އޭޓީޕީ 1000 ނޭޝަނަލް އޯޕެން ޓެނިސް މުބާރާތް މީޑިއާނެޓުން ދައްކަން ނިންމައިފި އެވެ.
ކެނަޑާގެ މޯންރިއާލްގައި ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތް ކުރިއަށް ދާނީ މިއަދުން 15 އޯގަސްޓުގެ ނިޔަލަށެވެ. މި މުބާރާތުގެ 2021 ވަނަ އަހަރުގެ ސިންގަލްސް ބައިގެ ޗެމްޕިއަނަކީ ރަޝިޔާގެ ޑެނިލް މެޑްވެޑެވް އެވެ.
އޭޓީޕީ 1000 ނޭޝަނަލް އޯޕެން ޓެނިސް މުބާރާތް މިއަދު ފަށާއިރު، ރާއްޖޭގައި ޓެނިހަށް ލޯބިކުރާ ފަރާތްތަކަށް މި ފޯރިގަދަ މުބާރާތުގެ ފިރިހެނުން ތަމްސީލު ކުރާ މެޗުތަށް މީޑިއާނެޓު މެދުވެރިކޮށް އައިސްގެ ޗެނަލްތަކުން ވަގުތުން ފެނިގެން ދާނެ ކަމަށް މީޑިއާނެޓުން ބުނެ އެވެ.
އޭޓީޕީ 1000 ނޭޝަނަލް އޯޕެން ޓެނިސް މުބާރާތަކީ 1881 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ކުޅެމުން އަންނަ ފޯރިގަދަ މުބާރާތެކެވެ. ފިރިހެނުންގެ މުބާރާތެއްގެ ގޮތުގައި ފެށި މި މުބާރާތް، ދެ ޖިންސުގެ ކުޅުންތެރިން ހިމެނޭ ގޮތަށް ބަދަލުކުރީ 1892 ގައެވެ.
ޓެނިސްގެ އެކި އެކި މުބާރާތްތަކުގެ އެންމެ މޮޅު ކުޅުންތެރިން މި މުބާރާތުގައި ވެސް ވަނީ އެ ކުޅުންތެރިންގެ ހުނަރު ދައްކާފައެވެ. ދުނިޔޭގައި ކުޅޭ މިފަދަ މުބާރަތްތަށް ގިންތި ކުރާއިރު މި މުބާރާތް ގިންތި ކުރެވެނީ ގަދަ ތިނެއްގަ އެވެ.
ރާއްޖެއަށް ފުޅާ ދާއިރާއެއްގައި ކޭބަލް ޓީވީ ހިދުމަތް ދެމުން އަންނަ މީޑިއާނެޓަކީ އެހެން ގައުމުތަކުގައި ކުޅެވޭ މިފަދަ ބޮޑެތި ކުޅިވަރު މުބާރާތްތަށް ބެލުންތެރިންނާ ހަމަޔަށް ގެނެސްދެމުން އަންނަ ކުންފުންޏެއްކަން ފާހަގަ ކޮށްލެވެ އެވެ. އަދި އެމްއެސް ޑިޖިޓަލް މޯބައިލް އެޕް މެދުވެރިކޮށް ޑީކޯޑަރަކާއި ނުލައި ކޮންމެ ވަގުތަކު ކޮންމެތާކު ހުރެގެން ވެސް މީޑިއާނެޓުގެ ޗެނަލްތަށް ބަލާލެވޭނެ އެވެ.










