެ އިތުރުން މިދިޔަ ހަފުތާގައި ކްރައިމިއާގެ އައްސޭރި ފަށުގައި ރަޝިއާގެ ހަަނގުރާމަ މަތީ ޖެޓުތަކަކަށް ހަމަލާދިނެވެ. ރަޝިއާއިން ބުނީ އެއީ އޮޅުމަކުން ހިނގި ކަމެއް ކަަމަަށެވެ.

ޔޫކްރެއިނުން ވެސް ވަކި އެއްޗެއް ބުނެފައިވާ އިރު، ސެޓެލައިޓް އިމޭޖްތައް ބެލި އެނެލިސްޓުން ބުނީ ބޮޑަށް ބެލެވެނީ އެއީ ޓާގެޓްކޮށްގެން ޔޫކްރެއިނުން ދިން ހަމަލާއެއް ކަމަށެވެ.

އޭގެ އިތުރުން ކްރައިމިއާގެ ޒަންކޮއި ހިސާބުގައި ހުންނަ އަސްކަަރީ މަރުކަޒެއްގެ ހަތިޔާރު ރައްކާ ކުރާ ގުދަނުގައި ގޮވުންތަކެއް ގޮވައި ދެ މީހުންނަށް އަނިޔާވި އެވެ.

ކްރައިމިއާއަކީ ރަޝިއާއިން 2014 ވަނަ އަހަރު ހިފި ޔޫކްރެއިންގެ ސަރަހައްދެކެވެ. އެއީ ރަޝިއާގެ ފަތުރުވެރިންގެ މެދުގައި މަގްބޫލް މަންޒިލެކެވެ.

ޔޫކްރެއިންގައި ކުރާ ހަނގުރާމަ ފެށުނީ ކްރައިމިއާއިން ކަމަށާއި ހަނގުރާމަ ނިމޭނީ އެތަން މިނިވަންވުމުން ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ މިދިޔަ ހަފްތާގައި ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox