ރަޝިއާއިން ބައިނަލްއަގްވާމީ ޖައްވީ ސްޓޭޝަނާ ވަކިވަނީ

އައިއެސްއެސްގައި ތިބި ރަޝިއާގެ ކޮސްމޮނޯޓުން: އެ މީހުން ވަނީ ޔޫކްރެއިން ހަނގުރާމައިގައި ރަޝިއާއިން މިނިވަންކަން ބަލައިގަތް އިރުމަތީ ޔޫކްރެއިންގެ ލުހާންސްކް ސަރަހައްދުގެ ދިދަ އެ ތަނުގައި ދައްކާލާފައި. -- ފޮޓޯ: ރޮސްކޮސްމޯސް

އައިއެސްއެސްގައި ތިބި ރަޝިއާގެ ކޮސްމޮނޯޓުން: އެ މީހުން ވަނީ ޔޫކްރެއިން ހަނގުރާމައިގައި ރަޝިއާއިން މިނިވަންކަން ބަލައިގަތް އިރުމަތީ ޔޫކްރެއިންގެ ލުހާންސްކް ސަރަހައްދުގެ ދިދަ އެ ތަނުގައި ދައްކާލާފައި. -- ފޮޓޯ: ރޮސްކޮސްމޯސް

ރަޝިއާއިން 2024 ވަނަ އަހަރު އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އާ ވަކިވެ މުޅިން އާ ޖައްވީ ސްޓޭޝަނެއް ހަދާނެ ކަމަށް ބުނެފި އެވެ.

ރަޝިއާގެ ޖައްވީ އިދާރާ ރޮސްކޮސްމޯސްގެ އާ ވެރިޔާ ޔޫރީ ބޮރިސޯވް ވިދާޅުވީ 2024 ވަނަ އަހަރު އަައިއެސްއެސްއާ ވަަކިވުމާ ހަމައަށް ރަޝިއާގެ ޒިންމާތައް ފުރިހަމަ ކުރާނެ ކަމަށެވެ.

އެމެރިކާ އާއި ރަޝިއާ އަދި އެހެން ގައުމުތަައް ގުޅިގެން 1998 ވަނަ އަހަރުން ފެށިގެން ވަނީ ކާމިޔާބުކަމާ އެކު އައިއެސްއެސްގައި އެކުގައި މަސައްކަތްކޮށްފަ އެވެ.

Advertisement

އެކަމަކު މިދިޔަަ ފެބްރުއަރީ މަހު ރަޝިއާއިން ޔޫކްރެއިންގައި ހަނގުރާމަ ފެށުމުން ގުޅުންތައް ގޯސްވެ، އައިއެސްއެސްގައި ކުރާ މަސައްކަތަށް ވެސް ވަނީ ހުރަަސްއެޅިފަ އެވެ.

އައިއެސްއެސްއަަކީ ފަސް ގައުމެއްގެ ޖައްވީ އިދާރާ ގުޅިގެން ފެށި ޕްރޮޖެކްޓެކެވެ. އެ ސްޓޭޝަން ދުނިޔޭގެ އޯބިޓުގައި ދުނިޔެ ވަށާ ބުރު ޖަހަން ފެށީ 1998 ވަނަ އަހަރު އެވެ. އެއީ އެތަައް ހާސް ތަހުލީލުތަކާއި ދިރާސާތައް ކުރުމަށް މުހިއްމު ސްޓޭޝަނެކެވެ.

ކުރިން ވެސް ރާވާފައި އޮތޯ 2024 ވަނަ އަހަރާ ހަމައަށް އެ ސްޓޭޝަން ހިންގުމަށެވެ. އެކަމަކު އެމެރިކާއިން ބޭނުން ވަނީ އެހެން ގައުމުތަކުގެ ބައިވެރިވުމާ އެކު އިތުރު ހަ އަހަރަށް އެ ސްޓޭޝަން ހިންގުމަށެވެ.

ރަޝިއާގެ ނިންމުމާ ގުޅިގެން އައިއެސްއެސްގެ ކުރިމަގަށް ދެން ވާނެ ގޮތެއް ސާފެއް ނޫނެވެ. އެމެރިކާގެ ޖައްވީ އިދާރާ، ނާސާގެ އޮފިޝަލަކު ރޮއިޓާޒްއަށް ބުނީ ރަޝިއާގެ އެ ނިންމުން ރަސްމީކޮށް ހިއްސާކޮށްފައި ނުވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox