ތައުލީމީ ދާއިރާއިން ކުރީ ސަރުކާރަށްވުރެ ގިނަ މަޝްރޫއު ހިންގިއްޖެ: މިނިސްޓަރު

އެޑިޔުކޭޝަން މިނިސްޓަރު އައިޝަތު އަލީ އެމްޑީޕީގެ ކޮންގްރެސްގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އެޑިޔުކޭޝަން މިނިސްޓަރު އައިޝަތު އަލީ އެމްޑީޕީގެ ކޮންގްރެސްގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ކުރީ ސަރުކާރުން ތައުލީމީ ދާއިރާއަށް ހިންގި މަޝްރޫއުތަކަށްވުރެ މި ސަރުކާރުން ހިންގި މަޝްތޫއުތައް އެތައް ގުނައެއް އިތުރު ކަމަށް އެޑިޔުކޭޝަން މިނިސްޓަރު އައިޝަރު އަލީ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ރޭ ފެށި އެ ޕާޓީގެ ކޮންގްރެސް މިއަދަށް ފެށުމުގެ ގޮތުން މިހާރު ކުރިއަށްދާ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ތައުލީމީ ދާއިރާ ކުރިއަރުވަން އެންމެ ބޮޑު ހަރަދެއް ކުރި ސަރުކާރަކީ މި ސަރުކާރު ކަމަށެވެ.

އަދި މިއީ ތައުލީމީ ދާއިރާއަށް އެންމެ ގިނަ މަޝްރޫއުތައް ހިންގި ސަރުކާރު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކުރީ ސަރުކާރުގެ މަޝްރޫއުތައް

  • މަސައްކަތް ފުރިހަމަ ކޮށްފައި ވަނީ 135 ކްލާސްރުމު
  • މިދިޔަ ދައުރުގައި އެޅުނީ 15 މަލްޓިޕާޕޯޒް ހޯލު
  • 2014 އިން 2018 އަށް ކުރިއަށް ގެންދިޔަ އެހެނިހެން މަޝްރޫއުގެ ތެރޭގައި ހިމެނެނީ 64 މަޝްރޫއުއެއް

މި ސަރުކާރުން މިހާތަނަށް ހިންގާ މަޝްރޫއުތައް

  • މި ސަރުކާރުން މި ވީ ހަތަރު އަހަރުގެ ތެރޭގައި 1،288 ކްލާސްރޫމުގެ މަސައްކަތް ކުރިއަށްދޭ
  • މި ސަރުކާރުން 81 މަލްޓިޕާޕޯޒް ހޯލުގެ މަސައްކަތް ކުރިއަށްދޭ
  • މި ސަރުކާރުން މިހާތަނަށް ދަނީ 338 މަޝްރޫއު ކުރިއަށް ގެންދަމުން

ސަރުކާރުން ހިންގާ މަޝްރޫއުތައް، ޕީއެސްއައިޕީގެ ބަޖެޓުން 2014 އިން 2018އަށް ކުރިއަށް ގެންދިޔަ މަޝްރޫއުތަކަށް ޖުމްލަ ހަރަދުކޮށްފައި ވަނީ 941.6 މިލިއަން ރުފިޔާ ކަމަށާއި މި ސަރުކާރުން މިވީ ހަތަރު އަހަރު ތެރޭގައި 1316.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ވަނީ އެއްދަންފަޅިއަށް ހެދުމުގެ ވައުދު ފުއްދުމަށްޓަކައި ހިންގަމުންދާ މަޝްރޫއުތަކަށް ވެސް އަލިއަޅުއްވާލައްވާފަ އެވެ. އޭގެ ތެރެއިން 44 މަޝްރޫއުއެއް މިހާރު ނިމި މިހާރު ބޭނުން ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކުދި ރަަށްރަށުގައި ތިބޭ މަދު ކުދިން އެއް ރަށުން އަނެއް ރަށަށް ތައުލީމު ހާސިލް ކުރުމަށް ކަނޑު ހުރަސްކުރަން ޖެހޭ މައްސަލައަށް ވެސް މި ސަރުކާރުން ނިމުމެއް ގެނެސް "ސެޓްލައިޓު ސްކޫލު" އެ ރަށްރަށުގައި ގާއިމް ކޮށްދީފައިވެ އެވެ.

އެކަމަށް އަލި އަޅުއްވާލައްވާ މިނިސްޓަރު ވިދާޅުވީ "އަމިއްލަ ރަށުގައި ތިބެގެން ފެންވަރު ރަނގަޅު ތައުލީމެއް މިހާރު ވަނީ ގާއިމް ކޮށްދީފައި. ސެޓްލައިޓް ނިޒާމު މެދުވެރިކޮށް ކިޔެވުން ވަނީ ފަހިކޮށްދީފައި،" ކަމަށެވެ.

މީގެ އިތުރުން ބ. ފުޅަދޫ، ގދ. ކޮނޑޭ އަދި އދ. ދިއްދޫގެ ބެލެނިވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަށް ވެސް ހައްލެއް ގެނެސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވީ އެ ރަށްރަށުގައި ސެޓްލައިޓް ސްކޫލު މެދުވެރިކޮށް ގްރޭޑް 9 ކިޔަވަައިދޭން މި އަހަރު ފަށާފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox