ކުޑަކުދިންގެ ފުރަމޭ ފެއިލްވާ ބަލީގެ އަސްލު ހޯދުމުގައި ކުރިއެރުން ލިބިއްޖެ

ކުޑަކުއްޖަކަށް ހޮސްޕިޓަލުގައި ފަރުވާ ދެނީ: ކުޑަކުދިންގެ މެދުގައި ހެޕަޓައިޓިސް ކޭސްތަކެއް ފެންނަން ފެށީ މި އަހަރު.

ކުޑަކުއްޖަކަށް ހޮސްޕިޓަލުގައި ފަރުވާ ދެނީ: ކުޑަކުދިންގެ މެދުގައި ހެޕަޓައިޓިސް ކޭސްތަކެއް ފެންނަން ފެށީ މި އަހަރު.

ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ކުޑަކުދިންގެ ފުރަމޭ ފެއިލްވާ ބަލީގެ ހަގީގަތް ހޯދުމުގައި ކުރިއެރުން ލިބިފައިވާ ކަމަށް އިނގިރޭސިވިލާތުގެ ތަޖުރިބާކާރުން ބުނެފި އެވެ.

ތަހުގީތުތަކުން ދެއްކި ގޮތުގައި ކޮވިޑް ބަލިމަޑުކަމާ ގުޅިގެން ލޮކްޑައުން ކުރުމަށް ފަހު އަލުން ހުޅުވާލުމުން، ކުރިން ވެސް އާއްމުކޮށް ފެންނަ ދެ ބާވަތެއްގެ ވައިރަހުން ސީރިއަސް ހެޕަޓައިޓިސް ކޭސްތަކަށް މަގުފަހިވީ އެވެ.

ބެލެވޭ ގޮތުގައި 35 ގައުމެއްގެ 1000 އަަށް ވުރެ ގިނަ ކުދިންނަށް ހެޕަޓައިޓިސް ނުވަތަ ފުރަމޭއާ ގުޅުން ހުރި މައްސަލަތައް ވަނީ ކުރިމަތިވެފަ އެވެ. ގިނަ ކުދިންނަކީ ފަސް އަހަރުން ދަށުގެ ކުދިންނެވެ.

ބަައެއް ކުދިންގެ ހާލު ގޯސްވެ، ފުރަމޭ ޓްރާންސްޕްލާާންޓް ކުރަން ޖެހުނެވެ. އެގޮތުން އިނގިރޭސިވިލާތުގައި 12 ކުދިންގެ ފުރަމޭ ޓްރާންސްޕްލާންޓް ކުރި އެވެ.

އެ ބަލީގެ ހަގީގަތް ހޯދަން ލަންޑަނާއި ގްލާސްގޯގެ ތަޖުރިބާކާރުން ވަނީ އެކުގައި މަސައްކަތްކޮށްފަ އެވެ. އެ މީހުން ބުނީ ކޮވިޑް ލޮކްޑައުންއާ ހެދި ގިނަ ދުވަހު ގެއިން ނުނެރު ކުދިން ގެންގުޅެން ޖެހުމުން، ބައެއް ވައިރަސްތަަކަށް ކުދިން ހުށަހެޅުނީ އާއްމުކޮށް އެކަން ދިމާވާ އިރަށް ވުރެ ލަހުން ކަމަށެވެ. އޭގެ ސަބަބުން، ކުޑައިރު ވައިރަަސް ޖެހިއްޖެ ނަމަ ލިބޭ ގުދުރަތީ ރައްކާތެރިކަން އެ ކުދިންނަށް ނުލިބެ އެވެ.

އެގޮތަށް ފާހަގަވި އެއް ވައިރަހަކީ އާއްމު ރޯގާ އާއި ބޭރަށް ހިންގުން ފަދަ ކަންކަން ކުރިމަތި ކުރުވާ އެޑެނޯވައިރަހެވެ. އޭގެ އިތުރުން އެޑޭނޯ ވައިރަހާ ގުޅުން ހުރި ޓައިޕް ދޭއް ވެސް ފާހަގަކޮށްފައިވެ އެވެ.

އެ ވައިރަސްތައް ކުރިމަތިވާ ގިނަ ކުދިން އަވަހަށް ބަލިން ރަނގަޅުވި ނަމަވެސް، ބައެއް ހާލަތްތަަކުގައި ކުދިންގެ ހާލު ގޯސްވާން މެދުވެރިވީ "އިމިއުނިޓީ" ލިބިފަައި ނެތުމުން ކަމަށް ބެލެވެ އެވެ.

ބައެއް ކުދިންގެ ފުރަމޭއަށް ގެއްލުންވާ ހިސާބަށް ދާ ސަބަބު އަދިވެސް ޔަގީންކޮށް ބުނެދޭކަށް ނޭނގެ އެވެ. އެކަމަކު ބެލެވެނީ އެއީ ޖެނެޓިކްސްއާ ގުޅުން ހުރި ކަމެއްގެ ގޮތުގަ އެވެ.

މި ބައްޔާއި ކޮވިޑް ފަތުރާ ވައިރަސް ނުވަތަ ކޮވިޑް ވެކްސިންއާ އެއްވެސް ގުޅުމެއް ނުވާ ކަމަށް ސައިންސްވެރިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox