މީހުންގެ ތެރޭގައި ކަސްރަތުކުރަން ލަދުގަންނަނީ ކީއްވެ؟

Jul 20, 2022, 1:19 AM
މީހުންގެ ތެރޭގައި ކަސްރަތުކުރަން ލަދުގަންނަނީ ކީއްވެ؟

ކޮވިޑްގެ ފުރަތަމަ ލޮކްޑައުންއާ އެކު މާ ގިނަ ތަނަކަށް ނުގޮސް ގޭގައި ހައެއްކަ މަސް ދުވަސް ހޭދަވި އިރު، ކުރިން ދުވަހަކު ނުވާ ވަރަށް ބަރުދަން އިތުރެވެ. 2021 ގެ އަޒުމަކަށް ހެދީ ދުޅަހެޔޮ 'ފިޓު' މީހަކަށް ވުމަށެވެ. އެކަމަކު ކަސްރަތުކުރަން ގެއިން ބޭރަށް ނިކުންނަން އޭރު ބިރުގަނެ އެވެ. ޖިމަށް ދާން ލަދުގަނެ އެވެ. މީހުން ބަލާނެއޭ ހިތަށް އަރާފަ އެވެ. ޖަޖުކުރާނެއޭ ހީވެފަ އެވެ.

ހީކުރެވުނީ، ޖިމަކަށް ގޮސްފިނަމަ ހަދަންވީ ކިހިނެއް ކަމެއް، ކުރަން ރަނގަޅު ކަސްރަތަކީ ކޮބައިކަމެއް ނޭނގޭނެއޭ އެވެ. އެ ހާލެއްގައި ދުރުގައި ބަލަން ހުންނަ މީހަކު މިއީ މޮޔައެކޭ ހީކޮށްފާނެ ކަމުގެ ހާސްކަމެވެ. ދުވާ ގޮތާއި ހެދުން އަޅާ ގޮތާ، މިހެން ގޮސް ހުރިހާ ކަމެއް ބޮލަށް ވަދެ، ކަސްރަތުކުރުމުގެ ހިޔާލު އަޔަސް ހާސްވެ ބޮލުތެރެ ފުރާލަ އެވެ.

އެކަމަކު ޖާގަ ނެތް ކުޑަ އެޕާޓްމަންޓް ތެރޭގައި ފަސޭހައިން ކަސްރަތުކުރެވޭނެ ގޮތް ނެތުމުން ބޭރަށް ދިއުން ނޫން ގޮތެއް ނެތިގެން އެންމެ ފަހުން މި ބިރަކުން އަރައިގަންނަން ބޭނުންވި އެވެ.

Advertisement

އެކަމަކު ފުރަތަމަ ފަހަރަށް ދުވަން މަގުމައްޗަށް ނިކުތުމުގެ ކުރިން އެކަމަށް ތައްޔާރުވެލީމެވެ.

ނޮއިޒް-ކެންސަލިން ހެޑްފޯނެއް

ކަސްރަތުކުރާއިރު އިވޭ ބޭކާރު އަޑުތަކާއި މީހުން ކުރާ ކަންކަމަށް ބެލި ފޯކަސް ގެއްލޭ ގޮތް އޭރު ވެ އެވެ. ނުބެހޭ ވާހަކައެއް ބަޔަކު ދެއްކިޔަސް، ހޭ އަޑު އިވުނަސް އެ ދިމާލަކަށް ފޯކަސް ގެންދެވެ އެވެ. ނޮއިޒް-ކެންސަލިން ނުވަތަ ވަށައިގެން މާހައުލުގައި ހުންނަ އަޑުތައް ކެންސަލްކުރާ ކަހަލަ ހެޑްފޯނެއް ބޭނުންކުރުމުން އެފަދަ އަޑުތަކަށް ދެވޭ ސަމާލުކަން މުޅިން ކަނޑުވާލެވެ އެވެ. އަދި ކަސްރަތުކުރާއިރު ގެންގުޅޭ ޕްލޭލިސްޓާއެކު މާ ބޮޑަށް އެކަނި ކަމުގެ އިހުސާސް ނުވެ ކަސްރަތުކުރަން ފަސޭހަވެ އެވެ.

ޔޫޓިއުބް އިން ކަސްރަތު ވީޑިއޯ

މިއީ ކޮންފިޑެންސް މައްސަލަ ހުންނަ ނަމަ ވަރަށް ބޮޑަށް އެހީތެރިވެދޭނެ ކަމެކެވެ. ޖިމަށް، ނުވަތަ މަގުމަތީގައި ދުވެ ނިންމާފައި ކަސްރަތު ކުރިޔަސް، ކުރީބައިގައި ކުރެވިދާނެ ކަސްރަތުތައް އެނގިފައި ހުރުމުން ހާސްކަން ވަރަށް ބޮޑަށް ކުޑަކޮށްދޭނެ އެވެ.

ޖިމަށް ދިއުމަށް ގަސްތުކުރާ ނަމަ، ޖިމް ގައި ހުންނަ މެޝިންތަކާއި ފްރީ-ވެއިޓްސް ފަދަ ތަކެތި ބޭނުންކުރާނެ ގޮތާއި އެތަކެތި ގެންގުޅޭ ގޮތް ބަލައި ފެނިދެނިވެލުމަކީ ވެސް ފުރަތަމަ ދުވަހުގެ ހާސްކަން ވަރަށް ބޮޑަށް ކުޑަކޮށްދޭނެ ކަމެކެވެ.

ކަސްރަތުކުރާނެ ގޮތުގެ ރޫޓިން އެއް

ގެއިން ބޭރަށް ކަސްރަތުކުރަން ނިކުންނަ އިރު ޕްލޭނެއް އޮތުމަކީ މުހިއްމު ކަމެކެވެ. ދުވަން ނިކުންނަ ނަމަ ދުވަން ބޭނުންވަނީ ކޮން ސަރަހައްދެއްގައި ކިހާ ވަރަކަށްތޯ އާއި ހިނގާނީ ކިހާ ވަރަކަށްތޯ ކަނޑައެޅިދާނެ އެވެ. އަދި ދުވުން ނިންމާފައި ކަސްރަތުކުރާނީ ކޮން ސްޕޮޓެއްގައިތޯ ކަނޑައެޅިދާނެ އެވެ.

ޖިމަށް ދާނަމަ، އެ ދުވަހެއްގައި ބޭނުންކުރާނީ ކޮން މެޝީންތަކެއް ކަން ނުވަތަ ކުރާނީ ކޮން ކަހަލަ ކަސްރަތުތަކެއްކަން ކޮން ތަރުތީބަކުން ކަން އަމިއްލައަށް އެނގިފައި އޮތުމުން ވެސް ހާސްކަން ކުޑަކޮށްދީ ލަދުގަތުން ކުޑަކުރެވިދާނެ އެވެ.

މީހުން މަދުވާ ގަޑިތަކުގައި ނިކުތުން

ވަރަށް ބޮޑަށް ޖެހިލުންވެ ލަދުގަންނަ މީހަކަށް، މީގެ މާނައަކީ، ފަތިހު 5:00 ގައި ހޭލައިގެން ކަސްރަތަށް ނިކުތުން ކަމަށް ވެސް ވެދާނެ އެވެ. މާލޭގައި ފަތިސް ގަޑީގައި ކަސްރަތަށް ނިކުންނަ މީހުން ވަރަށް މަދު ނުވެދާނެ އެވެ. އެކަމަކު އެ ގަޑީގައި މަގުމައްޗަށް ނިކުންނާނީ ކަސްރަތުގެ އަހުލާގު ވަރަށް ބޮޑާށް ހިފަހައްޓާ، ސީދާ އެކަމަށް ނިކުންނަ މީހުންނެވެ. އާންމު ތަންތަނުގައި އެ ގަޑީގައި އެހެނިހެން ކަންކަން ކުރަން ނިކުމެއުޅޭ މީހުން ނުފެންނާނެ އެވެ. ކަސްރަތުކުރަން އެންމެ އަރާމު ވަގުތަކަށް ފަތިސް ވަގުތު ވަނީވެސް މިހެންވެގެންނެވެ.

ތަފާތު ސަބަބުތަކާހެދި މީހުންގެ ތެރޭގައި ކަސްރަތުކުރަން މީހަކު ލަދުން އުޅެފާނެ އެވެ. އެއީ މައްސަލައެއް ވެސް ނޫނެވެ. އެކަމަކު އެ ލަދަށްވުރެ ހަށިގަނޑާއި ހަށީގެ ދުޅަހެޔޮކަން މުހިއްމުވާން ވާނެ އެވެ. ގެއިން ބޭރުގައި ކަސްރަތުކުރަން ޖެހިލުންވެ، ނުވަތަ ލަދުގަނެ ހާސްވާނަމަ މަތީގައި މި ބުނިހެން ކުރެވިދާނެ ބައެއް ކަންކަން ހުންނާނެ އެވެ. މިފަދަ ގޮތަކަށް މަސައްކަތް ކުރުމުން އަންނަ ބަދަލު ފާހަގަކުރެވިދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

Newsletter

Get the latest news delivered straight to your inbox