ލަންޑަންގައި ކުޑަކުދިންނަށް ޕޯލިއޯގެ ބޫސްޓާ ޝޮޓެއް ދެނީ

ޕޯލިއޯ ވެކްސިން. -- ފޮޓޯ: އައިސްޓޮކް

ޕޯލިއޯ ވެކްސިން. -- ފޮޓޯ: އައިސްޓޮކް

ލަންޑަންގެ ނަޖިސް ފެނުން ޕޯލިއޯ ވައިރަސް ފެނުމުން، އެ ސިޓީގައި ދިރިއުޅޭ އެއް މިލިއަން ކުދިންނަށް ޕޯލިއޯ ވެކްސިންގެ ބޫސްޓާ ޝޮޓެއް ދޭން ނިންމައިފި އެވެ.

އިނގިރޭސި ހެލްތު މިނިސްޓްރީން ބުނީ ބޫސްޓާ ޝޮޓް ދޭނީ ގްރޭޓާ ލަންޑަން އޭރިއާގައި ދިރިއުޅޭ އުމުރުން އެއް އަހަރާއި ނުވަ އަހަރާ ދެމެދުގެ ކުދިންނަށް ކަމަށެވެ.

އިނގިރޭސިވިލާތުން ޕޯލިއޯގެ އެއްވެސް ކޭސްއެއް ރިޕޯޓުކޮށްފައި ނުވި ނަމަވެސް، ލަަންޑަންގެ ނަޖިސް ފެން ޓްރީޓް ކުރާ ޕްލާންޓްތަކުން ހަދާ ޓެސްޓުން އެ ވައިރަސް ދަނީ ފެންނަމުންނެވެ.

ހެލްތު މިނިސްޓްރީގެ ބަޔާނުގައި ބުނީ ވައިރަސް ފެންނަމުންދާ މިންވަރަށް ބަލާއިރު، ކޮންމެވެސް ވަރަކަށް ބަލި ފެތުރެމުންދާ ކަމަށް ބެލެވެ އެވެ.

ވާގިނެތުން ނުވަތަ ޕެރެލަައިޒްވުމަށް މަގުފަހިވާ ޕޯލިއޯ ބަލީގެ ކޭސްއެއް އެންމެ ފަހުން އިނގިރޭސިވިލާތުގަައި ރިޕޯޓު ކުރީ 1984 ވަނަ އަހަރުގަ އެވެ.

މިހާރު އެ ވައިރަސް ފެންނަނީ ހަމައެކަނި ޕާކިސްތާން އަދި އަފްގާނިސްތާނުންނެވެ. ނަމަވެސް ޕޯލިއޯގެ ބަލިކަަށި ވައިރަހެއް ނަގައިގެން އުފެއްދި ވެކްސިނެއް ބޭނުންކުރެ އެވެ.

ޕޯލިއޯގެ ބަލިކަށި ވައިރަސް ހިމެނޭ ވެކްސިން ޖަހާފައި ތިބޭ މީހުންނަށް ބަލި ނުޖެހުނު ނަމަވެސް، އެ މީހުންގެ ފަރާތުން ތަަގައްޔަރުވެފައިވާ ފެން ވެކްސިން ނުޖަހާ ހުރި މީހަކަށް ފޯރައިފި ނަމަ ބަލި ޖެހުމުގެ ފުރުސަތު އޮވެ އެވެ.

އެހެންވެ، ޑަބްލިއުއެޗްއޯއިން ބާރު އަޅަނީ އޯރަލް ޕޯލިއޯ ވެކްސިން (އޯޕީވީ) ބޭނުން ކުރުން ހުއްޓާލައި، ޕޯލިއޯ ވައިރަސް ނުހިމެނޭ ނުވަތަ އިންއެކްޓިވޭޓެޑް ޕޯލިއޯ ވެކްސިން (އައިޕީވީ) ބޭނުން ކުރުމަށެވެ.

ޑަބްލިއުއެޗްއޯއިން ބުނީ ލަންޑަންގެ 87 ޕަސެންޓް މީހުން ޕޯލިއޯ ވެކްސިން ޖަހާފައިވާ ކަމަށެވެ. އިނގިރޭސިވިލާތުން 2004 ވަނަ އަހަރު އޯޕީވީ ހުއްޓާލާފައި ވާތީ، އޮފިޝަލުން ދެކޭ ގޮތުގައި ލަންޑަންގެ ނަޖިސް ސާމްޕަލަށް ވައިރަސް ފޯރީ، އެހެން ގައުމަކުން އޯޕީވީ ޖެހި މީހެއްގެ ފަރާތުންނެވެ.

މިދިޔަ މަހު ނިއު ޔޯކްގެ ރޮކްލޭންޑް ކައުންޓީގައި ޕޯލިއޯ ވައިރަހުގެ ސަބަބުން ފިރިހެނަކު ޕެރެލައިޒްވި އެވެ. އޮފިޝަލުން ބުނީ އެއީ ޕޯލިއޯއާ ދެކޮޅަށް ވެކްސިން ނުޖަހާ ހުރި މީހެއް ކަމަށެވެ.

ލަންޑަނާއި ގުދުސްގެ ޖަންކްޝަން ހޮޅިތަކުގެ ފެން ޓެސްޓު ކުރިއިރު، ޕޯލިއޯ ވައިރަސް ފެނިފައިވާ އިރު، އެކަން ގުޅިފައި ވަނީ އެމެރިކާގައި އެ ބަލި ޖެހުނު މީހާއާ އެވެ.

ޕޯލިއޯއަކީ އާއްމުކޮށް އުމުރުން ފަސް އަހަރުން ދަށުގެ ކުދިންނަށް ޖެހޭ ނުރައްކާތެރި ބައްޔެކެވެ. އެ ބަލި ނައްތާލަން ފެށި ބޮޑު ކެމްޕެއިންއާ އެކު ގިނަ ގައުމުތަކުން ވަނީ ކޭސްތައް ސުމަކަށް ތިރިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox