ރަޝިއާގެ ހަމަލާއެއްގައި ޔޫކްރެއިންގެ އެންމެ ބޮޑު އެއް މަހުޖަނު މަރުވެއްޖެ

އޮލެކްސީ ވަޑަޓުރްސްކީ: އޭނާ މަރުވީ ރަޝިއާގެ ހަމަލާއެއްގައި. -- ފޮޓޯ: ނިބިޔުލޮން

އޮލެކްސީ ވަޑަޓުރްސްކީ: އޭނާ މަރުވީ ރަޝިއާގެ ހަމަލާއެއްގައި. -- ފޮޓޯ: ނިބިޔުލޮން

ޔޫކްރެއިންގެ ދެކުނު މައިކޮލާއިވް ސިޓީއަށް ރަޝިއާއިން ދިން ހަމަލާއެއްގައި ޔޫކްރެއިން އެންމެ ބޮޑު އެއް މަހުޖަނު އަދި އޭނާގެ އަންހެނުން މަރުވެއްޖެ އެވެ.

އުމުރުން 74 އަހަރުގެ އޮލެކްސީ ވަޑަޓުރްސްކީ އަދި އަންހެނުން ރައިސާ މަރުވީ ދަންވަރުގެ ވަަގުތުގައި އެ މީހުން ދިރިއުޅޭ ގެޔަށް ފޮނުވި މިސައިލް ހަމަލާއެއްގަ އެވެ.

ވަޑަޓުރްސްކީއަަކީ ނިބިޔުލޮން ކުންފުނީގެ ވެރިޔާ އެވެ. އެއީ ޔޫކްރެއިންގައި އުފައްދާ ގޮދަން އެކްސްޕޯޓް ކުރުމުގެ ވިޔަފާރި ކުރާ ކުންފުންޏެކެވެ. އޭނާއަކީ "ހީރޯ އޮފް ޔޫކްރެއިން" އެވޯޑް ހާސިލްކޮށްފައިވާ މީހެކެވެ.

Advertisement

މައިކޮލާއީވްގެ މޭޔަރު އޮލެކްސެންޑަރު ސެންކެވިޗް ވިދާޅުވީ ވަޑަޓުރްސްކީ މަރުވީ މިހާތަނަށް ރަޝިއާއިން އެ ސިޓީއަށް ދިން އެންމެ ބޮޑު ހަމަލާގައި ކަމަށެވެ. އެ ހަމަލާގައި ހޮޓަލަކާއި، ސްޕޯޓްސް ކޮމްޕްލެކްސްއަކާއި، ދެ ސްކޫލާއި ގިނަ އަދަދެއްގެ ގެ ސުންނާފަތިވި އެވެ.

ބްލެކް ސީގައި އޮންނަ ޔޫކްރެއިންގެ އޮޑެއްސާ ބަނދަރަށް ދެވޭ މައި މަގު އޮންނަނީ މައިކޮލާއީވް ތެރޭގަ އެވެ. އެހެންވެ، ރަޝިއާގެ އެންމެ ގިނަ ހަމަލާ އަމާޒުވާ އެއް ސިޓީއަކީ މައިކޮލާއީވް އެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީގެ އެޑްވައިޒަރަކު ވިދާޅުވީ ރަޝިއާއިން ވަޑަޓުރްސްކީއަށް ހަމަލާ ދިނީ ގަސްތުގަައި އޭނާ މަަރާލަން ކަމަށެވެ.

މީކާއިލޯ ޕޮޑޮލިޔަކް ވިދާޅުވީ އެއް މިސައިލު އެރީ ވަޑަޓުރްސްކީގެ ކޮޓަރިއެއް ކަމަށާއި އެހެންކަމުން އެއީ ސީދާ ޓާގެޓަށް ފޮނުވި މިސައިލެއް ކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox