އިޓަލީގެ އެންމެ ބޮޑު ފުޓްބޯޅަ ލީގު ކަމަށްވާ "ސެރިއާ" މިހާރު މީޑިއާނެޓް މެދުވެރިކޮށް އައިސްގެ ޗެނަލްތަކުން ބަލާލެވޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ސެރިއާއަކީ މިހާރު ދުނިޔޭގެ އެންމެ ގަދަ ލީގުތަކުގެ ތެރެއިން ތިންވަނަ ލީގެވެ. އެހެންކަމުން, ސެރިއާ ލީގުގެ ގަދަ ހަތަރު ޓީމަށް ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ޖާގަ ކަށަވަރުވެގެންދެ އެވެ.
މިއަހަރުގެ ސެރިއާގެ ތަށި ހޯދުމަށް 20 ކްލަބް ވާދަކުރެ އެވެ.
މީޑިއާނެޓުގެ އައިސް ޓީވީ (ޗެނަލް 100)، އައިސް ސްޕޯޓްސް (ޗެނަލް 102) އަދި އައިސް ޕްލަސް (ޗެނަލް 888) އިން ސެރިއާގެ މި ފޯރިގަދަ މެޗުތައް ފެންނާނެކަމަށް މީޑިއަ ނެޓުން ބުނެ އެވެ.
މީޑިއާނެޓުގެ އެމްއެސްޓީވީ ނުވަތަ އެމްއެސް ލައިޓް ބޭނުންކުރައްވާ ކަސްޓަމަރުންނަށް ކެޗްއަޕް ފީޗާ އަދި ރިވައިންޑް ފަދަ ފީޗާތައް މެދުވެރިކޮށް، ދެ މެޗު އެއް ވަގުތެއްގައި އޮތް ނަމަވެސް، އެއްވެސް މެޗެއް ވައްޓާނުލާ ބެލުމުގެ ފުރުސަތު ލިބޭނެއެވެ.
އޭގެއިތުރުން، އެމްއެސް ޑިޖިޓަލް މޯބައިލް އެޕަށް ސަބްކްރައިބްކޮށްގެން ނުވަތަ ކުއިކް ޕޭ މެދުވެރިކޮށް ވައުޗަރެއް ނަގައިގެން ކޮންމެ ތަނަކު ހުރެގެން ވެސް ފަސޭހަކަމާއެކު އެ މެޗުތައް ބަލައިލެވޭނެ އެވެ.
އަށާރަސަތޭކަ ނުވަދިހަ އަށް ވަނަ ވަނަ އަހަރު "ސެރިއާ" މުބާރާތުގެ އެންމެ މެޗެއް ކުޅުމަށްފަހު ޖިނޯއާ ކްރިކެޓް އެންޑް އެތްލެޓިކް ކްލަބް އިޓާލިއަން ނޭޝަނަލް ޗެމްޕިއަންކަން ކާމިޔާބު ކުރި އެވެ. އަދި 1929 އިން ފެށިގެން މި ލީގުގެ ތަށި 36 ފަހަރު ޔުވެންޓަސް ވަނީ ކާމިޔާބް ކޮށްފަ އެވެ.
މި ލީގުގެ އޯލް ޓައިމް ލީޑިންގް ގޯލްތައް ޖަހާފައިވަނީ ސިލްވިއޯ ޕިއޯލާ އެވެ. އެގޮތުން 1929 އިން 1952 ވަނަ އަހަރާ ދެމެދު ސިލްވިއޯ ސެރިއާ ލީގުގަ 274 ގޯލް ޖަހާފައިވެ އެވެ. މިއަދަދާ ގާތްކޮށް ދެން އެންމެ ގިނަ ގޯލް ޖަހާފައިވަނީ ފްރެންޗެސްކޯ ޓޮޓީ އެވެ. އޭނާ ވަނީ 1992 އަހަރާއި 2017 އަހަރާ ދެމެދު 250 ގޯލް ޖަހާފަ އެވެ.
ދުނިޔޭގަ އެންމެ މަޝްހޫރު ކްލަބްތަގެ ތެރޭ ހިމެނޭ ޔުވެންޓަސް, އޭސީ މިލާން އަދި އިންޓަ މިލާންއަކީ ސެރިއާ ލީގްގަ ފޯރިއާއެކު ވާދަކުރަމުންދާ ކްލަބްތަކެކެވެ. މީ ދިވެހިންގެ މެދުގަ މަގްބޫލުކަން ހޯދާފައިވާ ކްލަބް ތަކެކެވެ.









