40 އަހަރުގެ އިބްރަހިމޮވިޗް މިލާނުގައި މަޑުކޮށްފި: ރެކޯޑްތަކެއްގެ އަމާޒެއް!

Jul 20, 2022, 2:21 AM
40 އަހަރުގެ އިބްރަހިމޮވިޗް މިލާނުގައި މަޑުކޮށްފި: ރެކޯޑްތަކެއްގެ އަމާޒެއް!

މިލާން (ޖުލައި 20) - އިޓަލީގެ ޗެމްޕިއަން، އޭސީ މިލާނަށް ކުޅެމުންދާ އުމުރުން 40 އަހަރުގެ ފޯވަޑް، ޒްލަޓާން އިބްރަހިމޮވިޗްގެ ކޮންޓުރެކްޓް އެ ކްލަބުން އިތުރު އެއް އަހަރަށް އާ ކުރުމާ އެކު އޭނާ އަށް ރެކޯޑްތަކެއްގެ ފުރުސަތު ފަހިވެއްޖެ އެވެ.

މިލާނުން އިބްރަހިމޮވިޗްގެ ކޮންޓުރެކްޓް އާކުރިއިރު، އަންނަ އޮކްޓޯބަރު މަހު އޭނާގެ އުމުރުން 41 އަހަރު ފުރޭނެ އެވެ. ގިނަ އަހަރުތަކަށް ފަހު މިލާމުން މިދިޔަ ސީޒަންގައި އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދިއިރު، އިބްރަހިމޮވިޗް ވަނީ ލީގުގައި އަށް ލަނޑު ޖަހައިފަ އެވެ.

މިދިޔަ ސީޒަން އިބްރަހިމޮވިޗް ނިންމާލީ، ކަކުލަށް ލިބިފައިވާ އަނިޔާއަކާ އެކު އެވެ. ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން، އިހުސާސްވި ތަދާހެދި "ހަ މަސް ދުވަހުގެ ތެރޭގައި ރަނގަޅަށް ނުނިދޭ" ކަމަށް އޭނާ ބުނެފައިވެ އެެވެ. ސީޒަން ނިންމާލުމަށް ފަހު އޭނާ ވަނީ ކަކުލުގެ އޮޕަރޭޝަންްކޮށްފަ އެވެ. މި އޮޕަރޭޝަނަށް ފަހު، އިބްރަހިމޮވިޗަށް އަލުން ދަނޑަށް ނުކުމެވޭނީ އަށް މަސް ދުވަސް ފަހުންނެވެ. މާނަ އަކީ އަންނަ އަހަރުގެ ކުރީކޮޅުގަ އެވެ.

ޔުވެންޓަސް، އިންޓަ މިލާން، ޕީއެސްޖީ، ބާސެލޯނާ އަދި މެންޗެސްޓާ ޔުނައިޓަޑަށް ކުރިން ކުޅުނު އިބްރަހިމޮވިޗް މިލާނަށް އެނބުރި އައީ 2020 ވަނަ އަހަރެވެ. އިބްރަހިމޮވިޗް އެންމެ ފުރަތަމަ މިލާނާ ގުޅުނީ 2010 ވަނަ އަހަރު ގުޅުނީ ބާސެލޯނާ އިން ލޯނު އެއްބަސްވުމެއްގެ ގޮތުގަ އެވެ. އެ ސީޒަންގެ ލީގު މިލާނަށް ކާމިޔާބުކޮށްދިނުމުގައި އިބްރަހިމޮވިޗް މުހިންމު ރޯލެއް އަދާކުރި އެވެ. އެކަމަކު ޖެހިގެން އައި ސީޒަންގައި އޭނާ ވަނީ މިލާން ދޫކޮށް، ޕީއެސްޖީ އަށް ބަދަލުވެފަ އެވެ.

އިބްރަހިމޮވިޗަށް ރެކޯޑްތަކެއް މުގުރާލުމުގެ ފުރުސަތުތަކެއް

މިލާނުގައި މަޑުކުރަން ނިންމުމާ އެކު އިބްރަހިމޮވިޗަށް ވަނީ އިޓަލީގެ ރެކޯޑްތަކެއް މުގުރާލުމުގެ ފުރުސަތު ފަހިވެފަ އެވެ.

އެ ގޮތުން، ކުޅުމަށް އެނބުރި އައިސް އިޓާލިއަން ލީގުގައި އިބްރަހިމޮވިޗް ގޯލު ޖަހައިފިނަމަ، އިޓަލީ ލީގުގައި ގޯލު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ރެކޯޑް އިބްރަހިމޮވިޗަށް ލިބޭނެ އެވެ. އެ ރެކޯޑް މި ވަގުތު އޮތީ 41 އަހަރާއި 25 ދުވަސް ފުރުނުއިރު، ގޯލު ޖެހި އަލެސަންދްރޯ ކޮސްޓަކާޓާ އާއި 40 އަހަރާއި 131 ދުވަސް ފުރުނުއިރު ގޯލު ޖެހި ސިލްވިއޯ ޕިއޯލާ އަތުގަ އެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި މިލާން ގޮސް، އެ ޓީމު ނޮކައުޓް ބުރަށް އެ ޓީމު ދާ ފަހުން އިބްރަހިމޮވިޗް މެޗެއް ކުޅެފިނަމަ، އޭނާ ވެގެންދާނީ އެ މުބާރާތުގައި އިޓަލީގެ ކްލަބަކަށް ކުޅޭ އެންމެ ދުވަސްވީ ކުޅުންތެރިޔާ އަށެވެ. މި ވަގުތު އެ ރެކޯޑް އޮތީ 40 އަހަރާއި 211 ދުވަސް ފުރުނުއިރު، މެޗެއް ކުުޅުނު ކޮސްޓަކާޓާ އަތުގަ އެވެ.

އިބްރަހިމޮވިޗް ކުރިއަށް އޮތް ޗެމްޕިއަންސް ލީގުގައި ގޯލެއް ޖަހައިފިނަމަ އޭނާ ވެގެންދާނީ މުބާރާތުގެ ތާރީހުގައި ގޯލެއް ޖެހި އިޓަލީގެ ކްލަބެއްގެ އެންމެ ދުވަސްވީ ކުޅުންތެރިޔާ އަށެވެ. އެ ރެކޯޑް މި ވަގުތު އޮތީ އުމުރުން 38 އަހަރާއި 59 ދުވަސް ފުރުނުއިރު، ސީއެސްކޭއޭ މޮސްކޯ ކޮޅަށް ގޯލު ޖެހި ރޯމާގެ ކުރީގެ ކެޕްޓަން ފްރެންޗެސްކޯ ޓޮޓީ އަތުގަ އެވެ.

މިލާނާ އެކު ކުރިއަށް އޮތް ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން އިބްރަހިމޮވިޗް ހޯދައިފިނަމަ އޭނާ ވެގެންދާނީ މުބާރާތް ކާމިޔާބުކުރާ އެންމެ ދުވަސްވީ ކުުޅުންތެރިޔާ އަށެެވެ. މި ވަގުތު އެ ރެކޯޑް އޮތީ މިލާނުގެ ޓެކްނިކަލް ޑިރެކްޓަރަކަށް ހުރި، ކުރީގެ ކެޕްޓަން ޕައޮލޯ މަލްޑީނީ އަތުގަ އެވެ. މަލްޑިނީ 2007 ވަނަ އަހަރު އެތަންސްގައި ކުޅުނު ޗެމްޕިއަންސް ލީގު ފައިނަލުން މޮޅުވެ، ތަށި އުފުލާލިއިރު، އުމުރަކީ 38 އަހަރާއި 311 ދުވަހެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox