އީދު ހުތުބާގައި ކިޔައިދިނީ ހަޔާތުގެ ސަމުގާއަކީ އިސްލާމް ދީންކަން

މި އަހަރުގެ ބޮޑު ޖަމާއަތުގައި ކުރި އީދު ނަމާދު: ހުތުބާގައި އަގުހުރި ނަސޭހަތްތަކެއް ދިން -- ފޮޓޯ: މުހައްމަދު ޝާބިން /އަދަދު

މި އަހަރުގެ ބޮޑު ޖަމާއަތުގައި ކުރި އީދު ނަމާދު: ހުތުބާގައި އަގުހުރި ނަސޭހަތްތަކެއް ދިން -- ފޮޓޯ: މުހައްމަދު ޝާބިން /އަދަދު

އިއްޒަތާއި ގަދަރު ލިބިގެންވާ ބަޔަކަށް ވާނީ މުޅި ހަޔާތުގެ ސަމުގާއަކަށް އިސްލާމް ދީނާއި ދީނުގެ ރިވެތި އަހުލާގުތައް ހަދައިގެން ކަމަށް އީދު ހުތުބާގައި މިއަދު ބުނެފި އެވެ.

އަލްހާ އީދުގެ ހުތުބާ ފެށީ ސުލްހަވެރި ގުޅުން ބަދަހި މުޖުތަމައެއް ބިނާކުރެވޭނެ ގޮތަކަށް އީދު ފާހަގަ ކުރުމުގެ އިސްލާމީ އާދަކާދަ ފަރުމާ ކޮށްފައި އޮންނަ ގޮތް ކިޔައިދެމުންނެވެ. އީދު ނަމާދުގެ ބޮޑު ޖަމާއަތުން ދުވަސް ފަށާއިރު، އީދު ދުވަހަކީ އަހަރުގައި އަންނަ އެންމެ މާތް ދުވަސްތަކުގެ ތެރެއިން އެންމެ ފަހު ދުވަސްކަން ހުތުބާގައި ހަނދާންކޮށްދިނެވެ.

ހުތުބާގައި ވަނީ މާތް ﷲ އަށް ބިރުވެތިވުމަށް ގޮވާލާފަ އެވެ. އަދި މި އީދުން ހަޔާތުގެ އާ ސަފުހާއެއް ހުޅުވާ މިއަދުގެ ހާލަތަށްވުރެ ކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރުމަށް ވަނީ ނަސޭހަތްތެރިވެފަ އެވެ. މުސްލިމުންނަކީ ގަދަރު ލިބިފައިވާ ބަޔަކަށް ވާނީ ހަޔާތުގެ ސަމުގާ އަކީ އިސްލާމް ދީނާއި ދީނުގެ ރިވެތި އަހުލާގުކަމުގައި ހަދައިގެން ކަމަށް ވެސް ހުތުބާގައި ބުންޏެވެ.

"އިއްޒަތާއި ގަދަރު ހާސިލް ކުރެވޭނީ އަހަރެމެންގެ މެދުގައި އޮންނަ އެއްބައިވަންތަކަން ހަރުދަނާ ކޮށްގެން. އަހަރެމެންނަކީ ބައިބައި ނުވެ އުންމަތުގެ މަސްލަހަތު ހާސިލް ކުރުމަށްޓަކައި އެއް ގަލަކަށް އަރާ މަސައްކަތް ކުރާ ބަޔަކަށް ވެގެން،" ހުތުބާގައި ބުންޏެވެ.

މުސްލިމުންނަށް ލިބިފައިވާ ކާމިޔާބީތަކުގެ ފަހަތުގައި ވެސް ވަނީ އެއްބައިވަންތަކަމާއި އެކުވެރިކަން ކަމަށާއި ނާކާމިޔާބީއާ ކުރިމަތިވީ ބައިބައިވުމުން ކަމަށް ހުތުބާގައި ކިޔައިދިނެވެ.

އީދު ހުތުބާގައި ބުނެފައި ވަނީ ހައްޖުގެ މަތިވެރި އަޅުކަމުން ހަނދާންކޮށްދެނީ ނަބީބޭކަލުންގެ ބަފައިކަލުން އިބްރާހިމްގެފާނުގެ ވާހަކަތައް ކަމަށެވެ. އަދި އިބްރާހިމްގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން އިސްމާއިލްގެފާނު ގެފުޅުގެ ބިންގަލުގެ މަތީގައި ގެފުޅު އަލުން ބިނާކުރެއްވި ޒިކުރާ ވެސް ހައްޖުގެ މަތިވެރި އަޅުކަމުން ހަނދާންކޮށްދޭ ކަމަށް ވެސް އީދު ހުތުބާގައި ބުނެފައިވެ އެވެ.

ހުތުބާގައި ބުނެފައި ވަނީ އިސްމާއީލްގެފާނު ދެއްކެވި ކިޔަމަންތެރިކަމުގެ ނަމޫނާއަކީ އަދުގެ ޒުވާނުންނަށް ލިބިގެންވާ ހެޔޮ ނަމޫނާއެއް ކަމަށެވެ. އިސްމާއިލްގެފާނު ދެއްކެވި ނަމޫނާއަކީ މައިންބަފައިންނަށް ކިޔަމަން ގަންނަން ޖެހޭ މިންވަރުގެ ދިރިހުރި މިސާލެއް ކަމަށް ވެސް ހުތުބާގައި ބުނެފައިވެ އެވެ.

ހުތުބާގައި އިތުރަށް ބުނެފައި ވަނީ އިސްލާމް ދީނުގައި އީދުތައް ޝަރުއު ކުރައްވާފައި ވަނީ ހަމައެކަނި އުފާ ފާޅުކޮށް މަޖާކުރަން ނޫން ކަމަށާއި އެކަން ޝަރުއު ކުރެއްވީ އިސްލާމީ މުޖްތަމައުގެ އަފްރާދުންގެ މެދުގައި އެކުވެރިކަން އާލާކޮށް، އިސްލާމީ އުހުވަތްތެރިކަން ދެމެހެއްޓުވުމަށް ކަމަށެވެ.

މުސްލިމުންގެ މެދުގައި ހެޔޮ ފޯރުވުމާއި އެއްބަޔަކު އަނެއް ބަޔަކަށް އެހީވުމަކީ އިސްލާމީ ރިވެތި އަދަބަކަށްވާއިރު، ބޭނުން ޖެހިފައިވާ މީހުންނަށް އެހީތެރިވެ، އީދުގެ އުފަލުގައި އެ މީހުން ބައިވެރި ކުރުމަށް ހުތުބާގައި ވަނީ ގޮވާލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox