މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ އޮގަސްޓް އިންޓޭކަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
އޯގަސްޓް އިންޓޭކަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކަށް މީގެ ކުރިން ކަނޑައަޅާފައި ވަނީ މި މަހުގެ 28ގެ ނިޔަލަށެވެ. ނަމަވެސް މިހާރު ވަނީ މި މަހުގެ 31 ވަނަ ދުވަހުގެ 2:00އަށް މުއްދަތު އިތުރު ކޮށްފަ އެވެ.
އެމްއެންޔޫން ބުނީ އޮގަސްޓް އިންޓޭކަށް އެ ޔުނިވާސިޓީގެ ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނެ ކަމަށެވެ.
އަދި މި އަހަރު އޯލެވެލް ހަދާ ދަރިވަރުންނަށް ފައިނަލް ނަތީޖާ ނުލިބުނަސް ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުން ކޮންޑިޝަނަލް އޮފާއާ އެކު ޖާގަ ކަށަވަރު ވާނެ ކަމަށް ވެސް އެމްއެންޔޫން ބުންޏެވެ.
އޮގަސްޓް އިންޓޭކް 10 ފެކަލްޓީއަކުން 89 ކޯސް ފަށާނެ އެވެ.

ކިޔެވުން ފަށާނީ އޮގަސްޓް 14ގަ އެވެ. ކޯހަށް އެދި ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި ޖަވާބު ލިބޭނެ ކަމަށާއި މެރިޓް އުސޫލުން ދޭ ކޯސްތަކަށް ކުރިމަތިލާ ފަރާތްތަކަށް ޖަވާބު ދޭނީ މި މަހުގެ 28 ފަހުން 14 ދުވަހުގެ ތެރޭގައި ކަމަށް އެމްއެންޔޫއިން ބުންޏެވެ.











