ރަޝިއާ-ޔޫކްރެއިންގެ ގޮދަން އެކްސްޕޯޓް ކުރުމާ ގުޅޭ އެއްބަސްވުމެއް

ރަޝިއާ އާއި ޔޫކްރެއިނުން އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު: އެއްބަސްވުމުގެ ދަށުން ޔޫކްރެއިންގައި ތާށިވެފައި ހުރި ގޮދަން އެކްސްޕޯޓް ކުރެވޭނެ. -- ފޮޓޯ: އޭއޭ

ރަޝިއާ އާއި ޔޫކްރެއިނުން އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު: އެއްބަސްވުމުގެ ދަށުން ޔޫކްރެއިންގައި ތާށިވެފައި ހުރި ގޮދަން އެކްސްޕޯޓް ކުރެވޭނެ. -- ފޮޓޯ: އޭއޭ

ޔޫކްރެއިންގައި ތާށިވެފައި ހުރި ގޮދަނުގެ ޝިޕްމަންޓް ބްލެކް ސީ ރޫޓުން އެކްސްޕޯޓް ކުރުމަަށް މަގުފަހިވާ އެއްބަސްވުމެއްގައި ރަޝިއާ އާއި ޔޫކްރެއިނުން ސޮއިކޮށްފި އެވެ.

ރަޝިއާއިން މިދިޔަ ފެބްރުއަރީ މަހު ޔޫކްރެއިންގައި ހަަނގުރާމަ ފެށުމުން، ޔޫކްރެއިންގެ ބަނދަރުތަކުން ގޮދަން އެކްސްޕޯޓް ކުރުން މެދުކެނޑި، އެތައް މިލިއަން ޓަނެއް ސަޕްލައި ތާށިވި އެވެ.

އޭގެ ސަބަބުން އެތައް މިލިއަން ބަޔަކު ބަނޑުހައި ހޫނު ކަމަށް ވެއްޓި، ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގު އުފުލެން ފެށުމުގެ މައްސަލަ އޮތީ ކުރިމަތިވެފަ އެވެ.

އެހެން ނަމަވެސް ރަޝިއާއާ އެކު ސީދާ އެއްބަސްވުމެއްގައި ސޮއިކުރަން ޔޫކްރެއިނުން ދެކޮޅު ހެދި އެވެ. ޔޫކްރެއިނުން ބުނީ އެއްބަސްވި ކަންކަމާ ހިލާފުވެއްޖެ ނަމަ ވަގުތުން އަސްކަރީ ރައްދެއް ދޭނެ ކަމަށެވެ.

ތުރުކީގެ އިސްތަންބޫލުގައި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާަތުގައި ދެ ގައުމުން ބައިވެރިވި އެވެ. ނަމަވެސް, ދެ ގައުމުގެ އޮފިޝަލުން އެއް މޭޒެއް ކައިރީގައި ތިބެން ވެސް ދެކޮޅު ހެދި އެވެ.

titledesc

ގޮދަން އެކްސްޕޯޓް ކުރުމާ ގުޅޭ ވަކި ދެ އެއްބަސްވުމުގައި ދެ ގައުމުން ސޮއި ކުރި އިރު، ރަޝިއާގެ އެއްބަަސްވުމުގައި ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރު ސާގެއި ޝޮއިގޫ އެވެ. އަދި ޔޫކްރެއިން އެއްބަސްވުމުގައި ސޮއިކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު އޮލެކްސެންޑަރް ކުބްރަކޯވް އެވެ.

އެއްބަސްވުމަކާ ހަމައަށް އާދެވުނީ ދެ މަސް ވަންދެން ކުރި މަޝްވަރާއަށް ފަހު އެވެ. އެއްބަސްވުމަށް އަމަލު ކުރަމުން ދާނީ 120 ދުވަހުގެ މުއްދަތަކަށެވެ. ދެ ފަރާތުން އެއްބަސްވެއްޖެ ނަމަ މުއްދަތު އިތުރު ކުރެވޭނެ އެވެ.

ޔޫކްރެއިންގެ ގޮދަން އެކްސްޕޯޓް ކުރާ ގޮތް ބެލުމަށް އިސްތަންބޫލްގައި ކޯޑިނޭޝަން އަދި މޮނިޓަރިން ސެންޓަރެއް ހުޅުވާނެ އެވެ. އެ ތަނުގައި މަސައްކަތް ކުރާނީ އދ.، ތުރުކީ، ރަޝިއާ އަދި ޔޫކްރެއިންގެ އޮފިޝަލުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox