ނިއުޒީލޭންޑުގެ ބޯޑަރު އެއްކޮށް ހުޅުވާލައިފި

މާޗް 2020 ގައި ބޯޑަަރު ބަންދު ކުރުމުން ނިއުޒީލޭންޑުގެ ފަަތުރުވެރިކަމަށް ބޮޑު އަސަރެއް ކުރި. -- ފޮޓޯ: ގެޓީ އިމޭޖާޒް

މާޗް 2020 ގައި ބޯޑަަރު ބަންދު ކުރުމުން ނިއުޒީލޭންޑުގެ ފަަތުރުވެރިކަމަށް ބޮޑު އަސަރެއް ކުރި. -- ފޮޓޯ: ގެޓީ އިމޭޖާޒް

ކޮވިޑް ބަލިމަޑުކަމާ ގުޅިގެން މާޗް 2020 ވަނަ އަހަރު ބަންދު ކުރި ނިއުޒީލޭންޑުގެ ބޯޑަރުތައް އެއްކޮށް ހުޅުވާލައިފި އެވެ.

ނިއުޒީލޭންޑަށް އެތެރެވުމުގެ ވިސާ އޮތް ފަތުރުވެރިންނާއި ސްޓުޑެންޓް ވިސާގައި ދަތުރު ކުރާ ހުރިހާ އެންމެންނަށް ދެން އެ ގައުމަށް އެތެރެވެވޭނެ އެވެ.

ބޮޑު ވަޒީރު ޔަސިންޑާ އާޑާން ވިދާޅުވީ މިއީ "ބޮޑު ވަގުތެއް" ކަމަށާއި މިއީ "ފަރުވާތެރިކަމާ އެކު ކުރިއަށް ގެންދާ ރޭވުމުގެ" މަރުހަލާއެއް ކަމަށެވެ.

ނިއުޒީލޭންޑްގެ ބޯޑަރު ހުޅުވާލި ނަމަވެސް، ގިނަ ދަތުރުވެރިން ކޮވިޑް ވެކްސިން ފުރިހަަމަ ކުރުން މަޖުބޫރު ވާނެ އެވެ. އެހެން ނަމަވެސް، އެތެރެވުމަށް ފަހު ކަރަންޓީންވުމެއް ދެން ނޯންނާނެ އެވެ.

ވައިގެ ބޯޑަރުތަަކުގެ އިތުރުން ކަނޑުގެ ބޯޑަރުތައް ވެސް މިހާރު ވަނީ އެއްކޮށް ހުޅުވާލާފަ އެވެ. އެހެންކަމުން ކްރޫޒް ބޯޓުތަކާއި ބޭރުގެ ޔޮޓުތަކަށް ނިއުޒީލޭންޑުގައި ބަނދަރު ކުރެވޭނެ އެވެ.

ފުރަތަމަ މަރުހަލާގެ ދަށުން ނިއުޒީލޭންޑުގެ ބޯޑަަރު އެންމެ ފުރަތަމަ ހުޅުވާލީ ފެބްރުއަަރީގަަ އެވެ. އެ ފަހަރު ހުއްދަ ދިނީ ވެކްސިން ފުރިހަމަކޮށްފައިވާ ނިއުޒީލޭންޑް ރައްޔިތުން އޮސްޓްރޭލިއާއިން ނިއުޒީލޭންޑަށް އެތެރެވެވޭ ގޮތަށެވެ.

އޭގެ ފަހުން އެހެން ގައުމުތަކުން އަންނަ ވެކްސިން ފުރިހަމަކޮށްފައިވާ ނިއުޒީލޭންޑްގެ ރައްޔިތުންނަށް ބޯޑަރު ހުޅުވާލީ މާޗް މަހުގަ އެވެ. މިދިޔަ މޭ މަހު، ވިސާގެ ލުއި ލިބޭ 50 ގައުމަކުން ވެކްސިން ފުރިހަމަކޮށްފައި ތިބި ފަތުރުވެރިންނަށް ހުޅުވާލި އެވެ.

ކޮވިޑާ ގުޅިގެން ނިއުޒީލޭންޑުގައި އެޅި ހަަރުކަަށި ފިޔަވަޅުތަކުގެ އެންމެ ބޮޑު އަސަރެއް ކުރީ ފަތުރުވެރިކަަމުގެ ސިނާއަތަށެވެ. މާޗް 2021 ވަނަ އަހަރު، ފަތުރުވެރިކަމުން ނިއުޒީލޭންޑުގެ ޖީޑީޕީއަަށް ކުރާ ހިއްސާާ 5.5 ޕަސެންޓުން 2.9 ޕަސެންޓަށް ވެއްޓުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މޮރޮކޯގައި އަންހެން ބޮޑުވަޒީރަކު އައްޔަންކުރުމުން ދީނީ ބަހުސެއް

މޮރޮކޯގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ މަގާމަށް ފާތިމާ ޒަހްރާ އައްޔަންކުރެއްވުމާ ގުޅިގެން، އަންހެނުންނަށް އެފަދަ މަތީ މަގާމުތައް ދިނުމާ މެދު އެ ގައުމުގައި ދީނީ އަދި ސިޔާސީ ބޮޑު ބަހުސެއް ވަނީ ފެށިފަ. މި ނިންމުމަށް ބައެއް ފަރާތްތަކުން ފާޑުކިޔަމުންދާއިރު، މިއީ މޮރޮކޯގެ ތާރީޚީ ނިންމުމެއްގެ ގޮތުގައި ފާހަގަކުރެވޭ ކަމެއް.

ފްރާންސްގައި ރޭގަނޑު ބޭރަށް ނުކުތުން މަނާކޮށްފި

ފަރަންސޭސިވިލާތުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ޕެރިހާއި އެހެނިހެން ސިޓީތަކުގައި ރޭގަނޑު ބޭރަށް ނުކުމެ އުޅުން މަނާކޮށް ކާފިއު އިއުލާންކޮށްފިއެވެ. ތައުލީމީ ހާލަތު ރަނގަޅުކުރުމަށް ފެށި މި މުޒާހަރާތައް ފުޅާވެ، ހިނގި ކުރިމަތިލުންތަކުގައި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށް ފުލުހުންނާއި އާންމުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

އަލްބޭނިއާގައި ހަމަނުޖެހުން ހިނގާތާ ހަތް ދުވަސް

އަލްބޭނިއާގެ ބޮޑުވަޒީރު އެޑީ ރާމާގެ އިސްތިއުފާއަށާއި ކޮރަޕްޝަނާ ދެކޮޅަށް ދަރިވަރުން އިސްވެ ކުރަމުންދާ މުޒާހަރާތަކުގައި ފުލުހުންނާއި އާންމުންގެ ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. ހަތް ދުވަހަށް ދެމިގެންގޮސްފައިވާ މި ހަމަނުޖެހުންތަކާ ގުޅިގެން ބޮޑުވަޒީރު ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު ދެއްވާފައިވާއިރު، ފުލުހުން އާންމުންނަށް އަނިޔާކޮށް ގާނޫނާ ޚިލާފަށް މީހުން ހައްޔަރުކުރާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައެވެ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

190 ކުދިން މަރާލި ކަލްޓް ލީޑަރުގެ މައްޗަށް ކުށް ސާބިތުވެއްޖެ

ކެންޔާގައި "އީސާގެފާނާ ބައްދަލުކުރުމަށް" ބުނެ 190 އަށް ވުރެ ގިނަ ކުޑަކުދިން ބަނޑަށް ބައިތިއްބައިގެން މަރާލި ކަލްޓް ލީޑަރު ޕޯލް މެކެންޒީ އާއި އޭނާގެ ބައިވެރިންގެ މައްޗަށް ކުށް ސާބިތުވެއްޖެއެވެ. މި ގަތުލުއާންމާ ގުޅިގެން މެކެންޒީގެ މައްޗަށް މީހުން މެރުމުގެ އިތުރުން ޓެރަރިޒަމާއި ހަރުކަށި ފިކުރު ފެތުރުމުގެ ދައުވާތައް ވެސް އުފުލާފައިވާއިރު، އޭނާއަށް އަދަބު ކަނޑައެޅުން އޮންނާނީ އަންނަ ނޮވެމްބަރު މަހުއެވެ. ޝަކަހޯލާ ޖަންގަލީގައި ހިންގި މި ލާއިންސާނީ އަމަލުތަކުގައި ޖުމްލަ 400 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ތަހުގީގުތަކުން ދައްކައެވެ.

ސައުދީގައި ބަންގްލަދޭޝް ދެ މީހުންނަށް މަރުގެ އަދަބު

މައްކާގެ މިސްކިތެއްގެ ތެރޭގައި ބަދުއަހުލާގީ އަމަލެއް ހިންގިކަން ސާބިތުވި ބަންގްލަދޭޝްގެ ދެ މީހަކަށް، އިސްލާމީ ޝަރީއަތުގެ ތައުޒީރީ އަދަބުގެ ދަށުން ސައުދީ އަރަބިއްޔާގައި މަރުގެ އަދަބު ދީފިއެވެ. މިކަމާ ގުޅިގެން ބަންގްލަދޭޝް ސަރުކާރުން އަންނަނީ އެ މައްސަލައިގެ އިތުރު ތަފުސީލު ހޯދުމަށް ސައުދީގެ ކަމާބެހޭ އިދާރާތަކާ މުއާމަލާތް ކުރަމުންނެވެ.

އޮސްޓްރޭލިއާ ޕާލަމެންޓު މެމްބަރެއްގެ ގައިގައި ކާރަކުން ޖައްސައިފި

އޮސްޓްރޭލިއާގެ ޕާލަމެންޓު މެންބަރު ހެލެން ހެއިންސްގެ ގައިގައި ކާރަކުން ޖައްސައި ސީރިއަސް އަނިޔާތަކެއް ދިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާއާ ގުޅިގެން 43 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު، ބޮޑުވަޒީރު އެލްބަނީޒީ ވަނީ މިއީ ގަސްދުގައި ދީފައިވާ ހަމަލާއަކަށް ވުން އެކަށީގެންވާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޮސްޓްރޭލިއާގެ ސިޔާސީ ބޭފުޅުންނަށް ކުރިމަތިވާ މިފަދަ ނުރައްކާތައް އިތުރުވަމުންދާކަން ހޯމް އެފެއާޒް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

Newsletter

Get the latest news delivered straight to your inbox