ގޮދަނުގެ އެކްސްޕޯޓަށް ފުރުސަތު ދޭން އެއްބަސްވި ނަމަވެސް ހަމަލާ ދީފި

ޔޫކްރެއިންގެ ސަރަހައްދަކަށް ހަމަލާދީފައި: އޮޑެއްސާ ބަަނދަރަށް ހަމަލާ ދިނީ އެއްބަސްވުމުގައި ސޮއިކުރިތާ މާ ގިނައިރުތަކެއް ނުވަނީސް. -- ފޮޓޯ: އެންބީސީ

ޔޫކްރެއިންގެ ސަރަހައްދަކަށް ހަމަލާދީފައި: އޮޑެއްސާ ބަަނދަރަށް ހަމަލާ ދިނީ އެއްބަސްވުމުގައި ސޮއިކުރިތާ މާ ގިނައިރުތަކެއް ނުވަނީސް. -- ފޮޓޯ: އެންބީސީ

ޔޫކްރެއިންގައި ތާށިވެފައި ހުރި ގޮދަން އެކްސްޕޯޓް ކުރެވޭނެ ގޮތެއް މަގުފަހި ކުރުމަށް ޔޫކްރެއިނާއި ރަޝިއާއިން އެއްބަސްވުމުގައި ސޮއިކުރިތާ އެއް ދުވަަސް ވެސް ނުވަނީސް އޮޑެއްސާ ބަނދަރަށް ހަމަލާތަކެއް ދީފި އެވެ.

ޔޫކްރެއިން ސިފައިން ބުނީ ހޮނިހިރު ދުވަހު އޮޑެއްސާ ސިޓީއަށް ދެ މިސައިލް ހަމަލާ އަމާޒުވި ކަމަށެވެ.

ހުކުރު ދުވަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން، ރަޝިއާއިން ބުނީ ގޮދަނުގެ ޝިޕްމަންޓް އެކްސްޕޯޓް ކުރުމުގެ މަސައްކަތް ކުރިއަށްދާ އިރު ބަނދަރުތަކަށް އަމާޒު ނުކުރާނެ ކަމަށެވެ.

Advertisement

ތުރުކީގެ ޑިފެންސް މިނިސްޓަރު، ރަޝިއާގެ އޮފިޝަލުންނާ ހަވާލަދީ ވިދާޅުވީ އޮޑެއްސާއަށް ދިން ހަމަލާތަކުގެ ފަހަތުގައި އޮތީ ރަޝިއާ ނޫން ކަމަށެވެ.

އީޔޫގެ ފޮރިން އެފެއާޒް ޗީފް ޖޯސެޕް ބޮރެލް ވިދާޅުވީ އެ ހަމަލާތަަކުން އެނގެނީ ބައިނަލްއަގްވާމީ ގާނޫނަށް ރަޝިއާއިން އެއްވެސް ވަރަކަށް އިހްތިރާމް ނުކުރާކަން ކަމަށެވެ.

އދ. ގެ ސެކެޓްރީ ޖެނެރަަލް އެންޓޯނިއޯ ގުޓެރޭޒް ހަމަލާ ކުށްވެރި ކުރައްވައި ވިދާޅުވީ ގޮދަން އެކްސްޕޯޓް ކުރުމާ ގުޅޭ އެއްބަސްވުން ތަންފީޒު ކުރުން ކޮންމެހެން ވެސް މުހިއްމު ކަމަށެވެ.

ރަޝިއާއިން މިދިޔަ ފެބްރުއަރީ މަހު ޔޫކްރެއިންގައި ހަަނގުރާމަ ފެށުމުން، ޔޫކްރެއިންގެ ބަނދަރުތަކުން ގޮދަން އެކްސްޕޯޓް ކުރުން މެދުކެނޑި، އެތައް މިލިއަން ޓަނެއް ސަޕްލައި ތާށިވި އެވެ.

އޭގެ ސަބަބުން އެތައް މިލިއަން ބަޔަކު ބަނޑުހައި ހޫނު ކަމަށް ވެއްޓި، ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގު އުފުލެން ފެށުމުގެ މައްސަލަ އޮތީ ކުރިމަތިވެފަ އެވެ.

އެ މައްސަލަަ ހައްލު ކުރުމަށް ގޮދަން އެކްސްޕޯޓް ކުރުމާ ގުޅޭ އެއްބަސްވުމަކާ ހަމައަށް ދިޔުމަށް ދެ މަސް ވަންދެން މަޝްވަރާ ކުރި އެވެ. އެއްބަސްވުމަށް އަމަލު ކުރަމުން ދާނީ 120 ދުވަހުގެ މުއްދަތަކަށެވެ. ދެ ފަރާތުން އެއްބަސްވެއްޖެ ނަމަ މުއްދަތު އިތުރު ކުރެވޭނެ އެވެ.

ތުރުކީގެ އިސްތަންބޫލުގައި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާަތުގައި ދެ ގައުމުން ބައިވެރިވި އެވެ. ނަމަވެސް, ދެ ގައުމުގެ އޮފިޝަލުން އެއް މޭޒެއް ކައިރީގައި ތިބެން ވެސް ދެކޮޅު ހެދި އެވެ.

ރަޝިއާއާ އެކު ސީދާ އެއްބަސްވުމެއްގައި ސޮއިކުރަން ވެސް ޔޫކްރެއިނުން ދެކޮޅު ހެދި އެވެ. އެހެންވެ، ދެ ގައުމުން ސޮއިކުރީ ވަކި ދެ އެއްބަސްވުމުގަ އެވެ. ޔޫކްރެއިނުން ބުނީ އެއްބަސްވި ކަންކަމާ ހިލާފުވެއްޖެ ނަމަ ވަގުތުން އަސްކަރީ ރައްދެއް ދޭނެ ކަމަށެވެ.

ޔޫކްރެއިންގެ ގޮދަން އެކްސްޕޯޓް ކުރާ ގޮތް ބެލުމަށް އިސްތަންބޫލްގައި ކޯޑިނޭޝަން އަދި މޮނިޓަރިން ސެންޓަރެއް ހުޅުވާނެ އެވެ. އެ ތަނުގައި މަސައްކަތް ކުރާނީ އދ.، ތުރުކީ، ރަޝިއާ އަދި ޔޫކްރެއިންގެ އޮފިޝަލުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox