ޒަމާނީ ލަގްޒަރީ ދިރިއުޅުމަކަށް ސޮލިޓެއާ އެޕާޓްމެންޓް ކޮމްޕްލެކްސް

Aug 17, 2022, 6:28 AM
ސޮލިޓެއާ ކޮޓަރިއެއްގެ ފޮޓޯއެއް.

ސޮލިޓެއާ ކޮޓަރިއެއްގެ ފޮޓޯއެއް.

ހުޅުމާލޭ ހުޅަނގު ފަރާތުން ފަޅުތެރެ އާއި އިރުއޮއްސޭތަން ފެންނަ ފިތުރޯނު މަގުގައި ތަރައްގީ ކުރާ ސޮލިޓެއާ އަކީ މިހާރު މާލޭ ސަރަހައްދުގައި ހުރި އެންމެ ފެންވަރު ރަނގަޅު އަދި މަގުބޫލު އެޕާޓްމެންޓް ކޮމްޕްލެކެސްއެވެ. ސޮލިޓެއާ އަކީ އެންމެ ޒަމާނީ ލަގްޒަރީ ދިރިއުޅުމާއި ހިތްގައިމުކަން އަދި ފަސޭހަކަން ހޯއްދަވާ ބޭފުޅުންނަށް އެކަށޭނެ ތަނެކެވެ. ސޮލިޓެއާ އަކީ ހުޅުމާލޭގެ އެންމެ ހިތްގައިމު ފިތުރޯނުމަގުގައި، ގިނަ ހިދުމަތްތައް ކައިރިން ލިބެންހުރި ތަނެކެވެ.

ވެހިކަލް އަދި ފައި މަގުގައި މައި މަގުން މި ތަނަށް ވެދެވޭނެ އެވެ. ލޮބީގައި ފެންވަރު ރަނގަޅު ތަފާތު ބްރޭންޑްތަކުގެ ފިހާރަތައް ހުންނާނެ އެވެ. އަދި އިމާރާތުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށް ދެ ޕާކިން ފެސިލިޓީ ހުންނާނެއެވެ. މީގެ އިތުރުން އިންފިނިޓީ ޕޫލާއި، ކުޑަކުދިންގެ ޕޫލާއި، ހުރިހާ ސާމާނެއް އެކުލެވޭ ޖިމަކާއި ކުޑަކުދިންގެ ޕާކެއް ޓެރަސް ފްލޯގައި ހުންނާ އެވެ. ސޮލިޓެއާގައި މުނިފޫހި ފިލުވުމާއި ހާއްސަ ހަފްލާތައް ބޭއްވުމަށް ކްލަބު ހައުސް އެއްވެސް ހިމެނެ އެވެ. މިތަން ފަރުމާ ކޮށްފައި ވަނީ ދިރިއުޅޭ ފަރާތްތަކަށް ހާސް ކަމެއް ނެތި ދިރިއުޅެވި، ފަސޭހަކަން އަދި ލަގްޒަރީ ލައިފް ސްޓައިލްގެ ހުވަފެން ހަގީގަތަކަށް ހެދުމުގެ ގަސްތުގައެވެ.

ސޮލިޓެއާގެ ހުރިހާ އެޕާޓްމެންޓެއްގައި 1+3 ކޮޓަރި ހުންނާނެ އެވެ. އެންމެ މަތީ ފްލޯގައި ޓެރަހާއެކު ޕެންޓްހައުސް އެވެ. ހުރިހާ އެފާޓްމެންޓެއް ހުންނާނީ އެންމެ ޒަމާނީ ފެންވަރަށް ސެމީ ފާނިޝްކޮށް ނިންމާފަ އެވެ. ވަޔާއި ވިއްސާރައިން ރައްކާތެރި ކުރުމަށް ހާއްސަ ސަމާލުކަމެއް ދީ ކުނޑަ ދޮރުތަކުގައި ޝޭޑް ހަރުކުރެ އެވެ. އިމާރާތުގެ ބޭރުން ބޮޑުބައި ފެނިގެން ދާނީ ބިއްލޫރި އާއި ލޫއްވައިންނެވެ. ފިތުރޯނުމަގުގެ ރީތިކަމަށް މި އިމާރާތުން އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެ އެވެ.

ސޮލިޓެއާ ފަރުމާކޮށް ތަރައްގީ ކުރަނީ އެސޯޓެކް ރިއަލްޓީގެ އެފިލިއޭޓް ކުންފުންޏެއް ކަމައްވާ ސެންޑަލް މޮރިޝިސްއިންނެވެ. އެސޯޓެކް ރިއަލްޓީއަކީ ރެސިޑެންޝަލް ރީޓެއިލް އަދި ހޮސްޕިޓަލިޓީ ދާއިރާގައި މަޝްރޫއުތައް ތަރައްގީ ކުރުމުގައި ކާމިޔާބު ތަޖުރިބާތަކެއް ލިބިފައިވާ ކުންފުންޏެކެވެ. ސޮލިޓެއާ އަކީ މި ކުންފުނިން ހުޅުމާލޭގައި ތަރައްގީ ކުރާ ދެ ވަނަ ރެސިޑެންޝަލް ޕްރޮޖެކްޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox