ޝާހިދު، ރައިގާ ގައި ހުންނަ ޔޫކްރޭންގެ ސަޕޯޓް ސެންޓަރަށް ޒިޔާރަތް ކުރައްވައިފި

ޝަހިދު، ޔޫކްރޭންގެ ސަޕޯޓު ސެންޓަރަކަށް ކުރި ޒިޔާރަތުގައި އެ ތަނުގައި މަސައްކަތް ކުރާ މީހުންނާ ވާހަކަ ދައްކަވަނީ--

ޝަހިދު، ޔޫކްރޭންގެ ސަޕޯޓު ސެންޓަރަކަށް ކުރި ޒިޔާރަތުގައި އެ ތަނުގައި މަސައްކަތް ކުރާ މީހުންނާ ވާހަކަ ދައްކަވަނީ--

ޔޫކަރެއިންގެ ރައިގާ ގައި ހުންނަ ޔޫކްރޭނިއަން ސަޕޯޓް ސެންޓަރަށް, އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޒިޔާރަތް ކުރައްވައިފި އެވެ.

ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން މިހާތަނަށް

ޝާހިދު ކުރެއްވި ޓްވީޓެއްގައި ވަނީ ހަނގުރާމާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވަމުންދާ ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތް ފާހަގަކޮށް އެ ފަރާތްތަކަށް ހިއްވަރު ދެއްވާފަ އެވެ.

އެ ސެންޓަރުން ދޭ ހިދުމަތްތަކުގެ ތެރޭގައި ޔޫކްރޭންގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ހާލުގައި ޖެހޭ މީހުންނަށް އެކި ކަހަލަ އެހީ ފޯރުކޮށްދިނުމާއި މައުލޫމާތާއި ހޭލުންތެރިކަން އިތުރުކޮށްދިނުން ހިމެނެ އެވެ.

ރަޝިޔާއިން ފެބުރުއަރީ 24 ގައި ޔޫކްރެއިނަށް އަރައި ފަށާފައިވާ މި ހަނގުރާމައަކީ، 1991 ވަނަ އަހަރު ކުރީގެ ރޫސީ ވިލާތް ރޫޅުމުން މޮސްކޯގެ އަތްދަށުން މިނިވަންވި ގައުމުތައް އަލުން ހިފުމުގެ މަގުސަދުގައި ފަށާފައިވާ ހަނގުރާމައެއްގެ ގޮތުގައި ޔޫކްރެއިނުގެ އިތުރުން ހުޅަނގުގެ ގައުމުތަކުން ވެސް ދެކެ އެވެ.

ހަނގުރާމައިގައި ރަޝިއާއަށް ފުރަތަމަ ކޮޅު މާބޮޑު ކުރިއެރުމެއް ނުލިބުނު ނަމަވެސް ފަހުން އިރުމަތީ ޔުކްރެއިންގެ ބޮޑުބައެއް ރަޝިއާއިން ވަނީ ހިފައިފަ އެވެ. އަދި ޔުކްރެއިންގެ ރައްޔިތުންނަށް ރަޝިއާގެ ރައްޔިތުކަން ވެސް ވަނީ ދޭން ފަށައިފަ އެވެ.

ޔޫކެރޭންގެ ހަނގުރާމައިގައި މިދިޔަ މަހުގެ ނިޔަލަށް 4000 އަށްވުރެ ގިނަ އާންމުން މަރުވެފައިވާއިރު 6000 އަށްވުރެ ގިނަ މީހުންނަށް އަންނަނީ ފަރުވާދެމުން ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox