ފޮރިން ސާވިސް ހަރުދަނާ ކުރުމާ ގުޅޭ ލަފާ ދޭ ބޯޑު އެކުލަވާލައިފި

ފޮރިން ސާވިސް ގާނޫނުގެ ދަށުން، ރާއްޖޭގެ ހާރިޖީ ސިޔާސަތާ ގުޅޭ މަސައްކަތްތައް ހަރުދަނާ ކުރުމަށް ބޭނުންވާ ލަފާ ދިނުމަށްޓަކައި އެކުލަވާލާފައިވާ ބޯޑުގެ ފުރަތަމަ ބައްދަލުވުން. -ފޮޓޯ: ފޮރިން މިނިސްޓްރީ

ފޮރިން ސާވިސް ގާނޫނުގެ ދަށުން، ރާއްޖޭގެ ހާރިޖީ ސިޔާސަތާ ގުޅޭ މަސައްކަތްތައް ހަރުދަނާ ކުރުމަށް ބޭނުންވާ ލަފާ ދިނުމަށްޓަކައި އެކުލަވާލާފައިވާ ބޯޑުގެ ފުރަތަމަ ބައްދަލުވުން. -ފޮޓޯ: ފޮރިން މިނިސްޓްރީ

މިހާރު އަމަލުކުރަން ފަށާފައިވާ ފޮރިން ސާވިސް ގާނޫނުގެ ދަށުން، ރާއްޖޭގެ ހާރިޖީ ސިޔާސަތާ ގުޅޭ މަސައްކަތްތައް ހަރުދަނާ ކުރުމަށް ބޭނުންވާ ލަފާ ދިނުމަށްޓަކައި ފޮރިން ސާވިސް އެޑްވައިޒަރީ ބޯޑު އެކުލަވާލައިފި އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ތަސްދީގުކޮށް، މިދިޔަ މެއި މަހު އަމަލުކުރަން ފެށި ގާނޫނުގައި އެ ބޯޑު، ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އެކުލަވާލަންޖެހޭނެ ކަމަށް ބުނެފައި ވެ އެވެ.

ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އެ ބޯޑަށް މެމްބަރުން އައްޔަނުކުރުމާއި ވަކި ކުރުމުގެ ބާރު ފޮރިން މިނިސްޓަރަށް ދީފައިވާއިރު، އެ ބޯޑުގައި ތިއްބަވާނީ ފޮރިން ސެކްރެޓަރީ އާއި ފޮރިން ސާވިސް އިންސްޓިޓިއުޓްގެ އިސްވެރިޔާގެ އިތުރުން، މުވައްޒަފުންގެ ތިން ގިންތިއެއް ތަމްސީލުވާ ގޮތަށެވެ.

ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، އާ ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ބޯޑު، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެކުލަވާލައްވާފައިވާ ކަމަށެވެ.

ބޯޑުގައި ތިއްބަވާ ފަސް މެމްބަރުން

ފޮރިން ސެކްރެޓަރީ އަހުމަދު ލަތީފު - ބޯޑުގެ ޗެއާ

  • ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ހަދީޖާ ނަޖީހާ - ފޮރިން ސާވިސް އިންސްޓިޓިއުޓްގެ ވެރިޔާގެ ހައިސިއްޔަތުން
  • އަހުމަދު ރަޝީދު، ކަރަންކާގެ/ށ. މަގޫދޫ - ހާރިޖިއްޔާއަށް 10 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވުމަށް ފަހު ރިޓަޔާކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން
  • ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ އައިމިނަތު ޝިފާނާ - އެގްޒެކެޓިވް މުވައްޒަފުންގެ ތެރެއިން
  • ފޮރިން މިނިސްޓްރީގެ ޑެސްކް އޮފިސަރު އައިމިނަތު ސަމްރާ - އާންމު މުވައްޒަފުންގެ ތެރެއިން

މި ބޯޑުގެ ފުރަތަމަ ބައްދަލުވުން ވެސް އިއްޔެ ބާއްވާފައި ވާއިރު، ބޯޑު މެމްބަރުން ލަފާ ދޭ ކަންކަމުގެ ތެރޭގައި، ފޮރިން ސާވިސް އެކުލެވިގެންވާ ގޮތާއި، ގަވައިދުތަކުގެ އިތުރުން، އެ ހިދުމަތް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ކަންކަން ހިމެނެ އެވެ.

ފޮރިން ސާވިސް ގާނޫނުގެ މުހިއްމު ބައިތައް

މި ގާނޫނު ތަސްދީގުކުރާތާ 90 ދުވަހުގެ ތެރޭގައި ފޮރިން ސާވިސްގެ ހިދުމަތް ގާއިމުކުރަންޖެހޭއިރު، އެ ހިދުމަތުގެ އެންމެ އިސް މުވައްޒަފުގެ ގޮތުގައި ހުންނާނީ ފޮރިން ސެކްރެޓަރީ އެވެ.

އެ މަގާމަށް މިނިސްޓަރުގެ ލަފާޔާއެކު ރައީސުލްޖުމްހޫރިއްޔާ ބޭފުޅަކު އައްޔަނުކުރަން ޖެހިވަޑައިގަންނަވާއިރު، އެ މަގާމުގެ މުއްދަތަކީ ގިނަވެގެން ތިން އަހަރުގެ ދެ ދައުރުކަމަށް ބުނެފައިވެ އެވެ.

ނަމަވެސް، އެ މަގާމަށް އައްޔަނުކުރެވޭ ފަރާތަކީ މިނިސްޓްރީގައި މަދުވެގެން 15 އަހަރު މަސައްކަތްކޮށް، ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހޭނެ ކަމަށް ބިލުގައި ވަނީ ކަނޑައަޅައިފަ އެވެ.

އެ ބިލު ފާސްވެ ގާނޫނަކަށް ވުމުން މުވައްޒަފުން ތަމްރީންކުރުމަށް ފޮރިން އިންސްޓްޓިއުޓެއް ވެސް ގާއިމްކުރަން ޖެހޭނެ ކަމަށް ބުނެފައި ވެ އެވެ.

އެ އިންސްޓްޓިއުޓަކީ ގާނޫނުގެ ދަށުން ބާރުލިބޭ ތަނަކަށް ވާއިރު، އެ އިންސްޓްޓިއުޓްގެ މެންޑޭޓްގެ ތެރޭގައި ފޮރިން ސާވިސްގައި މަސައްކަތް ކުރާ އެންމެހާ މުވައްޒަފުންނަކީ ފޮރިން ސާވިސްގެ މަގުސަދުތައް ހާސިލުކުރެވޭ ފަދަ ހާއްސަ ތަމްރީނާއި ހުނަރާއި ތަޖުރިބާ ލިބިގެންވާ ބަޔަކަށް ހެދުމަށް ތަމްރީން ދިނުން ހިމެނެ އެވެ.

އެ ގާނޫނުގައި ރާއްޖޭން ބޭރުގައި ގާއިމުކުރާ މިޝަންތަކަށް ސަފީރުން އައްޔަނުކުރުމުގެ އުސޫލުތައް ވެސް ހިމަނާފައިވެ އެވެ.

އެގޮތުން، ސަފީރުކަމަށް ފޮރިން ސާވިސްގެ މުވައްޒަފުންނާއި ފޮރިން ސާވިސްއިން ބޭރުން ވެސް މީހުން އައްޔަނުކުރެވޭއިރު، އެއް ގައުމަކަށް ކަނޑައަޅާފައި ބެހެއްޓޭނީ ގިނަ ވެގެން ހަތަރު އަހަރުގެ މުއްދަތަށް ކަމަށް ބުނެފައިވެ އެވެ.

ފޮރިން ސާވިސްއިން ބޭރުން އައްޔަނުކުރާ ސަފީރުން، ވެރިކަން ބަދަލުވާ ހާލަތެއްގައި އިސްތިއުފާ ދޭން ޖެހޭނެކަމަށް ބަޔާންކޮށްފައިވެ އެވެ.

ސަފީރު ކަމުގައި ހުންނެވީ ފޮރިން ސާވިސްގެ ބޭފުޅެއް ނަމަ، ސަފީރުކަން ގެއްލޭ ނުވަތަ ދޫކޮށްލާ ހިސާބުން، ފޮރިން ސާވިސްގައި އެ ފަރާތުން އަދާކުރަމުންދިއަ ވަޒީފާ ދެމި އޮންނާނެ ކަމަށް ގާނޫނުގައިވެ އެވެ.

މީގެ އިތުރުން، އެ ހިދުމަތަށް އައްޔަނުކުރާ މުވައްޒަފުންގެ ގިންތިތަކާއި، އުސޫލުތަކާއި، މަސްއޫލިއްޔަތުތައް އެ ގާނޫނުގައި ވަނީ ހިމަނައިފަ އެވެ.

އަދި ބޭރުގައި ގާއިމުކޮށްފައިވަނީ މިޝަންތަކަށް މުވައްޒަފުން ފޮނުވުމާއި އަނބުރާ ގެނައުން ފަދަ ގިނަ ގަވައިދުތައް، އެ ގާނޫނުގެ ދަށުން ހަދަންޖެހޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox