މޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމް ފަށައިފި

Aug 13, 2022, 4:46 AM
ސިމްޕޯސިއަމް ފެށުމުގެ ރަސްމިއްޔާތުގައި މެރިން ރިސާޗް ސެންޓަރުގެ ޝަފިއްޔާ ނައީމް ވާހަކަ ދައްކަވަނީ: މިއަހަރުގެ ސިމްޕޯސިއަމްގައި ގިނަ އިލްމީ ކަރުދާސްތަކެއް ހުށަހަޅާނެ -- ފޮޓޯ: މެރިން ރިސާޗް އިންސްޓިޓިއުޓް

ސިމްޕޯސިއަމް ފެށުމުގެ ރަސްމިއްޔާތުގައި މެރިން ރިސާޗް ސެންޓަރުގެ ޝަފިއްޔާ ނައީމް ވާހަކަ ދައްކަވަނީ: މިއަހަރުގެ ސިމްޕޯސިއަމްގައި ގިނަ އިލްމީ ކަރުދާސްތަކެއް ހުށަހަޅާނެ -- ފޮޓޯ: މެރިން ރިސާޗް އިންސްޓިޓިއުޓް

މޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމް މިއަދު އެމްއެންޔޫގެ އޮޑިޓޯރިއަމުގައި ފަށައިފި އެވެ.

މެރިން ސައިންސް ސިމްޕޯސިއަމަކީ ތިމާވެއްޓާ ބެހޭ ގޮތުން ކޮށްފައިވާ ތަފާތު ދިރާސާތަކާމެދު ވާހަކަ ދެއްކުމަށް އަދި ތިމާވެއްޓާ ގުޅޭ ގޮތުން އިލްމީ ނަޒަރަކުން މަޝްވަރާ ކުރުމަށް ބާއްވާ ސިމްޕޯސިއަމެކެވެ.

މިއަހަރުގެ ސިމްޕޯސިއަމްގައި ފަސް ތީމެއް އެ ހަރަކާތް އިންތިޒާމް ކުރާ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުން ވަނީ ކަނޑައަޅައިފަ އެވެ. އެއީ މުރަކަ އާލާ ކުރުމާއި ރީފް އެކޮލޮޖީ އާއި މެރިން މެގަފައުނާ އާއި ސީ ގްރާސް އެންޑް މެންގްރޯވްސް އާއި ފިޝެރީޒް އެންޑް މެނޭޖްމަންޓާއި ޕްލާސްޓިކް ޕޮލިއުޝަނެވެ.

މިއަހަރުގެ ސިމްޕޯސިއަމްގައި ގިނަ ފަރާތްތަކުން އިލްމީ ކަރުދާސް ހުށަހެޅުމަށް ހަމަޖެހިފައިވާއިރު ތިމާވެށި ރައްކާތެރި ކުރުމަށް މަސައްކަތް ކުރާ ރެޒިލިއެންޓް ރީފްސްގެ ފަރާތުން ނުވަ ކަރުދާހެއް ހުށަހެޅުމަށް ވަނީ ހަމަޖެހިފަ އެވެ.

އޭގެ ތެރޭގައި، މޫދު ވިނަ އާއި ކުޅި އާއި ފަރުމަސްވެރިކަމާ ގުޅޭ ގޮތުން ލ. އަތޮޅުގައި ހަދާފައި ހުރި ދިރާސާ ކަރުދާސް ހިމެނޭ ކަމަށް ރެޒިލިއެންޓް ރީފްސް އިން ބުނެފައިވެ އެވެ.

ރެޒިލިއެންޓް ރީފްސްގެ އިތުރުން ބްލޫ މެރިން ފައުންޑޭޝަނުން ވެސް އެ ސިމްޕޯސިއަމްގައި ކަރުދާސް ހުށަހަޅާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox