ގޮތަބަޔާގެ އިސްތިއުފާ ރަސްމީކޮށް އިއުލާންކޮށްފި، އާ ރައީސްއަކު ހޮވުމުގެ މަރުހަލާ ފަށަނީ

Jul 15, 2022, 5:13 AM
ގޮތަބަޔާ --

ގޮތަބަޔާ --

ސްރީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ އިސްތިއުފާ އެ ގައުމުގެ މަޖިލީހުގެ ރައީސް މަހިންދަޔަޕާ އަބޭވަރްދަނާ ރަސްމީކޮށް އިއުލާން ކުރައްވައިފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަހިންދަޔަޕާ ވިދާޅުވި ގޮތުގައި ގޮތަބަޔާ ވަނީ ގާނޫނީ ހަމަތަކުގެ މަތިން އިއްޔެއިން ފެށިގެން ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އަދި, އޭނާގެ އެ އިސްތިއުފާ ގަބޫލުކުރައްވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ގޮތަބަޔާ އިސްތިއުފާ ދެއްވާފައިވުމާއެކު, ވަގުތީ ގޮތުން ރައީސް ކަމާ ހަވާލުވެވަޑައިގަންނަވަނީ ބޮޑު ވަޒީރު ރަނިލް ވިކެރަމަސިންހާ އެވެ. އިސްތިއުފާ ދެއްވުމުގެ ކުރިން ލަންކާއިން ރާއްޖެއަށް ސިއްރިއްޔާތުގައި ވަޑައިގެން ރައީސްގެ މަސްއޫލިއްޔަތު ވެސް ގޮތަބަޔާ, ރަނިލްއާ ހަވާލު ކުރެއްވި އެވެ.

ލަންކާގެ ގާނޫނުއަސާސީ އޮންނަ ގޮތުން, ރައީސްއަކު ދައުރުގެ މެދު ތެރޭން އިސްތިއުފާ ދެއްވައިފިނަމަ, ދެން ރައީސްއަކު އިންތިހާބު ކުރަން ޖެހޭނީ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ތެރޭންނެވެ. އެކަން ފެށުމުގެ ގޮތުން ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާއެއް މާދަމާއަށް ވަނީ ތާވަލުކޮށްފަ އެވެ.

މަޖިލީހުގެ ރައީސް ވިދާޅުވި ގޮތުގައި, ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭ ރައީސްއަކު ހޮވުމުގެ ކަންކަން ނިމިގެން ދާނެ އެވެ.

ލަންކާގެ ސިޔާސީ ލީޑަރުން އެއްބަސްވެފައިވަނީ, އަދި ރައްޔިތުންގެ ޑިމާންޑަކީ ވެސް އެއްބައިވަންތަ ކަމުގެ ސަރުކާރެއް ގާއިމްކުރުމެވެ. އެކަމަށްޓަކައި ރަނިލްގެ އިސްތިއުފާއަށް ވެސް ރައްޔިތުން އަންނަނީ ޑިމާންޑް ކުރަމުންނެވެ. ނަމަވެސް, އިސްތިއުފާ ދެއްވާނެ ކަމުގެ އިޝާރާތެއް ރަނިލް އަދި ނުކުރައްވަ އެވެ.

މިވަގުތު ސިންގަޕޫރުގައި ހުންނެވި ގޮތަބަޔާ އިސްތިއުފާ ދެއްވާފައި މި ވަނީ ބުދަ ދުވަހުގެ މެންދުރު އިސްތިއުފާ ދެއްވާނެ ކަމަށް ކުރިން ވިދާޅުވެފައި އޮއްވަ އެވެ. އަދި ފަހުން ރާއްޖޭގައި ހުންނަވައި ގާނޫނު ހަދާ މަޖިލީހުގެ ރައީސަށް ގުޅުއްވައި ރޭ ދަންވަރު 12:00 ޖެހުމުގެ ކުރިން އިސްތިއުފާ ދެއްވާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ގޮތަބަޔާ އިސްތިއުފާ ދެއްވާފައި މި ވަނީ އަންގާރަ ދުވަހުގެ ދަންވަރު 2:50 ގައި ލަންކާ އެއާފޯސްގެ އަސްކަރީ އުޅަނދެއްގައި ރާއްޖެ ވަޑައިގެން 32 ގަޑިއިރު ރާއްޖޭގައި ހޭދަ ކުރެއްވުމަށްފަހު ސިންގަޕޫރަށް ވަޑައިގެންނެވިތާ މާ ގިނަ އިރުތަކެއް ނުވަނީހެވެ.

ގޮތަބަޔާ އިސްތިއުފާ ދެއްވިތާ ކުޑަ ވަގުތުކޮޅެއް ފަހުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ލަންކާގެ ރައީސް އެ ގައުމުގައި ތާށިވެ، ފުރާނަފުޅަށް ގެއްލުންވާނެ ކަމަށް ބެލެވޭ ހާލަތެއްގައި ހުންނެވި ނަމަ އަދިވެސް އިސްތިއުފާ ނުދެއްވީސް ކަމަށެވެ.

"[މިކަމުގައި] ދިވެހި ސަރުކާރުން ވިސްނުންތެރިކަމާއެކު އެޅި ފިޔަވަޅުތަކަށް އަޅުގަނޑު ސާބަސް ދެން. އަޅުގަނޑުގެ ހެޔޮ ދުއާ ސްރީ ލަންކާގެ ރައްޔިތުންނަށް،" ނަޝީދު މިރޭ 7:06 ގައި އިނގިރޭސިން ލިޔުއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.

ގޮތަބަޔާ ރާއްޖެ ވަޑައިގެންނެވީ ލަންކާގެ ރައްޔިތުން އެމަނިކުފާނުގެ ގެކޮޅަށް ވަދެގަތުމުގެ ކުޑަ އިރުކޮޅެއް ކުރިން ފިއްލެވުމަށްފަހު އެވެ. އެންމެ ފުރަތަމަ އެމަނިކުފާނު މަސައްކަތް ކުރެއްވީ ޑުބާއީއަށް ވަޑައިގަތުމަށެވެ. ނަމަވެސް ވީއައިޕީން ވަޑައިގަތުމަށް ލަންކާގެ އިމިގްރޭޝަނުން ހުއްދަ ނުދިނުމުން، އަސްކަރީ އުޅަނދެއްގައި ރާއްޖެ ވަޑައިގަތީ އެވެ.

އަނބިކަނބަލުންނާއި ދެ ބޮޑީގާޑުންނާއެކު ރާއްޖެ ވަޑައިގެންނެވި ދެ އިންޖީނުލީ އެންޓެނޮވް-32 މަރުކާގެ ބޯޓުގައި އެމަނިކުފާނު ރާއްޖެ ގެންނެވުމަށް ސްރީ ލަންކާގެ އެއާފޯސްއަށް އަމުރު ކުރެއްވީ ހުދު އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ރިޔާސީ ބާރުގެ ދަށުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox