ގުރުޓީ މިސް: ކުރި ހިދުމަތުގެ އަގު ރާއްޖެއިން ވަޒަންކުރި

ގުރުޓީ މިސް އެޑިއުކޭޝަން މިނިސްޓަރާއެކު؛ ހިތުގެ ބޮޑު ދެ އޮޕަރޭޝަނެއް ކުރުމަށް އޭނާ މިހާރު އޮތީ ލަންކާ ހޮސްޕިޓަލެއްގައި

ގުރުޓީ މިސް އެޑިއުކޭޝަން މިނިސްޓަރާއެކު؛ ހިތުގެ ބޮޑު ދެ އޮޕަރޭޝަނެއް ކުރުމަށް އޭނާ މިހާރު އޮތީ ލަންކާ ހޮސްޕިޓަލެއްގައި

އަމީނިއްޔާ ސްކޫލުގެ މިއުޒިކް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަން 1971 ވަނަ އަހަރު ރާއްޖެ އައި މަނެލް ޗަރްމައިން ގުނަރަޓްނެ ނުވަތަ ގުރުޓީ މިސްއަކީ ރާއްޖޭގެ ތައުލީމީ ނިޒާމަށް އެންމެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭރުގެ އެއް ޓީޗަރެވެ. ޖުމްލަ 41 އަހަރު ތައުލީމީ ނިޒާމަށް ހިދުމަތް ކުރި ގުރުޓީ މިސް އަކީ ސްރީލަންކާގެ ރައްޔިތެއް ކަމުގައިވީ ނަމަވެސް ޓީޗަރެއްގެ ވަޒީފާއިން ރިޓަޔާވި ފަހުން ވެސް ދިރިއުޅުނީ ރާއްޖޭގަ އެވެ.

ހިތުގެ ބޮޑު އޮޕަރޭޝަނަކަށް ގުރުޓީ މިސް ލަންކާގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފައި ވާއިރު، އޭނާގެ އޮޕަރޭޝަން ކުރެވޭނެ ގޮތް ހަމަޖެއްސުމުގައި ދިވެހި ދަރިވަރުން އަދާ ކުރި ދައުރަށް އޭނާގެ އާއިލާއިން ތިބީ ޝުކުރުވެރިވާ ހާލުގަ އެވެ. ރާއްޖޭގައި ދިރިއުޅޭ ގުރުޓީ މިސް އާއި އޭނާގެ އާއިލާއިން މިމަހު 27 ގައި ލަންކާއަށް ފުރީ 30 ވަނަ ދުވަހު ކުރުމަށް ހަމަޖެހިފައިވާ އޮޕަރޭޝަނަށެވެ.

ހިދުމަތުގައި 41 އަހަރު، ފުރަތަމަ ބަލިވީ ކިޔަވައި ދެނިކޮށް

ނަވާރަސަތޭކަ ހަތްދިހަ އެކެއްގައި އަމީނިއްޔާ ސްކޫލުގެ މިއުޒިކް ޓީޗަރެއްގެ ގޮތުގައި ރާއްޖޭގެ ތައުލީމީ ނިޒާމާ ގުޅުނު ގުރުޓީ މިސް ވަނީ އެ ސްކޫލުގައި 22 އަހަރު ހިދުމަތް ކުރައްވާފަ އެވެ. އަމީނިއްޔާ ސްކޫލަށް ފަހު އިމާދުއްދީން ސްކޫލުގައި ފުލްޓައިމް މިއުޒިކް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރި ގުރުޓީ މިސް ވަނީ ތާއްޖުދީން ސްކޫލުގެ ޕާޓް-ޓައިމް މިއުޒިކް ޓީޗަރުގެ މަގާމުވެސް ފުރުއްވާފަ އެވެ.

Advertisement

ޖުމްލަ 41 އަހަރުގެ ހިދުމަތަށްފަހު ގުރުޓީ މިސް ރާއްޖޭގެ ތައުލީމީ ނިޒާމާ ވަކިވީ މަޖުބޫރީ ހާލަތުގަ އެވެ. އޭނާ ކިޔަވައި ދެނިކޮށް ޖެހުނު ސްޓްރޯކެއްގެ ސަބަބުން ސިކުނޑިއަށް ލޭ އެޅި އިމަޖެންސީގައި އޮޕަރޭޝަނެއް ކުރުމަށް ސްރީ ލަންކާއަށް ދާން ޖެހުނެވެ. ގުރުޓީ މިސްގެ އަންހެން ދަރިފުޅު އިނުޝާ ޑި ސިލްވާ ބުނި ގޮތުގައި ލަންކާގައި އޮޕަރޭޝަން ކުރުމަށްފަހު ވެސް ގުރުޓީ މިސް އެދުނީ އެނބުރީ ރާއްޖެ އައުމަށެވެ.

އޮޕަރޭޝަނަށް ފަހު މަންމަ ކައިރީ އެދުނިން ދެން ރިޓަޔާވާން. އެކަމަކު ވެސް ބޭނުންވީ ދިރާސީ އަހަރު ނުނިމޭތީ އަވަހަށް ރާއްޖެ އަންނަން. އެއްބަސްވި ދިރާސީ އަހަރު ނިމުމުން ރިޓަޔާވާނެ ކަމަށް

އިނުޝާ ބުނީ، އޭނާގެ މަންމަ ރިޓަޔާވީ އޮޕަރޭޝަނަށް ފަހު ރާއްޖެ އައިސް ދިރާސީ އަހަރު ނިމުމުން ކަމަށެވެ. ފިރިމީހާ އާއި ދަރިފުޅާ އެކު ރާއްޖޭގައި ދިރިއުޅޭ އިނުޝާ މައުލޫމާތު ދިން ގޮތުގައި އޭނާގެ މަންމަ ރިޓަޔާވުމަށްފަހު ސްރީލަންކާގައި ދިރިއުޅުމަށްފަހު ރާއްޖެ އައިސް، އޭނާއާ އެކު ދިރިއުޅެން ފެށީ 2019 ވަނަ އަހަރު ޑިސެމްބަރު މަހު އެވެ.

"ރާއްޖެއަށް އޮތް ލޯތްބެއްގެ ސަބަބުން މަންމަ ބޭނުންވަނީ ރާއްޖޭގައި ދިރިއުޅެން" އިނުޝާ ކިޔައިދިނެވެ.

ރާއްޖެއަށް ދިރިއުޅުން ބަދަލުކުރިތާ މާގިނަ ދުވަހެއް ނުވެ ގުރުޓީ މިސް އަނެއްކާވެސް ބަލިވި އެވެ. މިދިޔަ ސެޕްޓެމްބަރު މަހު، އޭނާ ހޮސްޕިޓަލަށް ގެންދަން ޖެހުނީ، ނޭވާނުލެވިގެންނެވެ. އިނުޝާ ސިފަ ކުރި ގޮތުގައި އޭނާގެ މަންމަ މަރުވެފައި އޮއްވާ އޭޑީކޭ ހޮސްޕިޓަލުން، އޭނާ އަނބުރާ ދިރުވީ އެވެ.

މަންމަ އޮތީ މަރުވެފައި، ހޮސްޕިޓަލުން ޝޮކް ޓްރީޓްމަންޓް ދީގެން އަނބުރާ ދިރުވީ

މި ހާދިސާއަށްފަހު ސްޕެޝަލިސްޓަކަށް ދައްކަން ގުރުޓީ މިސް ގެންދިޔައީ ސްރީލަންކާއަށެވެ. ވެގެން އުޅޭގޮތް ރަނގަޅަށް ސާފުވީ އޭރު އެވެ. އޭނާގެ ހިތުގެ ދެ ލޭ ހޮޅިއެއް ތުނިވަނީ އެވެ. ލަންކާ ހޮސްޕިޓަލުން ގުރުޓީ މިސް ބެލި ޑޮކްޓަރާ ހަވާލާދީ އިނުޝާ ބުނީ، އެވަގުތު އޮޕަރޭޝަނަކަށް ނުގޮސް، ބޭހުން މެނޭޖު ކުރެވޭނެ ކަމަށެވެ.

ހާލު ގޯސްވީ ކުއްލިއަކަށް، މިހާރު ތިބީ އޮަޕަރޭޝަންކުރަން ހޮސްޕިޓަލުގައި

ބޭހުން މެނޭޖު ކުރެވޭނެ ކަމަށް ޑޮކްޓަރު ބުނި ނަމަވެސް ބޭހުން ހިފަހައްޓާލީ މަދު ދުވަސްކޮޅަކަށެވެ. މިއަހަރު މޭ މަހު ހާލަތު އަނެއްކާ ގޯސްވީ އެވެ. ނޭވާ ނުލެވިގެން ހޮސްޕިޓަލަށް ގެންދިއުމުން އެނގުނީ ފުއްޕާމެއަށް ލޭ އެޅޭ ކަމެވެ. ހަތަރު ދުވަހު ހޮސްޕިޓަލުގައި ބޭއްވުމަށްފަހު ދޫކޮށްލަމުން އޭޑީކޭގެ ޑޮކްޓަރު އެންގީ އޮޕަރޭޝަން ކުރަން ޖެހޭ ނަމަވެސް އެހާ އާޖެންޓު ނޫންކަމެވެ.

ނަމަވެސް، ހޮސްޕިޓަލުން ދޫކޮށްލިތާ ތިން ދުވަސްނުވެ، އަނެއްކާވެސް ނޭވާ ނުލެވިގެން ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ. މިފަހަރުވެސް ހަތަރު ދުވަސް ކުރުމަށްފަހު ދޫކޮށްލީ އެވެ. މިފަހަރު ދޫކޮށްލިތާ 24 ގަޑިއިރު ތެރޭ އަނެއްކާ ނޭވާ ނުލެވިގެން ގެންދަން ޖެހުނެވެ. ތިން ވަނަ ފަހަރަށް ގެންދިއުމުން އާ ކަމެއް ދެނެގަނެވުނެވެ.

ތިން ވަނަ ފަހަރު ގެންދިއުމުން ޑޮކްޓަރު ބުނި، މިހާރު މާ އަވަސް އަވަހަށޭ ގޯސް މިވަނީ، ވީ އެންމެ އަވަހަކަށް އޮޕަރޭޝަން ކުރާށޭ. އެފަހަރު އެނގުނީ ލޭ ހޮޅި ތުނިވުމުގެ އިތުރުން ހިތުގައި ކުޑަ ބްލޮކެއް ހުރިކަން.

އިނުޝާ ބުނީ މަންމަގެ ބައިޕާސް އެއް ހެއްދުމުގެ އިތުރަށް ދެ ލޭ ހޮޅި ބަދަލު ކުރުމުގެ އޮޕަރޭޝަން ވެސް ކުރަން ޖެހިފައިވާ ކަމަށެވެ. އަދި އެ ދެ އޮޕަރޭޝަނަށް އެކަނި އޭޑީކޭއިން ދެ ލައްކަ ފަންސާސް ހާސް ރުފިޔާ އަރާ ކަމަށާއި، މުޅި ފަރުވާއަށް ތިން ލައްކަ ފަންސާސް ހާސް ރުފިޔާ އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އެހީއަށް އެދުނީ، އޮޕަރޭޝަން ކުރުމަށް މާލީ ހާލަތު ތަންނުދޭތީ

ގުރުޓީ މިސްގެ އޮޕަރޭޝަން ކުރުމަށް އާއިލާއިން ބޭނުންވީ ރާއްޖޭގަ އެވެ. ނަމަވެސް، ރާއްޖެއިން އެ އޮޕަރޭޝަން ކުރުމަށް އާއިލާގެ މާލީ ހާލަތު ތަނެއް ނުދެ އެވެ. އިންޑިއާ ނުވަތަ ލަންކާއިން އޮޕަރޭޝަން ކުރެވޭނެ ގޮތެއް ހަމަޖެހޭތޯ މަސައްކަތް ކުރީ ވެސް ހަރަދު ކުޑަ ކުރުމަށެވެ.

"އިންޑިއާ ބެލިއިރު، އެތަނުގައި ހުރުމަށް ވެސް ބޮޑެ އެއްޗެއް ހަރަދު ކުރަން ޖެހޭ. އެހެންވެ ލަންކާއަށް ދާން ނިންމީ. ލަންކާގައި އެ ހަރަދު ކުރަން ނުޖެހި އަމިއްލަ ގޭގައި ތިބެވޭނެ އެއްނު" އިނުޝާ ކިޔައިދިނެވެ.

އިނުޝާ ބުނީ ކޮންމެ ތަނެއްގައި އޮޕަރޭޝަން ކުރި ނަމަވެސް އެއީ އާއިލާއަށް އެކަނި "އެފޯޑް" ނުކުރެވޭ ކަމަށެވެ. އެހެންކަމުން، އެހީއަށް އެދި ހުޅުވާލި ފުރުސަތުގައި، މަންމަގެ ދަރިވަރުންގެ ފަރާތުން ގާތްގަނޑަކަށް 50،000 ރުފިޔާ ލިބުނު ކަމަށް އޭނާ ބުންޏެވެ. ބާކީ ފައިސާ އޭނާ ހަމަޖެއްސީ ލޯނެއް ނަގައިގެންނެވެ.

އޮޕަރޭޝަނަށް ލަންކާއަށް ފުރަން އޮތް ދުވަހުގެ ކުރީ ދުވަހު އެޑިއުކޭޝަން މިނިސްޓަރު ހިމެނޭހެން އެ މިނިސްޓްރީގެ ވަފްދެއް ގުރުޓީ މިސްއަށް ޒިޔާރަތް ކުރި އެވެ. އިނުޝާ ބުނީ މިނިސްޓްރީގެ ބޭފުޅުން އޭނާގެ މަންމައަށް ޒިޔާރަތްކޮށް، އެ މިނިސްޓްރީ އާއި ރައީސް ސޯލިހްގެ ނަމުގައި އެހީވާނެ ކަމަށް ވިދާޅުވި ކަމަށެވެ.

މާލީ އެހީއެއް ވާނެ ކަމަށް ވިދާޅުވި، އެކަމަކު އެހީ ވެވޭނީ ޖުލައި26 ބަންދަށްފަހު ސަރުކާރު ހުޅުވުމުން ކަމަށް ވެސް ވިދާޅުވީ

ރާއްޖޭގެ ތައުލީމީ ނިޒާމަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ގުރުޓީ މިސްއަށް އެހީވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާއިރު، ގުރުޓީ މިސް މިހާރު ވަނީ ލަންކާއަށް ގެންގޮސްފަ އެވެ. މިމަހު 27 ވަނަ ދުވަހު ލަންކާއަށް ގޮސް، އެއާޕޯޓުން ވަގުތުން ގެންދިޔައީ ހޮސްޕިޓަލަށެވެ. އަދި އެޑްމިޓްކޮށްފައި ވާއިރު، އޮޕަރޭޝަން ކުރުމަށް ހަމަޖެހިފައި ވަނީ މިމަހު 30 ގައެވެ.

ގުރުޓީ މިސްގެ އާއިލާގެ ފަރާތުން މިހާރު އެދެނީ އޭނާއަށް ހެޔޮ ދުއާކޮށްދިނުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

Newsletter

Get the latest news delivered straight to your inbox