ރާއްޖެއަށް މިހަރު ކުރަމުންދާ ވިއްސާރާގައި މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައިވާއިރު، އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް ރީނދޫ ސަމާލު ނެރެފި އެވެ.
މުޅި ރާއްޖެއަށް ހުދު ސަމާލު ނެރުނީ މިއަދު މެންދުރުން ފެށިގެން ހަވީރު 5:30 އާ ހަމައަށެވެ. އެގޮތުން ބޯކޮށް ވަރޭވެހުމާއެކު ގުގުރާ، ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައި ވެއެވެ.
އެގޮތުން ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
މީގެ އިތުރުން އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް ރީނދޫ ސަމާލު ނެރެފައި ވަނީ މިއަދު މެންދުރުން ފެށިގެން ހަވީރު 4:00 ޖަހަންދެކަށެވެ. މެޓް އޮފީހުން ބުނީ މި ގަޑިތަކުގައި އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.












