ޖުލައި 20 ގައި ލަންކާއަށް އާ ރައީސަކު އިންތިހާބުކުރަނީ

ޖުލައި 20 ގައި ލަންކާއަށް އާ ރައީސަކު އިންތިހާބުކުރަނީ

އިގްތިސާދީ ކާރިސާއެއްގެ ސަބަބުން ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް ވެއްޓިފައިވާ އަވަށްޓެރި ސްރީލަންކާއަށް އާ ރައީސަކު އިންތިހާބު ކުރުމަށް ޖުލައި 20 ގައި އެގައުމުގެ މަޖިލީހުގައި ވޯޓެއް ނެގުމަށް ތާވަލުކޮށްފި އެވެ.

އެގައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާ އަދި ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހަ އިސްތިއުފާ ދިނުމަށް ގޮވާލައި ރައްޔިތުން އަންނަނީ ބޮޑު މުޒާހަރާތަކެއް ކުރަމުންނެވެ. އެ މުޒާހަރާތަކުގެ ތެރެއިން ރިޔާސީ ގަނޑުވަރާއި ބޮޑުވަޒީރުގެ ގެކޮޅަށް ވެސް ވަނީ ވަދެގަނެފަ އެވެ. އެއާއެކު، އެ ދެ ބޭފުޅުން ވެސް ވަނީ އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން، މާދަމާ އިސްތިއުފާ ދެއްވާނެ ކަމަށް ރައީސް ގޮތަބަޔާ ވަނީ އަންގަވާފަ އެވެ. އަދި، ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ގާއިމުކުރުމަށް ފަހަތަށް ޖެހިވަޑައިގަތުމަށް ރަނިލް ވަނީ ނިންމަވާފަ އެވެ.

ލަންކާގެ މަޖިލީހުގެ ރައީސް 20 ވަނަ ދުވަހަށް ވޯޓު ތާވަލުކޮށްފައިވާއިރު އެމަގާމަށް އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަޑާސާ ވާދަކުރައްވާނެ އެވެ. ސަޖިތު ވަނީ 2019 ވަނަ އަހަރު ލަންކާގައި ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވައި ނާކާމިޔާބުވެފަ އެވެ. ނަމަވެސް މިފަހަރު އިދިކޮޅު އެންމެން އެކަތިގަނޑަކަށްވެއްޖެ ނަމަ، ސަޖިތަށް އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމަށް އޭނާ ގަބޫލު ކުރައްވާ ކަމަށް ބީބީސީން ބުނެފައިވެ އެވެ.

ޖުލައި 19 ވަނަ ދުވަހު ކެންޑިޑެސީ ހުށަހަޅަން ޖެހޭނެ އެވެ. ލަންކާގެ މަޖިލީހުގައި ޖުމުލަ 225 މެމްބަރުން ތިއްބަވަ އެވެ. މި ވޯޓު ނެގުމަށް ނިންމާފައި މިވަނީ ހުރިހާ ސިޔާސީ ޕާޓީއެއްގެ ލީޑަރުންގެ މެދުގައި ބޭއްވި މަޝްވަރާތަކުގައި އެއްބަސްވެފައިވާ ގޮތަށެވެ.

ދީފައިވާ މުއްދަތުގެ ތެރޭގައި ބޮޑުވަޒީރާއި ރައީސް އިސްތިއުފާ ނުދެއްވާނަމަ ބުރާސްފަތި ދުވަހު މުޅި ގައުމުގައި މުޒާހަރާ ކުރާނެ ކަމުގެ އިންޒާރު ރައްޔިތުން ވަނީ ދީފަ އެވެ. އަދި، ލީޑަރުން އިސްތިއުފާ ދެއްވަން ދެން އެބޭފުޅުންގެ ގެކޮޅުތަކުން މުޒާހަރާކުރާ މީހުން ނުނުކުންނާނެކަން ވެސް ވަނީ އަންގާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox