ރިޔާސީ ގަނޑުވަރަށް މުޒާހަރާކުރާ މީހުން ވަދެގެންފި، ގޮތަބަޔަ ގެކޮޅު ދޫކުރައްވައި ވަޑައިގެންފި

ރިޔާސީ ގަނޑުވަރަށް މުޒާހަރާކުރާ މީހުން ވަދެގެންފި، ގޮތަބަޔަ ގެކޮޅު ދޫކުރައްވައި ވަޑައިގެންފި

ކޮލޮމްބޯ، ސްރީލަންކާ (ޖުލައި 9) - އިގްތިސާދީ ބޮޑު ކާރިސާއެއްގައި އޮތް ސްރީލަންކާގެ ސަރުކާރާ ދެކޮޅަށް ކުރަމުންދާ ބޮޑު މުޒާހަރާގެ ބައިވެރިން އެގައުމުގެ ރިޔާސީ ގަނޑުވަރަށް ވަދެގެންފި އެވެ.

އޭއެފްޕީން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ މީހުން ގެކޮޅަށް ވަންއިރު ރައީސް ގޮތަބަޔަ ރަޖަޕަކްސާ ވަނީ ގެކޮޅު ދޫކުރައްވައި ވަޑައިގެންފަ އެވެ. އެ މައުލޫމާތު ދީފައިވަނީ އެގައުމުގެ އަސްކަރިއްޔާގެ އިސް އޮފިސަރެއް ކަމަށް އޭއެފްޕީން ބުނެ އެވެ.

ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މުޒާހަރާތަކުގެ ތެރެއިން މިހާތަނަށް 33 މީހަކަށް ވަނީ އަނިޔާވެފަ އެވެ. އަދި، އޭގެ ތެރެއިން ދެ މީހުންގެ ހާލު ސީރިއަސް ކަމަށް ވެސް ރިޕޯޓުކޮށްފައިވެ އެވެ.

Advertisement

ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހަ ވަނީ ޕާޓީތަކުގެ ލީޑަރުންނާ އެކު އިމަޖެންސީ ބައްދަލުވުމެއް ބޭއްވުމަށް ނިންމަވާފަ އެވެ.

މި މުޒާހަރާތަކުގައި ބައިވެރިވުމަށް އެތައް ހާސް ބަޔަކު ވަނީ ކޮލޮމްބޯއަށް ދަތުރުކޮށްފަ އެވެ. ކޮލޮމްބޯ ހިމެނޭހެން ހަތް ސަރަހައްދެއްގައި ވަނީ ކާފިއު ވެސް އިއުލާނުކޮށްފަ އެވެ. ލަންކާގެ ސިޔާސީ މަޝްރަހުގައި ފާހަގަކޮށްލެވޭ ބޭފުޅުން ވެސް އަންނަނީ މި މުޒާހަރާތަކުގައި ބައިވެރިވަމުންނެވެ.

މިދިޔަ މާޗް މަހުގެ މެދެއްހާ ހިސާބުން ފެށިގެން ގޮތަބަޔާގެ ގެކޮޅުގެ ބޭރުގައި އާންމުން ދިޔައީ ކޭމްޕު ޖަހައިގެން މުޒާހަރާ ކުރަމުންނެވެ.

ސްރީލަންކާ ސޮވެރިން ޑިފޯލްޓަކަށް ގޮސްފައިވާއިރު އިންފްލޭޝަން ރޭޓު ހުރީ 54.6 ޕަސެންޓަށް ވުރެ މަތީގަ އެވެ. އަދި، ބޭހާއި ތެލަށް ވަނީ ޖެހިފަ އެވެ. އެގައުމަށް ދިމާވެފައިވާ އިގްތިސާދީ ކާރިސާއިން ސަލާމަތްވާނެ ދުވަހެއް ވެސް ނޭނގެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox