ވެލިދޫ ފުރިފައި، މިފަހަރު ކުރިއަށް ގެންދަނީ ތަފާތު، ބޮޑު އީދެއް

ނ. ވެލިދޫގެ އީދު ފާހަގަކުރުމުގެ ތެރެއިން މާލީ ބައްތެލި

ނ. ވެލިދޫގެ އީދު ފާހަގަކުރުމުގެ ތެރެއިން މާލީ ބައްތެލި

ތަފާތު ކުޅިވަރުތަކާއި، ގިނަ ހަރަކާތްތަކާއެކު މިފަހަރު އެންމެ ކުލަ ގަދަކޮށް އީދު ފާހަގަ ކުރާ އެއް ރަށަކީ ނ. ވެލިދޫ އެވެ. އެހެން އަހަރުތަކަށްވުރެ ބޮޑުކޮށް މިފަހަރު ވެލިދޫގައި އީދުގެ ހަރަކާތްތައް ކުރިއަށް ގެންދާއިރު، ކައިރި ރަށްތަކުންނާއި، މާލެއިން މީހުން ގޮސް އެރަށް ވަނީ ފުރާލާފަ އެވެ.

މިފަހަރު ވެލިދޫގައި ބޮޑު އީދެއް ފާހަގަ ކުރުމުގެ ފަހަތުގައި ވަނީ ދެ ސަބަބެކެވެ. އެއީ ފާއިތުވި ދެ އަހަރު ކޮވިޑްގެ ސަބަބުން އީދު ފޯރި ނެގުމުގެ ފުރުސަތު ނުލިބުމާއި، އެރަށު ކައުންސިލުގެ އިސްނެގުމުގެ މަތިން އެރަށް ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓް ކުރުމަށް ހިންގާ "ވިޒިޓް ވެލިދޫ" ހަރަކާތުގެ ވެބްސައިޓް ލޯންޗު ކުރުން އީދު ތެރެއަށް ތާވަލުކޮށްފައި އޮތުމެވެ.

ނ. ވެލިދޫ އީދު ކުޅިވަރުތަކުގެ ތެރެއިން "ބައޮކަލީ އީދު މަޅި"
ނ. ވެލިދޫ އީދު ކުޅިވަރުތަކުގެ ތެރެއިން "ބައޮކަލީ އީދު މަޅި"

ނ. ވެލިދޫ އީދު ކުޅިވަރުތަކުގެ ތެރެއިން "ބައޮކަލީ އީދު މަޅި"

ވެލިދޫގެ އީދު ހަރަކާތްތައް ފެށުނީ ރެ އެވެ. "ބައޮކަލޯ އީދު މަޅި"ން ރޭ އީދު ކުޅިވަރުތައް ފެށިއިރު، ރޭ ވަނީ ރަންފޮށި އުފުލުމުގެ ހަރަކާތެއް ވެސް ބާއްވާފަ އެވެ. އަދި ރޭ މެންދަމު އެ ރަށުގައި ވަނީ އީދުނެރުމުގެ ހަރަކާތެއް ވެސް ބާއްވާފަ އެވެ.

އެއަށްފަހު މިއަދު ހެނދުނު އެރަށުގައި އީދުގެ ހަރަކާތްތައް ފެށީ އީދު ނަމާދާއި، ނަމާދަށްފަހު ބޭންކް އޮފް މޯލްޑިވްސް ވެލްދޫ ބްރާންޗުން ސްޕޮންސާކުރި އީދު ސަޔަކުންނެވެ. އީދު ސަޔާއި މުބާރަކުބާދީއަށްފަހު މިއަދު ހެނދުނު 10:00 ޖެހިއިރު ވެލިދޫގައި ވަނީ ތިންމުގޯލި މުބާރާތެއް ބާއްވާފަ އެވެ.

ނ. ވެލިދޫ އީދު ކުޅިވަރުތަކުގެ ތެރެއިން އާއިލީ ހަވީރު
ނ. ވެލިދޫ އީދު ކުޅިވަރުތަކުގެ ތެރެއިން އާއިލީ ހަވީރު

ނ. ވެލިދޫ އީދު ކުޅިވަރުތަކުގެ ތެރެއިން އާއިލީ ހަވީރު

ވެލިދޫގެ ކުދި ބޮޑު އެންމެނަށް ބައިވެރިވެވޭނެހެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާއިރު، މިއަދު ހަވީރު އެރަށުގައި ވަނީ އާއިލީ ހަވީރެއް ބާއްވާފަ އެވެ. އަދި އެރަށު ޒުވާނުންގެ އިސްނުގުމުގެ މަތިން މާލީ ބަތްތެލި ހަރަކާތެއް ކުރިއަށް ގެންގޮސްފަ އެވެ. މިއީ ވެލިދޫގައި މުޅިން އަލަށް ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

ނ. ވެލިދޫގެ އީދު ފާހަގަކުރުމުގެ ތެރެއިން މާލީ ބައްތެލި
ނ. ވެލިދޫގެ އީދު ފާހަގަކުރުމުގެ ތެރެއިން މާލީ ބައްތެލި

ނ. ވެލިދޫގެ އީދު ފާހަގަކުރުމުގެ ތެރެއިން މާލީ ބައްތެލި

ރާއްޖޭގެ މަޝްހޫރު ބޭންޑެއް ކަމަށްވާ އިކުއަޓިކް ވައިބުން މިރޭ ވެލިދޫގައި ޝޯ ދޭން ހަމަޖެހިފައިވާއިރު، ޝޯގެ ކުރިއަށް ވަނީ މުހިންމު ހަރަކާތެއް ތާވަލުކޮށްފަ އެވެ. އެއީ ވެލިދޫއަށް ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ކުރިއަށް ގެންދާ ވިޒިޓް ވެލިދޫ ހަރަކާތުގެ ވެބްސައިޓު އިފްތިތާހު ކުރުމެވެ. މިއާއެކު އެރަށުގައި ހަވާއެރުވުމުގެ ހަރަކާތެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ވެލިދޫއަކީ އަކީ 2500 އަށްވުރެ މީހުންގެ އެކުވެރި އާބާދީއެއް އޮންނަ ރަށެކެވެ. އެރަށުގެ ޒުވާނުން އެންމެ ގިނައިން އުޅެނީ ރިސޯޓް ވަޒީފާތަކުގަ އެވެ. ވެލިދޫގައި އިގްތިސޯދީ ގޮތުން ކުރާ މަސައްކަތްތަކަކީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ވަޒީފާ އަދާ ކުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox