އީދު މަޖާގެ ފޮޓޯއެއް ހިއްސާކޮށްގެން ފޯނެއް ހޯދުމުގެ ފުރުސަތު އުރީދޫން ހުޅުވާލައިފި އެވެ.
މިއަހަރުގެ އަލްހާ އީދާ ދިމާކޮށް އުރީދޫ އިން ހުޅުވާލީ ގިވްއަވޭ ފުރުސަތެކެވެ. ގިވްއަވޭގައި ބައިވެރިވުމަށް ކުރަން ޖެހޭ ކަމަކީ އަލްހާ އީދު ފާހަގަ ކުރުމަށް ކުރި ކަމެއްގެ ފޮޓޯ ހިއްސާކުރުމެވެ. އެގޮތުން އެ ފޮޓޯގައި އުރީދޫގެ ސޯޝަލް މީޑިއާ އެކައުންޓް ޓެގް ކުރުމާއެކު #EidMajaa ހޭޝްޓެގް ބޭނުންކުރަން ޖެހެ އެވެ.
އުރީދޫން ވަނީ ފޮޓޯ ނުވަތަ ވީޑިއޯ ހިއްސާކުރާ އެކައުންޓު ޕަބްލިކަށް ފެންނާނެހެން ހުޅުވާލުމަށް އެދިފަ އެވެ.
އީދު މަޖާ ހިއްސާކޮށްގެން، ގިވްއަވޭއިން މޮޅުވާ މީހަކަށް ލިބޭނީ ސަމްސަންގް ގެލެކްސީ އެސް21 ފޯނެއް ކަމަށް އުރީދޫން ބުނެ އެވެ.
https://twitter.com/OoredooMaldives/status/1545678531652648960?s=20&t=Zp31PcMuGuyODn8TlazHRA
މި ގިވްއަވޭގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިމަހު 21 ވަނަ ދުވަހުގެ ނިޔަލަށެވެ.










