ވެރިކަން ކުރާ ޕާޓީގެ ލީޑަރުކަމުން ބޮރިސް އިސްތިއުފާ ދެއްވަނީ

އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަން. -- ފޮޓޯ: ގެޓީ އިމޭޖާޒް

އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަން. -- ފޮޓޯ: ގެޓީ އިމޭޖާޒް

ފިއްތުންތައް ކުރިމަތިވެ، ވެރިކަން ކުރާ ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުކަމުން އިސްތިއުފާ ދެއްވަން އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަން ނިންމަވައިފި އެވެ.

އެހެން ނަމަވެސް، އަންނަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅާ ހަމައަށް ބޮޑު ވަޒީރުގެ މަގާމުގައި ބޮރިސް ދެމިހުންނަވާނެ އެވެ.

ބޮރިސްގެ އިސްތިއުފާއަށް ގޮވާލައި ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި އިނގިރޭސި ކެބިނެޓުގެ ގިނަ މިނިސްޓަރުންތަކެއް އިސްތިއުފާ ދެއްވި އެވެ.

ފިނޭންސް މިނިސްޓަރު ރިޝީ ސުނަކް ވެސް އިސްތިއުފާ ދެއްވި އިރު، އޭނާގެ ބަދަލުގައި އެ މަގާމަށް އައްޔަނު ކުރެއްވި އާ މިނިސްޓަރު ނާހިމް ޒަހަވީ ވެސް ވަނީ ބޮރިސްގެ އިސްތިއުފާއަށް ގޮވާލައްވާފަ އެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނާ ހަމައަށް ބޮރިސް ވިދާޅުވީ އިސްތިއުފާ ނުދެއްވާނެ ކަމަށެވެ. ނަމަވެސް ގިނަ ޕާލިމެންޓް މެމްބަރުންތަކެއްގެ އިތުބާރު ގެއްލި، ސަރުކާރު އިތުރަށް ނުހިންގޭނެކަން ސާފުވުމުން މަގާމުން ދުރަށް ޖެހެން ނިންމެވީ އެވެ.

މީގެ ތިން އަހަރު ކުރިން ބޭއްވި އާއްމު އިންތިހާބުން ބޮރިސް ކުރި ހޯއްދެވީ ވަރަށް ބޮޑު ތަފާތަކުންނެވެ. އެކަމަކު ބޮރިސްއާ ގުޅުން ހުރި މައްސަލަތަކެއް ފަހަކަށް އައިސް ފެންމަތިވެފައިވެ އެވެ. އެގޮތުން ކޮވިޑާ ގުޅިގެން ލޮކްޑައުންކޮށް އެޅި ފިޔަވަޅާ ހިލާފުވުމުން، އެމަނިކުފާނު ޖޫރިމަނާއެއް ވެސް ދައްކަން ޖެހިވަޑައިގެންނެފި އެވެ.

ބޮރިސްގެ އިސްތިއުފާއަަށް ގޮވާލައި މި ހަފްތާގަައި ވެރިކަން ކުރާ ޕާޓީގެ ބައެއް އިސް މެމްބަރުން ނުރުހުން ފާޅު ކުރަން ފެށީ، ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ ކުރީގެ ޑެޕިއުޓީ ޗީފް ވިޕް ކްރިސް ޕިންޗާއަށް މަގާާމެއް ދިން މައްސަލައިގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox