ޕްރޯލެޕް ކޮމްޕިއުޓާސް އިން ގަންނަ ކޮންމެ ލެޕްޓޮޕަކާއެކު އުރީދޫ މޯލްޑިވްސްގެ ފަސޭހަ މިނީ ޑިވައިސްއަކާއެކު 240 ޖީބީ ހިލޭ ލިބޭ ގޮތަށް އުރީދޫ "ބެކް ޓު ސުކޫލް" ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި އޮފާގެ ދަށުން ގަންނަ ލެޕްޓޮޕާއެކު ހިލޭ ލިބޭ ފަސޭހަ މިނީ ޑިވައިސް މެދުވެރިކޮށް ރީޗާޖު ކުރާ ފުރަތަމަ 12 ފަހަރު، ކުރާ ކޮންމެ ރީޗާޖަކަށް 20 ޖީބީ ބޯނަސް ޑޭޓާ ވެސް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.
އެޗްޕީ އަދި އޭސަސް ގެ ފަހުގެ ލެޕްޓޮޕްތައް ހިމެނޭ ގޮތަށް އިއްޔެ މި ފެށި އޮފާގައި ޕްރޯލެޕުން ހަދިޔާ ކުރާ ހިލޭ ލެޕްޓޮޕް ކޭސް އެއްވެސް ލިބޭނެ އެވެ.
ކިޔެވުމާއި ކިޔަވާ ދިނުން ފަދަ ހިދުމަތްތައް ހޯދުމުގައި ޑިޖިޓަލް ޑިވައިސްތަކުގެ މުހިންމުކަން އިތުރުވެފައިވާކަން ފާހަގަކޮށް އުރީދޫން ބުނީ މި އޮފާގެ މަގުސަދަކީ ކިޔެވުން ކުރިއަށް ގެންދިއުމަށް ބޭނުންވާ ސާމާނު، ދަރިވަރުންނަށާއި ބެލެނިވެރިންނަށް ފަސޭހަކަމާއެކު ގަތުމުގެ ފުރުސަތު ހޯދައި ދިނުން ކަމަށެވެ.
"އަޅުގަނޑުމެން އާއްމުކޮށް ކަންކުރާ ގޮތްތަކަށް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައި. އަޅުގަނޑުމެންގެ މަސައްކަތުގެ މާހައުލުގައި ވެސް، ދަރިވަރުންގެ ކިޔެވުން އަދި އާންމު ދިރިއުޅުމުގެ ކަންކަންމުގައި ވެސް އިންޓަނެޓް ގެ ހިދުމަތް މިވަނީ މުހިންމުވެފައި. އަދުގެ ދުނިޔޭގައި، ދަރިވަރުންނަށާއި ޓީޗަރުންނަށްވެސް އިންޓަނެޓް މެދުވެރިކޮށް އެތަކެއް ތައުލީމީ ފުރުސަތުތަކެއް ފަހިވެގެންދޭ،" މި އޮފާއާ ގުޅިގެން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެން ނިޔާޒު ވިދާޅުވި އެވެ.
އޮންލައިންކޮށް ކިޔެވުމުގެ ކަންކަމަށް ބޭނުންވާ ތަކެތި ގަތުމަށް މި އޮފާއިން އިތުރު ލުއިތަކެއް ލިބިގެންދާނެ ކަމަށް ވެސް ނިޔާޒު ވިދާޅުވި އެވެ.










