ބަލިމީހާ މާލެ ގެނެސް ނުދިން ކަމަށްބުނާ ވާހަކަ މަންޓާއިން ދޮގުކޮށްފި

މަންޓާ އެއާއިން ބަލި މީހަކު ގެންގޮސް ނުދިން ކަމަށް ބުނެ ކުޑަހުވަދޫ މީހުން އެއާޕޯޓުގައި މުޒާހަރާ ކުރަނީ--

މަންޓާ އެއާއިން ބަލި މީހަކު ގެންގޮސް ނުދިން ކަމަށް ބުނެ ކުޑަހުވަދޫ މީހުން އެއާޕޯޓުގައި މުޒާހަރާ ކުރަނީ--

ދ. ކުޑަހުވަދޫ އެއާޕޯޓު ސަރަހައްދުގައި ރޭން ފެށިގެން މުޒާހަރާ ކުރަމުންދާ ދަނީ ބަލި މީހަކު އިތުރު ފަރުވާ އަށް މާލެ ގެނެސް ނުދީގެން ކަމަށް ބުނާ ވާހަކަތައް މަންޓާ އެއާއިން ދޮގުކޮށްފި އެވެ.

ކުޑަހުވަދޫ މީހުން މުޒާހަރާ ކުރަމުން ދަނީ އެރަށު ފެނަކައިގައި އެސިސްޓެންޓް މެނޭޖަރެއްގެ ވަޒީފާގައި ހުރި ފާރިހް ނަމަކަށް ކިޔާ މީހަކަށް ހާޓް އެޓޭކެއް ޖެހުމުން އެމަޖެންސީކޮށް މާލެ ގެންގޮސްދިނުމަށް އެދުމުން އެއާޕޯޓުން އެކަމަށް ހުރަސްއަޅާފައިވާ ކަމަށް ބުނެ އެވެ.

ރޭން ފެށިގެން އެ ރަށު އެއާޕޯޓް ސަރަހައްދުގައި ދަނީ ގިނަ އަދަދެއްގެ ރައްޔިތުން އެއްވެ އަޑު އުފުލަން ފަށާފަ އެވެ. އަދި ރެއިން ފެށިގެން ވަނީ އެ އެއާޕޯޓުގެ ބޭރުގައި މީހުންނަށް ނުނިކުމެވޭނެހެން ޓިނުޖަހާ ބަންދުކޮށްފަ އެވެ.

އެތެރޭގެ އުދުހުންތަކުގެ ހިދުމަތްދޭ މަންޓާ އެއާގެ އޮފިޝަލަކު "އަދަދު"އަށް ވިދާޅުވީ އިއްޔެ އެކަން ހިނގައިގެން މިއަދާ ހަމައަށްވެސް އެއްވެސް ފަރާތަކުން މީހަކު ބަލިވެގެން ދަތުރުކުރަން މަންޓާއަށް ރިކުއެސްޓެއް ކޮށްފައި ނުވާ ކަމަށެވެ.

"މަންޓާގެ އެއާޕޯޓުގައި ހުރި ކުއްޖަކަށް ކޮންމެވެސް މީހަކު ގުޅާފަ އަހާލި ކިހިނެތް ހެއްޔޭ އޮންނަނީ ބަލި މީހަކު ގެންދަން ޓްރާންސްޕޯޓު ކުރުމަށް އޮންނަ ޕްރޮސީޖާއަކީ ކޮބައިތޯ. އެކުއްޖާ ކިޔާދިން. އޭރުވެސް ނުބުނޭ ބަލި މީހަކު ގެންދަން އުޅޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ކަމެއް ހިނގައިގެން އުޅޭކަން އެނގުނީ އިއްޔެ ހަވީރު މުޒާހަރާ ކުރަން ފެށުމުން ކަމަށާއި އެ ވަގުތުން ފެށިގެން ކުރެވުނު ހުރިހާ ކަމެއް ކޮށްދީފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭޓީއާރް އެއާކްރާފްޓަކީ އެ އެއާކްރާފްޓު އިންނަ ގޮތުން ސްޓްރެޗާއެއް އެރުވޭގޮތަށް އިންނަ ބޯޓެއް ނޫން،" އޮފިޝަލް ވިދާޅުވި އެވެ.

ނަމަވެސް މީގެ ކުރިން ވެސް ބަލި މީހުން އެ އެއާލައިނުން އުފުލާ ކަމަށާއި އެކަމަކު ޖެހޭނީ ޑޮކިޔުމަންޓްތައް ފުރިހަމަ ކުރުމަށްފަހު ކަމުގައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބަލި މީހާ އަކީ ގޮނޑީގައި އިށީންދެގެން ދަތުރު ކުރެވޭ ހާލަތުގައި ހުރި މީހެއްނަމަ އެކަން ކޮށްދޭކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން އެ ބަލި މީހާ ގެންދަން މި ބެލީ ސީޕްލޭނެއްގައި. ސީޕްލޭން ދަތުރު ކުރާނީ ދުވާލު އެކަނި ވީމަ، ރިކުއެސްޓެއް ނާދޭ. އެކަމަކުވެސް އެ މީހާ ގެންދަން ބުނެފާނެ ކަމަށް ސީޕްލޭނެއް ރެޑީކުރިން ގޮނޑިތައް ނައްޓާ އެކޮޅަށް އިރު އެރިއިރު ފުރުވާލަން ރެޑީކޮށްފައި އޮންނާނީ. ނަމަވެސް ފަހުން މޯލްޑިވިއަންގެ ފްލައިޓެއް ހަމަޖައްސައިގެން ގޮސް އެ މީހާ މާލެއަށް ގެންގޮސްފި،" އެ އޮފިޝަލް ވިދާޅުވި އެވެ.

ކުޑަހުވަދޫ އެއާޕޯޓަށް އެހެން އެއާލައިންތައް ދަތުރުކުރުން މަންޓާއިން ހުރަސްއަޅާ ކަމުގެ ތުހުމަތު ވެސް ކުރަމުންދާއިރު، އޮފިޝަލް ވިދާޅުވީ މަންޓާއިން ވެސް އެ އެއާޕޯޓަށް ދަތުރުކުރަނީ އެ އެއާޕޯޓަށް ދައްކަން ޖެހޭ ފީތައް ދައްކައިގެން ކަމަށެވެ. އެހެން ކަމުން އެއާޕޯޓަށް ދައްކަން ޖެހޭ ފީ ދެއްކުމުން އެހެން ފްލައިޓްތަކަށް ވެސް ޖެއްސޭނެ ކަމަށް މަންތާއިން ބުންޏެވެ.

މި ހާދިސާ ހޫނުވެ، ރޭ އެ ރަށަށް ދިޔަ ފްލައިޓުން ފޭބި ދިވެހިންނަށް ބޯޓުން ފައިބަން ފުރުސަތު ދިން ނަމަވެސް އޭގެން އައި ފަތުރުވެރިއަކަށް އެއާޕޯޓުން ނުނިކުމެވޭނެ ގޮތަށް މަގު މަތީގައި ވަނީ ވަޅުގަނޑުތަކެއް ކޮނެ ޓިނުޖަހާ ބަންދުކޮށްފަ އެވެ. ނަމަވެސް ފަހުން ވަނީ އެ ފަތުރުވެރިޔާއަށް ވެސް ފުރުސަތު ދީފަ އެވެ.

މުޒާހަރާކުރަން ކުޑަހުވަދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެފައިވާއިރު، ބަލި މީހުންނާއި، ހާލުބޮޑު ސީރިއަސް ބަލި މީހުންވެސް އުފުލޭނެ އިންތިޒާމުތައް އެއާޕޯޓުން ހަމަޖެއްސައި ނުދޭނަމަ މުޒާހަރާ ނުހުއްޓާނެ ކަމަށްވެސް ދަނީ ބުނަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox