ނިއު ޔޯކުގައި ހުންނަވާ ހާރިޖީ ވަޒީރު މާލެ ވަޑައިގަތުމަށް 400،000 އަށް ވުރެ ގިނަ ރުފިޔާ

އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމުން މަރުހަބާ ކިޔަނީ. -ފޮޓޯ: ރައީސް އޮފީސް

އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމުން މަރުހަބާ ކިޔަނީ. -ފޮޓޯ: ރައީސް އޮފީސް

އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ނިއު ޔޯކްގައި ހުންނަވާ ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު މަގާމުގެ ޒިންމާ އަދާ ކުރެއްވުމަށާއި އދ. ގެ ރައީސްގެ ހައިސިއްޔަތުން ދިވެހި ސަރުކާރުގެ ދައުވަތަކަށް އަބްދުﷲ ޝާހިދު ކުރެއްވި ދަތުރުތަކަށް ސަރުކާރުން 400،000 އަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި އެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ދަށުން "އަދަދު"އިން އެދިގެން ފޮރިން މިނިސްޓްރީން ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އދ.ގެ އާންމު މަޖިލީހުގެ ރައީސްކަމާ ޝާހިދު ހަވާލުވެވަޑައިގެންނެވި ފަހުން، އޭނާ ވަނީ ދިވެހި ސަރުކާރުގެ ހަރަދުގައި ތިން ދަތުރެއް ކުރައްވައިފަ އެވެ.

ދައުލަތުގެ އެންމެ މަތީ އިއްޒަތް ކަމަށްވާ ނިޝާން އިއްޒުއްދީން ވެރިކަމުގެ އިއްޒަތުގެ ލަގަބު ޝާހިދަށް އެރުވި އެ ދަތުރުފުޅަށް ނިއުޔޯކުން ރާއްޖެއަށް ވަޑައިގަތުމުގެ ދަތުރުގެ ހަރަދަށް ޖުމްލަ ދައުލަތުގެ 112،365.54ރ. ހަރަދުވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އޭގެ ފަހުން، މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ޗައިނާގެ ފޮރިން މިނިސްޓަރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ބައިވެރިވަޑައިގެންނެވުމަށް، ޝާހިދު ނިއުޔޯކުން ވަޑައިގެންނެވުމަށް 204،407.52ރ. ވަނީ ހަރަދުވެފަ އެވެ.

އަދި މާފަރު އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުއާ ގުޅިގެން ރާއްޖޭގެ އިތުރުން އަބޫދާބީއަށް ޝާހިދު ވަޑައިގެންނެވުމުގެ ދަތުރު ހަރަދަށް 91،582.46ރ. ހަރަދުވެފައިވެ އެވެ.

އެހެންކަމުން ނިއު ޔޯކުން ރާއްޖެ ވަޑައިގަތުމަށް ޝާހިދު ވަނީ ޖުމްލަ 408،355.54ރ. ހަރަދުކޮށްފަ އެވެ.

ޝާހިދު އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް ކަމަށް އިންތިހާބުވީ ރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދަށް ހުޅުވާލި ފުރުސަތުގައި އަފްގާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރާ ވާދަ ކުރެއްވުމަށްފަހު އެވެ. އާންމު މަޖިލީހުގެ ރައީސްކަމާ ޝާހިދު ހަވާލުވެވަޑައިގަތީ ސެޕްޓެމްބަރު 15 ވަނަ ދުވަހު އެވެ.

އެ މަގާމާ ހަވާލުވެ ވަޑައިގަތުމުން، ފޮރިން މިނިސްޓަރުގެ މަގާމުގައި ދެމިހުންނެވޭނެ ކަމާމެދު ގާނޫނީ ބަހުސެއް ވެސް އޭރު އުފެދުނެވެ. އަދި އދ.ގެ މައި މަރުކަޒު ހުންނަ އެމެރިކާގެ ނިއުޔޯކުގައި ހުންނަވައިގެން، ފޮރިން މިނިސްޓަރުގެ ޒިންމާތައް އަދާކުރެއްވިދާނެ ކަމާމެދު މެދު ވެސް ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ.

އދ.ގެ އާންމު މަޖިލީހުގެ ރައީސް ކަމުގައި ޝާހިދުގެ ދައުރު ހަމަވާނީ އަންނަ ސެޕްޓެމްބަރު މަހަށެވެ.

ޝާހިދު ދެ މަގާމު އަދާކުރެއްވުމުގައި އޮތީ ކޮން ބަހުސެއް؟

އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމަށް ޝާހިދު އިންތިހާބުވުމާއެކު މިނިސްޓަރުކަމުގައި ޝާހިދަށް ހުންނެވޭނެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވެސް ބައެއް މެމްބަރުން ސުވާލު އުފެއްދި އެވެ.

ދެ މަގާމުގެ މަސްއޫލިއްޔަތު ވަކިވެފައި އޮންނަ އިރު، އދ. ގެ ގަވައިދު ބުނާ ގޮތުން މަސްލަހަތު ފުށު އެރުމެއް ނެތުމުން، އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަމަށް ވަޑައިގެންނެވުމުން ވަޒީރުކަމުގައި ޝާހިދަށް ދެމިހުންނެވުމަކަށް ހުރަހެއް ނެތެވެ.

އެކަމަކު ގާނޫނުއަސާސީގައި ވަޒީރަކު ކޮށްގެން ނުވާނެ ކަންތައްތަކުގެ ތެރޭގައި އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރުމާއި، ވަޒީރުކަން ފިޔަވައި، ފައިދާއެއް ލިބޭފަދަ އެ ނޫންވެސް މަގާމެއް ފުރުން ހިމަނާފައިވެ އެވެ.

ފޮރިން މިނިސްޓްރީން ބުނަނީ ޝާހިދު އިންތިހާބުވެ ވަޑައިގެންނެވި މަގާމަކީ އދ. ގެ މަގާމެއް ނޫން ކަމަށާއި، އޭނާއަށް އެއްވެސް އުޖޫރައެއް ވެސް ލިބިވަޑައިނުގަންނަވާނެ ކަމަށެވެ.

ނަމަވެސް، އެކަމުގައި ގާނޫނީ ބައެއް ބޭފުޅުންގެ މެދުގައި ހިޔާލު ތަފާތެވެ.

އެގޮތުން، އެ މާއްދާގެ މަފްހޫމަކީ ވަޒީރަކު އިތުރު މަގާމެއް އަދާނުކޮށް، ވަޒީރުކަމުގެ މަސްއޫލިއްޔަތުތަކަށް ހުރިހާ ވަގުތެއް ހުސްކުރުންކަމަށްވާއިރު، ޝާހިދަށް އުޖޫރައެއް ލިބިވަޑައިނުގެންނެވި ނަމަވެސް، އދ. ގެ އެ މަގާމުގެ މަސްއޫލިއްޔަތު އުފުއްލެވުމަކީ ގާނޫނުއަސާސީގެ ރޫހާ ހިލާފުކަމެއް ކަމަށް ބައެއް ބޭފުޅުން ވިދާޅުވެ އެވެ.

ނަމަވެސް، އޭގެ އަނެއް ކޮޅުން، ފޮރިން މިނިސްޓަރުގެ ޒިންމާތައް އަދާކުރައްވަނީ އާއްމުކޮށް ރާއްޖޭން ބޭރުގައި އުޅުއްވަމުން ކަމަށްވާއިރު، އދ. ގެ މަގާމު އަދާކުރެއްވުމަށް އަހަރެއްހާ ދުވަހު އެމެރިކާގައި ހުންނެވުމަކީ މައްސަލައެއް ނޫން ކަމަށް އެހެން ބައެއް ގާނޫނީ ބޭފުޅުން ގަބޫލުކުރައްވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox