14 މަސް ތެރޭ ތިއެމް އަށް ފުރަތަމަ މޮޅު

Jul 13, 2022, 7:09 AM
ތިއެމް ޓެނިސް މެޗެއްގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

ތިއެމް ޓެނިސް މެޗެއްގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

ސްޓޮކްހޯމް، ސްވިޑެން (ޖުލައި 13) - ސާދަ މަސް ތެރޭ ފުރަތަމަ ފަހަރަށް މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ޑޮމިނިކް ތިއެމް ރަސްމީ މެޗަކުން (އޭޓީޕީ ޓުއާގެ މެޗަކުން) މޮޅުވެއްޖެ އެވެ.

އޮސްޓްރިއާގެ ތިއެމް، 28، އަތުގެ ކުޑަހުޅަށް ލިބުނު ސީރިއަސް އަނިޔާއެއްގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުުރުގައި ހުރެފައި، ކުލުމަށް އެނބުރި އައީ މިދިޔަ މާޗް މަހު އެވެ. އަލުން ފަށައިގެން، ތިއެމް ފުރަތަމަ ނުކުތް ރަސްމީ މުބާރާތްތަކުގެ ހަތް މެޗުން ވީ ބައްޔެވެ.

އެކަމަކު، ސްވިޑެންގެ ބޯސްޓާ އޯޕަން މުބާރާތުގައި ތިއެމް ވަނީ އެންމެ ފަހުން ކުޅުނު މެޗުން ފިންލެންޑްގެ އެމީލް ރޫސުވިއޯރީ އަތުން މޮޅުވެފަ އެވެ. މެޗުގެ ސެޓުތައް ދިޔައީ 3-6 6-1 7-6 (7-5) އިންނެވެ.

ތިއެމް ބުނީ އަހަރަކަށް ވުރެ ގިނަ ދުވަހަށް ފަހު މެޗަކުން މޮޅުވުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށެވެ.

"އެންމެ ފަހުން އަހަރެން (ރަސްމީ މެޗަކުން) މޮޅުވީ 2021 ވަަނަ އަހަރު ރޯމްގައި، އެ ފަހުން ވަރަށް ދުވަސް ހިނގައިފި، މޮޅެއް ލިބުނީމަ ތަފާތު އިހުސާސެއް ކުރެވެނީ،" 2020 ވަނަ އަހަރުގެ ޔޫއެސް އޯޕަންގެ ޗެމްޕިއަންކަން ހޯދި ތިއެމް ބުންޏެވެ. "އަނިޔާގެ ދަތުރުގައި އަހަންނަށް ދިރިއުޅުމުގައި ވެސް ގިނަ ކަންތައްތައް ދަސްވި، މިހާރު ޓެނިހުގައި ކުރިއަށްދާނެ ހިތްވަރު މި ލިބުނީ މޮޅަކުން،"

ތިއެމް ވަނީ 2018 އާއި 2019 ވަަނަ އަހަރު ފްރެންޗް އޯޕަން ފައިނަލުގައި ރަފައެލް ނަޑާލް އަތުން ބަލިވެފަ އެވެ. އަދި 2020 ވަނަ އަހަރުގެ އޮސްޓްރޭލިއަން އޯޕަންގެ ފައިނަލުގައި ނޮވަކް ޖޮކޮވިޗް އަތުން ވެސް ތިއެމް އަށް ލިބުނީ ނާކާމިޔާބީ އެވެ.

ކެރިއަރުގައި ރަނގަޅު ފޯމެއްގައި ހުއްޓައި ތިއެމް އަށް އަނިޔާވީ މީގެ އަހަރަކަށް ވުރެ ކުރިން ސްޕެއިންގެ މަޔޯކާގަ އެވެ. އަނިޔާގައި ހުންނަން ޖެހުނު މުއްދަތުގެ ސަަބަބުން ޓެނިހުގެ ރޭންކިންގައި މި ވަގުތު ތިއެމް އޮތީ 339 ވަނައިގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox