ވެރިކަމަށް އަންނަން ބޭނުންވާ ކަމަށް ލަންކާގެ އިދިކޮޅު ލީޑަރު ވިދާޅުވެއްޖެ

ސްރީ ލަންކާގެ މައި އިދިކޮޅު ލީޑަރު ސަޖިތު: މިދިޔަ އޭޕްރީލް މަހު ބޮޑުވަޒީރުކަމުގެ މަގާމަށް ދައުވަތު އެރުވުމުން އޭނާ ވަނީ އެކަމަށް އިންކާރު ކުރައްވައިފަ -- ފޮޓޯ: ގެޓީ އިމޭޖާސް

ސްރީ ލަންކާގެ މައި އިދިކޮޅު ލީޑަރު ސަޖިތު: މިދިޔަ އޭޕްރީލް މަހު ބޮޑުވަޒީރުކަމުގެ މަގާމަށް ދައުވަތު އެރުވުމުން އޭނާ ވަނީ އެކަމަށް އިންކާރު ކުރައްވައިފަ -- ފޮޓޯ: ގެޓީ އިމޭޖާސް

ސްރީ ލަންކާގެ ރައީސްގެ މަގާމަށް ވަޑައިގަންނަވަން ބޭނުންވާ ކަމަށް އެ ގައުމުގެ މައި އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަޑާސާ ވިދާޅުވެއްޖެ އެވެ.

ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ސަޖިތު ވިދާޅުވީ "ރައީސްގެ މަގާމު ހުސްވެއްޖެ ނަމަ އަހަރެން ރައީސްގެ މަގާމަށް ކުރިމަތިލާން ޕާޓީ އާއި ކޯލިޝަން ޕާޓީތަކުން އެއްބަސްވެއްޖެ" ކަމަށެވެ.

ގޯސްކޮށް ބެލެހެއްޓުމުގެ ސަބަބުން ލަންކާގެ އިގްތިސާދު އިނދަޖެހި، ސަރުކާރާ ދެކޮޅަށް ރައްޔިތުން ނިކުތުމުން، ވަރަށް އަވަހަށް މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ސްރީ ލަންކާގެ މިހާރުގެ ރައީސް ގޮޓްބާޔާ ރަޖަޕަކްސަ ވަނީ ވިދާޅުވި އެވެ.

ސަޖިތު ވަނީ 2019 ވަނަ އަހަރު ލަންކާގައި ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވައި ނާކާމިޔާބުވެފަ އެވެ. ނަމަވެސް މިފަހަރު އިދިކޮޅު އެންމެން އެކަތިގަނޑަކަށްވެއްޖެ ނަމަ، ސަޖިތަށް އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމަށް އޭނާ ގަބޫލު ކުރައްވާ ކަމަށް ބީބީސީން ބުނެފައިވެ އެވެ.

މިދިޔަ އޭޕްރީލް މަހު ލަންކާގެ ބޮޑުވަޒީރު ކަމުގެ މަގާމަށް ވަޑައިގަތުމަށް ސަޖިތަށް އެރުވި ދައުވަތު އޭނާ ގަބޫލު ކުރައްވާފައެއް ނުވެ އެވެ. މިހާރުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އެ މަގާމަށް ވަޑައިގަތީ އެއަަށްފަހު އެވެ.

ހުރިހާ ޕާޓީއެއް ހިމެނޭ އެއްބައިވަންތަ ސަރުކާރެއްގައި ބައިވެރިވާން ތައްޔާރު ކަމަށް ވެސް ސަޖިތު ބުނެފައިވެ އެވެ. އަދި އެފަދަ ސަރުކާރަކަށް ފުރުސަތު ދެއްވުމަށް އިސްތިއުފާ ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ރަނިލް ވިދާޅުވެފައިވެ އެވެ.

މި ނިމިދިޔަ ހަފްތާގެ ތެރޭގައި ލަންކާގެ ރައްޔިތުން ވަނީ އެގައުމުގެ ރައީސްގެ ގެކޮޅަށް ވަދެގަނެފަ އެވެ. ރައީސް ވީނުވީ ތަނެއް މިހާރު ނޭނގުނު ނަމަވެސް އެ ގައުމުން ބޭރަށް ފުރާވަޑައިގެންފައިނުވާ ކަމަށްވެ އެވެ. އެ ހަފްތާގައި ބޮޑުވަޒީރު ރަނިލްގެ އަމިއްލަ ގެކޮޅުގައި ވެސް ބަޔަކު ވަނީ ހުޅުޖަހައިފަ އެވެ. މުޒާހަރާ އިންތިޒާމް ކުރާ ރައްޔިތުން ބުނެފައި ވަނީ އެއީ އާންމުންގެ ބޮލުގައި ތުހުމަތު އެޅުވުމަށް ސަރުކާރުން ހިންގި އަމަލެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox