ޗައިނާގެ އަސްކަރީ މަނަވަރެއް ލަންކާއަށް ދަތުރު ކުރާތީ އިންޑިއާގެ ކަންބޮޑުވުން

ޔުއާން ވާންގް 5: މި ބޯޓު ލަންކާއަށް ދަަތުރު ކުރަނީ ދިރާސާތަކެއް ކުރުމަށް. -- ފޮޓޯ: ގަލްފް ޓައިމްސް

ޔުއާން ވާންގް 5: މި ބޯޓު ލަންކާއަށް ދަަތުރު ކުރަނީ ދިރާސާތަކެއް ކުރުމަށް. -- ފޮޓޯ: ގަލްފް ޓައިމްސް

ޗައިނާގެ އަސްކަރީ ބޯޓެއް ސްރީލަަންކާއަަށް ދަތުރު ކުރަން ހަމަޖެހިފައި ވާތީ އިންޑިއާއިން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް، ގާނޫނީ ގޮތުން ހުއްދަ ކަނޑުގެ ހަރަކާތްތަކަށް ހުރަސް އަޅަން މަސައްކަތް ނުކުރުމަށް ޗައިނާއިން ގޮވާލަައިފި އެވެ.

ޗައިނާއިން ލަންކާގައި ބިނާކޮށް، ހިންގަމުންދާ ހަމްބަންޓޯޓާ ބަނދަަރަކީ އަަސްކަރީ ބަނދަރެއްގެ ގޮތުގައި ބޭނުންކޮށްފާނެތީ އިންޑިއާއިން ކަންބޮޑުވެ އެވެ. ޖުމްލަ 1.5 ބިލިއަން ޑޮލަރު ހޭދަކޮށްގެން އެޅި އެ ބަނދަރަކީ އޭޝިއާ އާއި ޔޫރަޕާ ދެމެދުގަައިވާ މައި ޝިޕިން ރޫޓް ކަައިރީގައި އޮންނަ ބަނދަރެކެވެ.

ރެފިނިޓިވް އެއިކޮންގެ ޝިޕިން ޑޭޓާ ދައްކާ ގޮތުން ދިރާސާތައް ކުރުމަށް ޗައިނާއިން ގެންގުޅޭ ޔުއާން ވާންގް 5 މަނަވަރު ހަމްބަންޓޯޓާ ބަނދަރާ ހަމައަށް ފޯރާނީ އޯގަސްޓް 11 ވަނަ ދުވަހު އެވެ.

Advertisement

މިދިޔަ ބުރާސްފަތި ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އިންޑިއާ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވީ ޗައިނާ މަނަވަރުގެ ދަަތުރު އިންޑިއާ ސަރުކާރުން މޮނީޓާ ކުރަމުންދާ ކަމަށާއި އިންޑިއާގެ ސަލާމަތާއި އިގްތިސާދީ މަސްލަހަތު ހިމާޔަތް ކުރާނެ ކަމަށެވެ.

ރޮއިޓާޒް ނޫހުން މީގެ ކުރިން ރިޕޯޓު ކުރި ގޮތުގައި މަނަވަރުގެ ދަަތުރާ މެދު ހިތްހަމަނުޖެހި އިންޑިއާ ސަރުކާރުން ވަނީ ލަންކާ ސަރުކާރަށް ރަސްމީކޮށް ޝަކުވާ ވެސް ހުށަހަޅައިފަ އެވެ.

އެ ނޫހުގެ ސުވާލުތަކަށް ޖަވާބުދެމުން ޗައިނާގެ ފޮރިން މިނިސްޓްރީން ބުނީ އެ ގައުމުން ކަނޑު ދަތުރު ކުރުމުގެ ހައްގު ބޭނުން ކުރަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.

"ޗައިނާއިން އުއްމީދު ކުރަނީ ޗައިނާގެ ކަނޑުމަތީގެ ސަައިންޓިފިކް ރިސާޗްއާާ ގުޅޭ ކަންކަމަށް ރަނގަޅު ނަޒަރަކުން ބަލައި، ރަނގަޅަށް ރިޕޯޓު ކުރާނެ ކަމަށް. އާދައިގެ މަތިން އަދި ގާނޫނީ އިމުގެ ތެރެއިން ހިންގާ ކަނޑުމަތީގެ އެއްވެސް ހަރަކާތަކަަށް ހުރަސް ނާޅާނެ ކަމަށް އުއްމީދު ކުރަން،" ޗަައިނާ ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ފޮރިން ސެކިއުރިޓީ އެނެލިސްޓުން ބުނާ ގޮތުގައި ޔުއާން ވާންގް 5 މަނަވަރަކީ ޗައިނާގެ އެންމެ ފަހުގެ ސްޕޭސް ޓްރެކިން މަނަވަރެކެވެ. އެ މަނަވަރުން ސެޓެލައިޓާއި، ރޮކެޓް އަދި އިންޓަަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލްތަައް މޮނީޓާ ކުރެވޭނެ އެވެ.

ސްރީލަންކާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް ކުންފުނިން ބުނީ ޔުއާން ވާންގް 5 މަނަވަރު ހަމްބަންޓޯޓާ ބަަނދަރުގައި ހަފްތާއެއް ވަންދެން އޮންނާނެ ކަމަށާއި އެ ދަތުރުގައި "ޖައްވު ޓްރެކް ކުރުމާއި، ސެޓެލައިޓް ކޮންޓްރޯލް ކުރުން" ކުރިއަށް ގެންދާނީ އިންޑިއާ ކަަނޑުގެ ހުޅަނގު އުތުރުގައި ކަމަށެވެ.

ލަަންކާގެ އެންމެ ދެކުނުގައި އޮންނަ ހަމްބަންޓޯޓާ ބަނދަރު ހިންގުން 2017 ވަނަ އަހަރު ޗަައިނާގެ ކުންފުންޏަކާ ހަވާލު ކުރީ، އެ ތަން ހެދުމަަށް ނެގި ލޯނު ނުދެއްކޭތީ 99 އަހަރުގެ މުއްދަތަކަަށެވެ. މީގެ ކުރިން 2014 ވަނަ އަހަރު ވެސް ޗައިނާގެ ސަބްމެރީނެއް އަދި ހަނގުރާމަ މަތީ މަނަވަރެއް ކޮލޮމްބޯ ބަނދަރާ ކައިރިވުމަށް ހުއްދަ ދިނުމުން އިންޑިއާއިން ހިތްހަމަނުޖެހުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox