ނަޝީދުގެ ބަރުލަމާނީ ގަރާރު އަނބުރާ ގެންދަވަން ރައީސް އެދިވަޑައިގެންފި

ނަޝީދުގެ ބަރުލަމާނީ ގަރާރު އަނބުރާ ގެންދަވަން ރައީސް އެދިވަޑައިގެންފި

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ ގަރާރު އަނބުރާ ގެންދެވުމަށް އެ ޕާޓީގެ އެންމެ އިސް ލީޑަރު, ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގެންފި އެވެ.

ރައީސް ސޯލިހު އެގޮތަށް މިއަދު އެދިވަޑައިގެންނެވިއިރު, ނަޝީދު ގެންދަވަނީ ބަރުލަމާނީ ނިޒާމް ގެންނަން ކެމްޕެއިން ކުރައްވަމުންނެވެ. އެގޮތުން, އިއްޔެ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި, ބަރުލަމާނީ ގެންނަން ޖެހޭ ސަބަބުތައް ކިޔައިދެއްވަން މަސައްކަތް ކުރެއްވި އެވެ.

އޭގެފަހުން ރޭގައި އެމްޑީޕީގެ މައި ޖަގަހައިގެ ޖަލްސާއެއް ބާއްވައި, ބަރުލަމާނީއާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި އެވެ. ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވެސް ވިދާޅުވީ މިރޭ ވެސް ޖަގަހަ ޖަލްސާ އޮންނާނެ ކަމާއި އޭގައި ގިނަ މެންބަރުން ބައިވެރިވުމަށް އެދޭ ކަމަށެވެ.

ނަމަވެސް, ރައީސް ސޯލިހް ރާއްޖެޓީވާއަށް މިއަދު ދެއްވި އިންޓަވިއެއްގައި ވިދާޅުވެފައިވަނީ މިއީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރަންވީ ވަގުތު ނޫން ކަމަށާއި އިސްކަން ދޭންވީ ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ކަމަށެވެ. މީގެކުރިން ވެސް ނިޒާމް ބަދަލުކުރަން ތާއިދު ނުކުރައްވާކަން ހާމަކުރައްވާފައިވާ ރައީސް ވިދާޅުވީ, ބަރުލަމާނީ ނިޒާމް ގެންނަން ރާއްޖެ އޮތީ މާޅަފަތުގަ ކަމަށެވެ.

ނިޒާމް ބަދަލުކުރަން ގާނޫނުއަސާސީ ބަދަލުކުރަން ހުށަހަޅަން އެމްޑީޕީގެ ކޮންގްރެސްއިން ވެސް ތާއިދު ކުރާނެ ކަމަކަށް ގަބޫލު ނުކުރެއްވޭ ކަމަށާއި އެހެންވެ, އެ ގަރާރު އަނބުރާ ގެންދިޔުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް, ޓީވީ ޗެނަލަށް ފޯނުން ދެއްވި އިންޓަވިއުގައި ވިދާޅުވެފައިވެ އެވެ.

ގާނޫނުއަސާސީ ބަދަކުރުމުގެ މަސައްކަތް ކޮންގްރެސްއަށް

ރާއްޖޭގެ ވެރިކަން ކުރާ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް, ރިޔާސީ އިންތިހާބެއްގައި ދެވަނަ ބުރެއްގެ ވޯޓަކަށް ނުގޮސް އިންތިހާބު ކާމިޔާބު ކުރެވޭނެ މަގެއް ކަނޑައަޅެމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީ ކޮންގްރެސްއަށް ނަޝީދު ވަނީ ގަރާރު ހުށަހެޅުއްވީ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒްގެ ތާއީދާއެކު އެވެ.

ޕާޓީގެ ރައީސް ނަޝީދު ހުށަހެޅުއްވި ގަރާރުގައި ވަނީ ގާނޫނުއަސާސީއަށް ގެންނަން ބޭނުންވާ ބަދަލުތައް ފާހަގަކޮށްފަ އެވެ. އެގޮތުން، ސަރުކާރުގެ އެންމެ އިސްވެރިއަކީ މަޖިލީހުގެ ތެރެއިން އިންތިހާބުކުރާ ބޮޑުވަޒީރު ކަމަށާއި ދައުލަތުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނާނީ ރައްޔިތުންގެ މެދުގައި ނަގާ ރިޔާސީ ވޯޓަކުން ހޮވޭ މީހެއް ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.

އަދި، ބޮޑުވަޒީރާއި ރައީސްގެ ބާރުތައް ކަނޑައެޅުމަށާއި މަޖިލީހުގެ ދާއިރާތައް ތަމްސީލުވާނެ ގޮތްތަކާއި މަޖިލިސް އިންތިހާބުގައި ސިޔާސީ ޕާޓީތަކުން ހޯދާ ވޯޓުގެ ނިސްބަތަށް ބަލައި، ހާއްސަ ކުރެވޭ "ނެޝަނަލިސްޓު ލިސްޓު"ގެ މެންބަރުން ހިމެނޭ އުސޫލު ކަނޑައެޅުމަށް ވެސް ހުށަހަޅައިފަ އެވެ.

މީގެ އިތުރުން ވަޒީރުންގެ މަޖިލިސް ކަނޑައަޅާނީ މަޖިލިސް މެންބަރުންގެ ތެރެއިން ކަމަށާއި ސުޕްރީމް ކޯޓަށް ފަސް ފަނޑިޔާރުން އައްޔަން ކުރުމުގެ އިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލަވާލެވިފައިވާ ގޮތް ބަދަލުކުރުމުގެ އިސްލާހު ވެސް ގެނައުމަށް ގަރާރުގައި ހިމަނާފައިވެ އެވެ.

ނަޝީދު އިއްޔެ ވަނީ މި ބަދަލު ގެނައުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި މިކަމަށް ހުރިހާ ބޭފުޅުންގެ ތާއީދު ވެސް ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.

ނަޝީދު ކަމަރު ބަންނަވައިގެން ހުންނެވީ އަވަސްމަގުން ބަރުލަމާނީއަށް ދާން

އެމްޑީޕީގެ އޮފީހުގައި އިއްޔެ ބޭއްވެވި މީޑިއާ ބްރީފިންއެއްގައި ނަޝީދު ވިދާޅުވީ ނިޒާމު ބަދަލުކުރުމުގެ ފެންނަ ނުފެންނަ ވޯޓް މި އަހަރު ނަގަން އެމަނިކުފާނު ހުށަހަޅުއްވާނެ ކަމަށެވެ. ނިޒާމު ބަދަލުކުރުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަން ޖެހޭ ބަދަލު މިހާރުން މިހާރަށް ގެންނަން ހުށަހަޅުއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު މި އުއްމީދުކުރާ އަދި އަދި އަޅުގަނޑު ހުށަހަޅާ ގޮތްތަކުގެ ތެރޭގައި މިހާރު ގާނޫނުއަސާސީއަށް ބަދަލު ގެނެވި، މިއަހަރު ތެރޭގައި ފެންނަ ނުފެންނަ ވޯޓް ނެގި ފެބްރުއަރީން ފެށިގެން އިންތިގާލީ ބަރުލަމާނީ ނިޒާމު ހިނގަމުން ގޮސް 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބު އެއީ ބަރުލަމާނީ ނިޒާމު [ހިންގަން] ގާނޫނުއަސާސީ އިސްލާހުކުރެވިފައިވާ ގޮތަށް ބޭއްވޭ ރިޔާސީ އިންތިހާބަކަށް [ވުން]،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ އުއްމީދަކީ 2024 ވަނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފަހު ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަނާނީ ނިޒާމަކަށް ބަދަލުކޮށް ނިންމުމެވެ.

ނިޒާމު ބަދަލުކުރުން އަވަސްކުރައްވަން އެމަނިކުފާނު މަސައްކަތް ކުރައްވާ މިންވަރު ދައްކުވައި ދެނީ އަންނަ ފެބްރުއަރީ މަހުން ފެށިގެން އިންތިގާލީ ގޮތެއްގައި ނަމަވެސް އެ ނިޒާމަށް ބަދަލުކުރައްވަން އެދިވަޑައިގަންނަވާތީ އެވެ.

ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން އެންމެންގެ ތާއީދަށް ވެސް އެދިވަޑައިގަންނަވާ ކަމަށާއި އެކަމުގައި ނާކާމިބުވެވަޑައިގެންފާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް ނަޝީދު މިއަދު ވިދާޅުވި އެވެ. އެއްވެސް ކަމަކާ ކުރިމަތިލައްވާ އިރު އެކަމެއް ނާކާމިޔާބުވެދާނެ ކަމަށް ދެކެވަޑައިގެން ކުރިމަތިނުލައްވާ ކަމަށް ވެސް ވަރަށް ޔަގީންކަމާ އެކު ނަޝީދު ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ މިކަން ވެސް އަޅުގަނޑުމެނަށް ކާމިޔާބުވާނެ. އަޅުގަނޑު އެމްޑީޕީ ކޮންގްރެސްގެ ހުރިހާ ބޭފުޅުންނަށް ވަަރަށް އެދެން މިކަމާ ގުޅޭ ގޮތުން ފުންކޮށް ވިސްނަވާފައި އެ ބޭފުޅުންގެ ވޯޓު މިކަމަށް ދެއްވުމަށް،" އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox