ސަރުކާރުން ހިންގަނީ ރާއްޖޭގެ މިނިވަންކަމަށް ފަހި، ލާބަ ލިބޭ ހާރިޖީ ސިޔާސަތެއް ކަމަށް ރައީސް ވިދާޅުވެއްޖެ

މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތަށް ވަޑައިގެން ތިއްބެވި ބޭރު ގައުމުތަކުގެ ސަފީރުންނާ ރައީސް ސޯލިހް ބައްދަލު ކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް

މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތަށް ވަޑައިގެން ތިއްބެވި ބޭރު ގައުމުތަކުގެ ސަފީރުންނާ ރައީސް ސޯލިހް ބައްދަލު ކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގެ މިނިވަންކަމަށް ގައުމުގެ ހާރިޖީ ސިޔާސަތުގެ ދައުރު މުހިންމު ކަމަށާއި ސަރުކާރުން ގެންގުޅެނީ ގައުމުގެ މިނިވަންކަމަށް ފަހި، އެކަމަށް ލާބަލިބޭނެ ހާރިޖީ ސިޔާސަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ 57 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ "މި ސަރުކާރުގެ ކޮންމެ ސިޔާސަތަކީ" ވެސް ރާއްޖޭގެ މިނިވަންކަމާއި ތަރައްގީ އާއި ކުރިއެރުމަށް ލާބަހުރި، ފަހި ސިޔާސަތުތަކެއް ކަމަށެވެ.

"ދިވެހި ދައުލަތް އޭގެ ކީރިތިކަމާ، މޫރިތި ކަމާއެކު ހިނގަމުން މިދަނީ، އަބަދުމެ ފުރިހަމަ މިނިވަންކަމާއެކު," ރައީސް ވިދާޅުވި އެވެ.

ސަރުކާރުގެ ހުރިހާ ސިޔާސަތަކުން ވެސް މިނިވަންކަމަށް ފަހިވާނެ ކަމަށް ރައީސް މި ވިދާޅުވީ، ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ ސަބަބުން އަވައްޓެރި އިންޑިއާއަށް ބާރުތަކެއް ލިބި، ގައުމުގެ މިނިވަންކަން ގެއްލިދާނެ ކަމަށް ބުނެ އިދިކޮޅުން ފާޑުކިޔަމުންދާ ދަނޑިވަޅެއްގަ އެވެ.

ސަރުކާރުގެ ހާރިޖީ ސިޔާސަތާ ގުޅޭ ގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ގެންގުޅުއްވާ ސިޔާސަތުގެ ސަބަބުން މިހާރު ބޭރު ދުނިޔޭގައި ރާއްޖެ ބަލައިގަނެފި ކަމަށެވެ.

"މިސަރުކާރުގެ ހާރިޖީ ސިޔާސަތަކީ، ދުނިޔެ ބަލައިގެންފައިވާ ތިލަފަތްހަމަ، ހަރުދަނާ ސިޔާސަތެއް. ގައުމުތަކާއެކު އޮންނަ ގުޅުންތައް، މިހާރު ބަދަހި. ބައިނަލްއަގްވާމީ މަސްރަހުގައި ރާއްޖެ އަދާކުރާ ދައުރު، މިކަންކަމަށް ހެކިވެދޭ،" ރައީސް ވިދާޅުވި އެވެ.

މިނިވަން ދުވަހުގެ ހިތާބު ދެއްވަމުން އޭގެ އިތުރަށް ރައީސް ސޯލިހު ވިދާޅުވީ "ދިވެހިރާއްޖެ، ރާއްޖޭގެ ގޮތުގައި ފުރާފުރިހަމަވި ސަބަބަކީ މުސްލިމް ދިވެހި ރައްޔިތުން" ކަމަށާއި މިނިވަންކަން އަސްލަކީ ވެސް އިސްލާމް ދީން ކަމަށެވެ.

"ދިވެހިރާއްޖޭގެ މިނިވަންކަމާ، ސިޔާދަތާ، އިސްތިގްލާލް އެކީ، އެއްމާރަކުން ބަނދެވިގެންވާ، ހަގީގީ ސިއްރަކީ މާތްވެގެންވާ އިސްލާމްދީން. އެދީނުގެ ރިސާލަތާ، ހިދާޔަތުން ދިވެހި އުންމަތް އެކުއެކީ، އަލިވެ އުޖާލާވެގެން ދިއުމަކީ ދެދުނިޔޭގައި ވެސް ރާއްޖެއަށް ލިބޭނެ އެންމެ ބޮޑު ނަސީބާ ރަހްމަތް،" ރައީސް ސޯލިހު ވިދާޅުވި އެވެ. "ދުނިޔޭގެ އަރި، ހުރަހަށް ހިނގާ ތަފާތު ފިކުރީ އޮއިވަރުން ނެއްޓި، މިނިވަން ގައުމެއްގެ ގޮތުގައި ދެމިއޮތުން އަބަދުވެސް އަޅުގަނޑުމެންނަށް ލާޒިމް."

ރައީސް ވިދާޅުވީ އެމަނިކުފާނުގެ އެންމެ އިސް ވާޖިބަކީ "މިގައުމުގެ އަމިއްލަ ވެރިކަމާ މިނިވަންކަން" ދެމެހެއްޓުން ކަމަށާއި ރައްޔިތުންގެ ސަލަމާތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސިފައިންނާއި ފުލުހުން "ރެޔާ ދުވާލު، ކެނޑިނޭޅި" މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އެ ބޭފުޅުންގެ މުގައްދަސް ގައުމީ ވާޖިބު އަދާކުރެއްވުމުގާ، ހިމަ ނަރެއްގެ ޖާގަ ދެއްވުމަށް ވެސް، ތައްޔާރެއް ނޫން. އަދި އެންމެ އެސްފިޔައެއް ޖަހާލާނެހާ ވަގުތު ކޮޅެއް ވެސް، އެބޭފުޅުން އިސްރާފެއް ނުކުރައްވާ. ނަތީޖާއަކީ، އެއިރު ވެސް، މިހާރު ވެސް އަދި އިރާދަކުރެއްވިއްޔާ ތާއަބަދަށް ވެސް، މިނިވަން ދިވެހިރާއްޖެ، މިނިވަންކަމުގައި ދެމިއޮތުން،" އެމަނިކުފާނު ވިދާޅުވި އެވެ.

މިއަދު ގައުމާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން ޔޫރަޕުގައި މިހާރު ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން ތެލަށް ބާރުބޮޑުވެ، ސަރުކާރުގެ ހަރަދުބަރަދު ކުޑަކުރަންޖެހިފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ކޮވިޑް-19 ގެ ކުރިން އޮތް ހިސާބަށް އިގްތިސާދު މިއަހަރު ނިމޭއިރު ގެންދެވޭނެ ކަމަށާއި ނަމަވެސް "ކާމިޔާބީގެ ހެޔޮ އަސަރު، އެންމެ ރަނގަޅަށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް، ހުރަސްތަކެއް އެބަހުރި" ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox