ތެލުގެ ސަބްސިޑީ ދޭ ސިޔާސަތު ބަދަލުކޮށް، ބޭނުންޖެހިފައިވާ މީހުންނަށް ދޭ ގޮތަށް ހަދަނީ

މިނިވަން ދުވަހުގެ ދިދަ ނެގުމަށް މިއަދު ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ - ފޮޓޯ: ރައީސް އޮފީސް

މިނިވަން ދުވަހުގެ ދިދަ ނެގުމަށް މިއަދު ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ - ފޮޓޯ: ރައީސް އޮފީސް

ތެލުގެ ސަބްސިޑީ އޭގެ އެންމެ ބޭނުން ޖެހިފައިވާ ރައްޔިތުންނަށް އެކަނި ދޭ ގޮތަށް އުސޫލު ބަދަލުކޮށް, އެކަން ތަންފީޒު ކުރުމަށް ސަރުކާރުން މިހާރު މަސައްކަތް ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ 57 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވަނީ ގައުމުގެ މިނިވަންކަމާއި ހަމަޖެހުމުގެ ވާހަކަތަކުގެ އިތުރުން, މި ވަގުތު ރާއްޖެ އޮތް އިގުތިސޯދީ ހާލަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވައި, އަޅަން ނިންމާފައިވާ ބައެއް ފިޔަވަޅުތައް ހާމަ ކުރައްވާފަ އެވެ. އެގޮތުން, ތެލުގެ ސަބްސިޑީ ދޭ އުސޫލަށް ބަދަލު ގެންނަން ނިންމާފައިވާކަން ހާމަކުރެއްވީ އެވެ.

އެ ފިޔަވަޅު އަޅަން ނިންމި ސަބަބުތަކަށް ވަޑައިގަންނަވަމުން ރައީސް ވިދާޅުވި ގޮތުގައި, ކޯވިޑާ އެކު ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން މި އަހަރު ނިމޭއިރު 2019 ގައި ހުރި މިންވަރަށް ރާއްޖޭގެ އިގްތިސޯދު ގެންދެވޭނެ އެވެ. އެހެންނަމަވެސް، އެ ކާމިޔާބީގެ ހެޔޮ އަސަރު އެންމެ ރަނގަޅަށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ހުރަސްތަކެއް އެބަހުރި ކަމަށް ރައީސް ވިދާޅުވި އެވެ.

"...އެންމެ ޒަރޫރީ މުދަލާ ހިދުމަތުގެ އަގަށް ލޮޅުންގެނުވާފަދަ ނާދިރު ހަނގުރާމައިގެ ހާލަތަކަށް ދުނިޔެ މިވަނީ ފެތިފަ, ރަޝިއާ-ޔޫކްރޭން ހަނގުރާމައާ ގުޅިގެން މުޅި ދުނިޔޭގެ އިގުތިސޯދަށް ދަނީ ލޮޅުން އަރަމުން, މިހަނގުރާމައިގެ ސަބަބުން ހުރިހާ ގައުމަކަށް އޮތް ގޮންޖެހުންތަށް އަޅުގަނޑުމެންނާވެސް ކުރިމަތިވެއްޖެ, ކޯވިޑްގެ ގެއްލުމުން އަރައިގަތުމަށް އެޅުނު ފިޔަވަޅުތަކުގެ ހެޔޮ އަސަރާ މި ހަނގުރާމައިގެ ނޭދެވޭ އަސަރުގެ ދެބައްރާޅު ބައްދަލުވިތާ މަސްތަކެއް ފާއިތުވެއްޖެ," ރައީސް ވިދާޅުވި އެވެ.

ރަޝިއާ-ޔޫކްރޭން ހަނގުރާމައާ ގުޅިގެން ދިވެހިން ވެސް މި ވަގަތު ތިބެން ޖެހިފައިވަނީ ނުއަތު އޮއިވަރެއްގެ މެދުގަ އެވެ. ހަނގުރާމައިގެ ސަބަބުން ތެލުގެ އަގާއި މުދަލުގެ އަގު އިންތިހާއަށް
އުފުލިފައިވީ ނަމަވެސް, ރައީސް ވިދާޅުވި ގޮތުގައި, ހަނގުރާމައިގެ އަސަރު އެހެން ބައެއް ގައުމުތަކުގެ ރައްޔިތުންނަށް ކުރާ ވަރާ ގާތަށްވެސް އަދި ދިވެހިންނަކަށް ނުކުރެ އެވެ.

"...ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި ބޮޑުވި ވަރާ ކައިރިއަށްވެސް، ރާއްޖޭގައި ތެލުގެ އަގަށް ބަދަލެއް ނުގެންނަން. ސަބަބަކީ އޭގެ ހަގީގީ ބުރަ ސަރުކާރުން އުފުލަމުންދާތީ," ރައީސް ވިދާޅުވި އެވެ.

މިނާޒުކު ދަނޑިވަޅު ރާއްޖޭގެ އިގުތިސޯދުގެ ހަމަ ހިފެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅު އެޅުން ކޮންމެހެން މުހިންމު ކަމާއި ރައްޔިތުންނަށް ލިބިދެވޭ ހިދުމަތްތަކަށް އަރާ ބުރުލާ އަންނަ ގުޑުން ކުޑަކުރުމަށް މަސައްކަތް ކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

ދިދަ ނެގުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް, ފިނޭންސް މިނިސްޓަރާ ސަލާމް ކުރައްވަނީ: ތެލުގެ ސަބްސިޑީގެ ސިޔާސަތު ބަދަލު ކުރަން ވަނީ ނިންމާފައި
ދިދަ ނެގުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް, ފިނޭންސް މިނިސްޓަރާ ސަލާމް ކުރައްވަނީ: ތެލުގެ ސަބްސިޑީގެ ސިޔާސަތު ބަދަލު ކުރަން ވަނީ ނިންމާފައި

ދިދަ ނެގުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް, ފިނޭންސް މިނިސްޓަރާ ސަލާމް ކުރައްވަނީ: ތެލުގެ ސަބްސިޑީގެ ސިޔާސަތު ބަދަލު ކުރަން ވަނީ ނިންމާފައި

އެގޮތުން, ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ, ރިކަރަންޓް ހަރަދުތައް ކުރާ މިންވަރު މަހުން މަހަށް ހިފަހެއްޓިފައިވާ ކަމަށެވެ. ސީދާ ބަޖެޓުން ކުރިއަށްގެންދަން ކަނޑައަޅާފައިވާ ބައެއް ޕްރޮޖެކްޓްތައް ފެށުން މިވަގުތަށް ވަނީ މަޑުޖައްސާލައި, ދައުލަތުގެ އާމްދަނީ އިތުރުކުރުމަށްޓަކާ ސިޔާސަތުތަކަށް ބަދަލު އެބަ ގެންނަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ތެލުގެ ސަބްސިޑީއަށް ބަޖެޓްގައި އަންދާޒާކުރި އަދަދު އެތަށް ގުނައަކުން މަތިވެއްޖެ," ތަފާސްހިސާބުތައް ދައްކަވަމުން ރައީސް ވިދާޅުވި އެވެ.

މި އަހަރަށް ބަޖެޓް ކުރެވުނު ތެލުގެ ސަބްސިޑީގެ ޖުމްލައަކީ 341.5 މިލިއަން ރުފިޔާ އެވެ. އެއީ މުޅި އަހަރަށް ބަޖެޓް ކުރެވުނު މިންވަރު ނަމަވެސް، ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އެތައް ގުނައެއް މައްޗަށް ދިއުމުގެ ސަބަބުން ނިމިދިޔަ ޖޫންމަހުގެ ނިޔަލަށް ޖުމްލަ 910.3 މިލިއަން ރުފިޔާ، ތެލުގެ ސަބްސިޑީއަށް އެކަނި ހަރަދުވެފައިވެ އެވެ.

މިހާރު ލަފާ ކުރެވޭ ގޮތުން މި އަހަރުގެ ނިޔަލަށް މި ހާލަތުގާދާ ނަމަ، ޖުމްލަ 1.95 ބިލިއަން ރުފިޔާ، ތެލުގެ ސަބްސިޑީއަށް ސަރުކާރުން ހަރަދު ކުރަން ޖެހެ އެވެ.

ރައީސް ވިދާޅުވި ގޮތުގައި, ސަރުކާރުން ތެލަށްދޭ ސަބްސިޑީ އަމާޒުކުރަނީ މައިގަނޑު ދެކަމަކަށެވެ. ފުރަތަމަ ކަމަކަށް ރައްޔިތުން ބޭނުންކުރާ ހަކަތަ ނުވަތަ ކަރަންޓްގެ އަގު ބޮޑުވިޔަނުދީ ހިފެހެއްޓުމަށް ސަބްސިޑީ ދިނުމެވެ.

މި ސަބްސިޑީ މިހާތަނަށް ދެމުން އައި އުސޫލު އިސްލާހުކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"ތެލުން ސަބްސިޑީދޭ އަނެއް ދާއިރާއަކީ މަސްވެރިންނަށް ބޭނުންވާ ތެޔޮ, ދިގުލަމުންދާ މި ހަނގުރާމައިން ދެން އަތުވެދާނެ ހުރިހާ ހާލަތަކަށް ވިސްނާ ތިބުމަކީ ކުރަންޖެހޭ ކަމެއް, މިއީ މި ހާލަތާ ގުޅޭ ގޮތަށް އިގްތިސޯދީ ސިޔާސަތަށް ބަދަލުގެންނަން ޖެހޭ ވަގުތު," ރައީސް ވިދާޅުވި އެވެ.

"ސަރުކާރުންދޭ ތެލުގެ ސަބްސިޑީ އެންމެ ބޭނުންޖެހިފައިވާ ރައްޔިތުންނަށް ލިބޭނެ ގޮތަށް ސަބްސިޑީގެ ސިޔާސަތު ބަދަލު ކުރުން މުހިއްމުކަމުގައި އަޅުގަނޑު ދެކެން,"

އެ ބަދަލު ތަފްސީލުކޮށް, ތަންޒީމުކޮށް، ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ވިދާޅުވެ ރައީސް ފާހަގަ ކުރެއްވީ އެއީ ދުޅަހެޔޮ އިގްތިސޯދީ އޮމާން ދުވެލީގެ، ދެމެހެއްޓެނިވި މަގަށް ރާއްޖެ ވާސިލުވުމަށް މިވަގުތު ކޮންމެހެން އުފުލަން ޖެހޭ ބުރައެއް ކަމަށެވެ.

ނަމަވެސް, އޭގެ ތަފްސީލް ރައީސް މިއަދު ހާމައެއް ނުކުރައްވަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ އެންމެ ބޮޑު ޒިންމާއަކީ އެހިނދަކު ދުނިޔެއަށް ކުރިމަތިވާ ކޮންމެ ކޮޅިގަނޑަކުން ސަލާމަތްވެ ރައްޔިތުންނައިގެން އަމާން ބަނދަރަކަށް ވަދެވޭނެ މިސްރާބަށް ދީލާލުމެވެ. ރައްޔިތުންނަށް ވީ ވައުދުތައް ފުއްދަމުން، މާ އުފާފާގަތި މާދަމާއެއް ހޯދުމަށް، ސަރުކާރުން އަބަދަވެސް މަސައްކަތް ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox