ޗައިނާގެ ބޯޓު ފަސްކުރަން އެދުނުކަން ލަންކާއިން ޔަގީންކޮށްދީފި

ޗައިނާގެ މަނަވަރު. -- ފޮޓޯ: ރޮނަލްޑް ކުމާރް

ޗައިނާގެ މަނަވަރު. -- ފޮޓޯ: ރޮނަލްޑް ކުމާރް

ޗައިނާގެ މަނަވަރު ޔުއާންގް ވާންގް 5، ހަމްބަންޓޯޓާ ބަނދަރާ ކައިރި ކުރުން ފަސްކޮށްދޭން އެދުނުކަން ސްރީލަންކާގެ ސަރުކާރުން ހޯމަ ދުވަހު ޔަގީންކޮށްދީފި އެވެ.

ލަންކާ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ޗައިނާއިން ހިންގާ ހަމްބަންޓޯޓާ ބަނދަރަށް ޔުއާން ވާންގް 5 ކައިރި ކުރަން ހަމަޖެހިފައި އޮތީ އޯގަސްޓް 11 ވަނަ ދުވަހު ތެޔޮ އެޅުމަށް ކަމަށާއި އެ ބަނދަރުން ފުރުމަށް ހަމަޖެހިފައި އޮތީ އޯގަސްޓް 17 ވަނަ ދުވަހު ކަމަށެވެ.

"މި މަނަވަރު ހަމްބަންޓޯޓާ ބަނދަރަށް ކައިރި ކުރުން ފަސްކުރަން އެދި މިނިސްޓްރީން ވާނީ ކޮލޮމްބޯގައި ހުންނަ ޗައިނާގެ އެމްބަސީއަށް ހުށަހަޅާފައި،" ބަޔާނުގަައިވެ އެވެ.

Advertisement

ސްރީލަންކާ އާއި ޗައިނާއާ ދެމެދު އޮތީ ގާތް ގުޅުމެއް ކަމަށާއި އެ ގުޅުމަށް ބަދަލެއް ނާންނަ ކަމަށް ބަޔާނުގައި ފާހަގަކުރި އެވެ. އެގޮތުން ދާފި ފަހުން ލަންކާގެ ފޮރިން މިނިސްޓަރު އަލީ ސަބްރީ އާއި ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ ބައްދަލުކުރެއްވި ކަމަށް ބަޔާނުގައިވެ އެވެ.

ނޫސްތަކުން ރިޕޯޓު ކުރާ ގޮތުގައި ޗައިނާގެ މަނަވަރުގެ ދަތުރު ފަސްކުރަން ލަންކާއިން އެދުނީ އިންޑިއާގެ ޕްރެޝަރާ ހެދި އެވެ. އެއީ ދިރާސާ ކުރުމަށް ހާއްސަ ބޯޓެއް ނަމަވެސް އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކުރާ ގޮތުގައި ޗައިނާގެ ޖާސޫސީ މަސައްކަތް ވެސް އެ ބޯޓުން ކުރެ އެވެ.

ޗައިނާއިން ލަންކާގައި ބިނާކޮށް، ހިންގަމުންދާ ހަމްބަންޓޯޓާ ބަނދަަރަކީ އަަސްކަރީ ބަނދަރެއްގެ ގޮތުގައި ބޭނުންކޮށްފާނެތީ އިންޑިއާއިން ކަންބޮޑުވެ އެވެ. ޖުމްލަ 1.5 ބިލިއަން ޑޮލަރު ހޭދަކޮށްގެން އެޅި އެ ބަނދަރަކީ އޭޝިއާ އާއި ޔޫރަޕާ ދެމެދުގަައިވާ މައި ޝިޕިން ރޫޓް ކަައިރީގައި އޮންނަ ބަނދަރެކެވެ.

އިންޑިއާ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ކުރިން ވިދާޅުވީ ޗައިނާ މަނަވަރުގެ ދަަތުރު އިންޑިއާ ސަރުކާރުން މޮނީޓާ ކުރަމުންދާ ކަމަށާއި އިންޑިއާގެ ސަލާމަތާއި އިގްތިސާދީ މަސްލަހަތު ހިމާޔަތް ކުރާނެ ކަމަށެވެ.

ރޮއިޓާޒް ނޫހުން މީގެ ކުރިން ރިޕޯޓު ކުރި ގޮތުގައި މަނަވަރުގެ ދަަތުރާ މެދު ހިތްހަމަނުޖެހި އިންޑިއާ ސަރުކާރުން ވަނީ ލަންކާ ސަރުކާރަށް ރަސްމީކޮށް ޝަކުވާ ވެސް ހުށަހަޅައިފަ އެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން މިދިޔަ ހަފްތާގައި ބުނީ އެ ގައުމުން ކަނޑު ދަތުރު ކުރުމުގެ ހައްގު ބޭނުން ކުރަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.

"ޗައިނާއިން އުއްމީދު ކުރަނީ ޗައިނާގެ ކަނޑުމަތީގެ ސަައިންޓިފިކް ރިސާޗްއާާ ގުޅޭ ކަންކަމަށް ރަނގަޅު ނަޒަރަކުން ބަލައި، ރަނގަޅަށް ރިޕޯޓު ކުރާނެ ކަމަށް. އާދައިގެ މަތިން އަދި ގާނޫނީ އިމުގެ ތެރެއިން ހިންގާ ކަނޑުމަތީގެ އެއްވެސް ހަރަކާތަކަަށް ހުރަސް ނާޅާނެ ކަމަށް އުއްމީދު ކުރަން،" ޗަައިނާ ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ފޮރިން ސެކިއުރިޓީ އެނެލިސްޓުން ބުނާ ގޮތުގައި ޔުއާން ވާންގް 5 މަނަވަރަކީ ޗައިނާގެ އެންމެ ފަހުގެ ސްޕޭސް ޓްރެކިން މަނަވަރެކެވެ. އެ މަނަވަރުން ސެޓެލައިޓާއި، ރޮކެޓް އަދި އިންޓަަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލްތަައް މޮނީޓާ ކުރެވޭނެ އެވެ.

ސްރީލަންކާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް ކުންފުނިން ބުނީ ޔުއާން ވާންގް 5 މަނަވަރު ހަމްބަންޓޯޓާ ބަަނދަރުގައި ހަފްތާއެއް ވަންދެން އޮންނާނެ ކަމަށާއި އެ ދަތުރުގައި "ޖައްވު ޓްރެކް ކުރުމާއި، ސެޓެލައިޓް ކޮންޓްރޯލް ކުރުން" ކުރިއަށް ގެންދާނީ އިންޑިއާ ކަަނޑުގެ ހުޅަނގު އުތުރުގައި ކަމަށެވެ.

ލަަންކާގެ އެންމެ ދެކުނުގައި އޮންނަ ހަމްބަންޓޯޓާ ބަނދަރު ހިންގުން 2017 ވަނަ އަހަރު ޗަައިނާގެ ކުންފުންޏަކާ ހަވާލު ކުރީ، އެ ތަން ހެދުމަަށް ނެގި ލޯނު ނުދެއްކޭތީ 99 އަހަރުގެ މުއްދަތަކަަށެވެ. މީގެ ކުރިން 2014 ވަނަ އަހަރު ވެސް ޗައިނާގެ ސަބްމެރީނެއް އަދި ހަނގުރާމަ މަތީ މަނަވަރެއް ކޮލޮމްބޯ ބަނދަރާ ކައިރިވުމަށް ހުއްދަ ދިނުމުން އިންޑިއާއިން ހިތްހަމަނުޖެހުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސްޕޭސްއެކްސްއަށް ފަންޑިން ހުއްޓުވުމުގެ އިންޒާރު

ޔޫކްރެއިންގައި ބޭނުންކުރާ ސްޓާޝީލްޑްގެ ޚިދުމަތަށް ބަދަލުތަކެއް އައި މައްސަލައިގައި، ސްޕޭސްއެކްސްއަށް ދޭ ފަންޑިން ހުއްޓާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ކޮންގްރެސް މެންބަރު ޖިމް ހައިމްސް ދެއްވައިފިއެވެ. އޭނާ އެދިވަޑައިގަންނަވަނީ މި ބަދަލުތަކަކީ ކުންފުނިން އަމިއްލައަށް ނިންމި ނިންމުމެއްތޯ ނުވަތަ ސަރުކާރުގެ އެންގުމަކަށް ކުރި ކަމެއްތޯ ސާފުކޮށްދިނުމަށެވެ. ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް ނެތް ނިޒާމުތަކަށް ފައިސާ ދޫނުކުރާނެ ކަމަށް ވިދާޅުވެ، މިކަމާ ގުޅޭގޮތުން އީލޮން މަސްކާ ބައްދަލުކުރުމަށްވެސް ހައިމްސް ވަނީ އެދިވަޑައިގެންފައެވެ.

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

Newsletter

Get the latest news delivered straight to your inbox